ފުލުހުންނާއި ސިފައިން ފާޅުގައި އެދަނީ ސަރުކާރާއި ދެކޮޅު ހަދަމުން ކަމަށާއި ދެން އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަ ސުރުހީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ކާމިޔާބު މި ދަނީ ލިބެމުން ކަމަށާއި ދެން އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށެވެ.

"މިއަދު ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު އެ ތިބެނީ ޖަލުގައި، މަޖިލީހުގެ މެންބަރުން ހައްޔަރުކުރައްވައިގެން ގައުމެއް އެ ހިންގަވަނި، ޔާމީނާއި އިދިކޮޅު ހުރިހާ ސިޔާސި ލީޑަރުން ތިބީ ޖަލުގައި" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ރައީސް ޔާމީން އިންތިޚާބުވެވަޑައިގެންނެވި އިރު ހުންނެވި ގޮތާއި މިހާރު ހުންނެވި ގޮތާއި މުޅިން ތަފާތުކަމާއި "އޭރު ހުންނެވީ ފުލް ޕަވަރުގައި" ހުންނެވި ނަމަވެސް "މިހާރު އެ ހުންނެވީ ގިނިކަންޏާ" ކަމަށެވެ.

ހަސަން މިހެން ވިދާޅުވެފައި ވާއިރު އިދިކޮޅު ފަރާތް ތަކުން ތާރިހަކަށް ފަހު ތާރީހެއް ދިނުމަށް ފަހު ކުރިއަށް މިއޮތް ބަރަކާތްތެރި ރޯދަމަސް އައުމުގެ ކުރިން މި ވެރިކަން ވައްޓާލާނެ ކަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ހއ.އިހައްވަންދޫ ގައި އިއްޔެ ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހަންމާ ވިދާޅުވީ ކުރިއަށްއޮތް ރޯދަމަހުގެ ކުރިން މިސަރުކާރުގެ އަނިޔާވެރިކަން ނިންމައި އެކަން ހުއްޓުވާނެ ކަމަށެވެ.

މުހަންމާ ވިދާޅުވީ މިސަރުކާރަށް ދެން ވެރިކަން ނުހިފެހެއްޓޭނެ ކަމަށާއި، އިހަވަންދޫގައި އިއްޔެ ރޭ ހުޅުވި "ކައްވާލި ޖަގަހަ"އިގެ ތެރެއިން އެކަނިވެސް މި އަނިޔާވެރިކަން ހުއްޓުވާނެ ކަމަށެވެ.

މުހައްމާ މިހެން ވިދާޅުވެފައިވަނިކޮށް ދިގު މެދުކެޑުމަކަށް ފަހު ގުޅިފައިވާ އިދިކޮޅު ފަރާތަކުން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު ވިދާޅުވީ ބޮޑު މުޒާހަރާ އަކަށް ތައްޔާރު ވުމަށާއި އެދުވަހު ރައީސް ޔާމީން ކުޑަ ކަކޫ ޖައްސުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޑާޑާޑާޑާ

    މަމެން ޕިންކީން ބުނީމެއް ނޫންތޭ ރަންރީނދޫ ޓްވިޓަރޭ މެން އަކުން ބަކުން ކުޅޭ އުސޫލުން އޭނާ އިނދެފި މީނަ ވަރިކޮށްފި ކިޔާ އުސޫލުން އެމެންނަށް ވެލިއު އިންޖިނިއަރިންގް ގެ އަލިފުބާ ނޭނގޭ އިރު ވެސް އައިޖީއެމްއެޗް އަގު ބޮޑޭ ކިޔާ ޕްރޮޕެގެންޑާ ފެތުރި ނަމަވެސް އެއަޑު އަހާނެ މީހަކު ނެތޭ ކެނެރީގެ ނަޝީދުގެ ވެރިކަމުގައި އޭނާ ކަޓް ކާން ވެގެން ނުއަގުގައި ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާލި ގޮތަށް ނޫނޭ މަމެން ކަންކަން ކުރާނީ. މަމެން ޕިންކީން ކަންކަން ކުރަނީ ގައުމު ދެކެ ލޯބިވެގެންނޭ. ކެނެރީގެ ނަޝީދު މިރާއްޖޭގައި 100 އަހަރު ވެރިކަން ކުރި ނަމަވެސް އޭނާ އަށް ކުޅަދާނަ އެއް ނޫން ދަރުމަވަންތަ ފެންވަރުގެ ހޮސްޕިޓަލެއް އަޅަން އެއީ ވާނެ ކަމެއް. އައި ކާންޓް ޓޭކް ދިސް ގަންޖާބޯ ދަ ބަތާހަރާމީ ދަ ހަރާމްކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑީޑަޑަޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  2. މަހަށްދޭބަލަ

    ކެނެރީގެ ނަޝީދު ބުނި ދޯ 25 ބުރީގެ ވޯލްޑް ކްލާސް ހޮސްޕިޓަލެއް މާލޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށް ގެން ނޭޅޭނެއޭ ނޭޅޭތޭ ނޫން އެޅިއްޖެ ދޯ. ނޭޅޭތޭ ނޫން އެޅިއްޖެ ދޯ. ނޭޅޭތޭ ނޫން އެޅިއްޖެ ދޯ. ނޭޅޭތޭ ނޫން އެޅިއްޖެ ދޯ. ނޭޅޭތޭ ނޫން އެޅިއްޖެ ދޯ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ..

    • ޔާމީން

      25 ބުރީގެ އިމާރާތް އެޅީ ސަރުކާރު ލާރިއަކުން ނޫން.ޗައިނާއައް ދަރަނިވެރި ވެގެން.

      • އައިމިނަ

        އެއީ ހަމަ ސަރުކާރުގެ ލާރި. ލޯނަކީ އަނބުރާ ދައްކާއެއްޗެއް. މިގައުމުގެ އާއްމު މީހަކީވެސް ފޯނު ގަނޑެއް ގަނެލަންވެސް ލޯނު ނަގާ މީހުން. ލޯނު ފައިސާ ދެއްކުމުން ދެން އެފޯނަކީ، އެގަތްމީހާގެ އެއްޗަކަށް ނުވެދާނެ ގޮތެއް އޮންނާނެތަ.

    • އައިމިނަ

      ދިވެހިންނަށް އެއްވެސް ފައިދާއެއްނުވާގޮތަށް އިންޑިޔާގެ ޖީ.އެމް.އާރަށް އަންނި ލޯނުނަގައިދިނީމަ އެނުވި ލޯނަކަށް. އެކަމަކު އެދައްކަން މިޖެހުނީ ދިވެހިންެ ފައިސާއިން. ތިތިބީ ލޮލަށް ފެންނަ ކަނު މީހުން.

      • އިބޫ

        ރާއްޖޭގައި ގަޅިން ގިނަވީމަ އަންނިގެ ސަޕޯޓަރުން ގިނަވޭ.

  3. ލާހޫރޭ

    ކަލޯ ތިހުރީ ބޮލުރޮދި ކެނޑިފައި ތޯ ރާނީގެ ތޮއްވަރިން ޖާގަ ހޯދައިގެން ފަރަންޖީންގެ ނިވަލަށް އަރާތިބެ ކޮންހާ ހާސަރެއް ދަމަނީ ތިދަްކަނީ ދެބޯބުރާންތި ވާހަކަ ތިވާހަކަ އަޑުއަހާ ބަޔަކު ނެތް

  4. ތެލުލި

    ކުޑަކަކޫ ޖެހި ނޭވާ ހޮޅިއަށް އެޅިފަ ތިބީ ތިޔަ ޔަހޫދީ އާލާތުން

  5. ޖޮއްބެ

    ތުއްޕުޅޭ.....!! ތިޔައީ ހަމަ ތުއްޕުޅޭ މެންނަށް ހީވާގޮތް.

  6. ތަރާގަނޑު

    އެމްޑީޕީ މީހުން ހާދަ ކޮސްގޮވައޭ ރަބީއުލް އައްވަލު މަހު ވެރިކަންވައްޓަން މަޑު ކޮށްލަންވީނު އަބަދު ބެރިކަން ވަށްޓަން ތާރީހު ކަނޑައަޅަން މިވަރުބަޔަކު ދުނިޔޭގަތިބިހެނެއް ހިޔެއްނުވޭ ވެރިކަމާހެދި ތި ހުރިހާ އާލާތުން ދަންޖެހެންވީނުދޯ .

  7. އައިމިނަ

    ކަލޭމެންނަށް ދޮގުހެދުން ނޫން ކަމެއްކުރަން ނޭނގެނީތަ. ދިވެހިންނޭ ވިސްނާ. ﷲ އަށް ބިރެއްނެތި މިފަދަ ދޮގުހަދާ ބަޔަކު އަހަރެމެންގެ ވެރިންނަށް ލާން ހެޔޮވާނެތަ؟

  8. ބަވަނަ/މާލެ

    ފިރުއައުނު ބާގާ މީހުންގެ ބޮލަށްރާޅު ބިންދާލާތަން ބަލަން މަމެން މިތިބީ ކެއްމަދުވެފަ.

  9. ޭތިލަދުންމަތި

    މޮޔަވީދޯ ދެން ރޯދަވެެސް ނުހިފާ ވަގަށްކާލާގެން ސޯޓުވެއްޓެމުން ނޭ މިއުޅެނީ ގޮވާ

  10. ބުއްޅަބޭ

    ބުނާނެ އެއްޗެއްނެތް، ހިނި އަންނަނީ! ތިހެން ކިޔަކިޔާ ތިއްބާ އިރުއޮއްސި އިރުއަރާ މިކަންތައްތައް ވަމުންދަނީ!

  11. ނަސީދު

    މިހާރު ކަލޭމެންދައްކާ ވާހަކަ މަތިންދާ ކާޅުވެސް ޤަބޫލެއް ނުކުރާނެ ދޮގުހަދައިގެން ނަމަވެސް މެމްބަރުން ކޮޅު ހިފެހެއްޓޭތޯ ބަލާތި ލޭ އަޅައިގެން ބޮނޑިބަތް ކައްކަބަލަ އޭރުން ދެންވެސް ކަމެއްވާނީ

  12. ފެނޭތޭ

    އިދިކޮޅު އެމްޑީޕީ ކެނެރީގެ ނަޝީދަށް އިނގޭ ދަރުމަވަންތަ ހޮސްޕިޓަލް 25 ބުރީގެ އިމާރާތަކީ އެއީ ގޭމް ޗޭންޖް ކުރާނެ ލޭންޑްމާރކް އެއް ކަން މަމެން ޕިންކީންގެ ވެރިކަމުގައި. އެހެންވެއޭ ކެނެރީގެ ނަޝީދު އޭނާގެ ސެކްރެޓޭރިއެޓް މެދުވެރިކޮށް ދަ ހޯކްސް ސްޓޯރީ ކަމަށްވާ ރޯބުހުތާނު ދޮގު ހަދައިގެން ދަރުމަވަންތަ ހޮސްޕިޓާ އެއަށް ވުރެން ހެޔޮ އަގުގައި ހެދޭނެއޭ އެކިޔާ ރޯ ބުހުތާނު ދޮގު ހަދަނީ. ގައުމު ތައް ފަސާދަ ކުރުމުގައި އިދިކޮޅު ސިޔާސީ ޕާރޓީ ތަކުން ގެންގުޅޭ ޓޫލް އަކީ އެއީ ކޮރަޕްޝަން އޭ މިސާލަކަށް ސައުތު ކޮރެއާގެ ކުރީގެ ރައީސް ކަންކަން ކުރީ ކޮރަޕްޝަނާއި ދުރަށް ރައްޔިތުންގެ ފައިދާ އާއި ލާބަ އާއި މަންފާ އަށް ކަން ރައްޔިތުންނަށް އެނގެނީ މިއަދު ސޯލް ގެ އިންފްރާސްޓްރަކްޗަރ އަށް އަންނަ އިނޮވޭޓިވް ބަދަލުން. ގައުމުގެ ރައްޔިތެއްގެ ޚިޔާލު ހޯދައިގެން އެމެންގެ ޚިޔާލާއި އެއްގޮތަށް ވެރިކަން ނުކުރެވޭނެ ކަމަށް އެއްވެސް ގައުމެއްގެ ގާނޫނުގައި ލިޔެފައި ނޯންނާނެއޭ. ސައުތު ކޮރެޔާގެ ރައީސް ޕާރކޭ ދުއްވާލީ މިހާރުގެ ރައީސް އޭ އަޑިން..

  13. އަލިބެ

    އެކަމަކު އިރުކޮޅަކުން ބުނަންފަށާނެ ފުލުހުންނާއި ސިފައިން އަމަލުކުރަނީ ސަރުކާރުން ބުނާގޮތަށޭ!

  14. ބަޓަރު

    ހަސަނާ އަހަރުންވެސް ހަތަރު ކަށިމަތި މާލެ، ތިދައްކާ ވާހަކަ ގަބޫލު ކުރާ މީހެއް މިރާއްޖެއަކު ނޫޅޭ. އެންމެ ކުޑަމިނުން ކަލޭމެންގެ ނައިމާތަވެސް ގަބޫލު ނުކުރާނެ. ތިގޮތަށް ހަސަނު ބުނި ނަޝީދުވެސް މިދިޔަ އަހަރު ރާއްޖެ އަންނާނެޔޭ. ދޮގެއް ނުހަދައިފިއްޔާ ލޮލުފިޔަވެސް މިމީހުންނަށް ނުޖެހެނީތަ؟

  15. ޖަމަލުފޮޑި

    އެމްޑީޕީ ކުދިންގާތު އަހައިލާހިތްވޭ ކޮއިފުޅުމެންނޭ ޖަމަލު ފޮޑި ކިޔާ އެއްޗެއް ދަންނަމުތަ؟ނިކަން ބާރު އަޑެއް ކިޔާނެ އެކަމަކު ޢެއްވެސް ވހެއް ނުހުންނާނެ.

  16. ރާގިބު

    ހަސަން ލަތީފަށް އިނގިލައްވާތޯ އެމް.ޑީ.ޕީ އާނމު މެމްބަރުން މިހާރު "ވަތަން އެދޭ ގޮތަށް" ބަދަލުގައި ހަރުގެތަކުގައި ޖަހަނީ "އަވާ މެންދުރޭ ދެއްކީ، ވޭނާ ހިތާމައިން..."

  17. ޗުސް

    މިކަހަލަ ފޭކު ވާހަކަ ދައްކައިގެން މީހުންހައްދަން މިވެރިން މިއުޅެނީދޯ

  18. ނުވެއްޓުނުވެއްޓުން

    ފެބްރުއަރީ 1 ގައި ރައްޔިތުން ނިކުންނަވާ ވެރިކަން ވައްޓައިލަނީ.
    ފެބްރުއަރީ 6 ގައި ވީހާ ގިނަ ބަޔަކު ނުކުންނަވާ ޔާމީން ޔަޤީނުންވެސް ޖަލަށްލާނަން.
    ފެބްރުއަރީ 15 ވަނަ ދުވަހު އަތޮޅުތެރެއިން ވީހާ ގިނަބަޔަކު މާލެއަށް ވެރިކަން ވައްޓާލާން.
    ފެބްރުއަރީ 25 ގައި ވެރިކަން ވައްޓާލާނަން.
    ފެބްރުއަރީ 28 ގައި ވައްޓާލާނަން.
    އޭޕްރީލް 1 ގައި ވައްޓާލާނަން.
    ރޯދަމަހުގެ ކުރިން ވައްޓާލައިޮ ކުޑަކަކޫ ޖައްސުވާނަން
    މާދަމާ އިރުއޮއްސުމުގެ ކުރިން ޔާމީން ޖަލަށްލައި ވެރިކަން ރައްޔިތުންނަށް ހޯދައިދޭނަން.
    މިރޭ 12 ޖަހާއިރު ވެރިކަން ވެއްޓި އިނދިކޮޅު މީހުނަށް ވެރިކަންލިބޭނެ.
    މާދަމާ އިރުއަރާއިރު އުފާވެރި ޚަބަރެއް އިވޭނެ، ވީހާ ގިނަބަޔަކު ވެރިކަން ވައްޓާލުމަށް ނުކުންނަވާ.
    ވެރިކަން ވެއްޓޭނެ މާދަމާ
    ވެއްޓެނީ ވެއްޓެނީ.
    * މިނޫން އަޑެއް މިހާރު ނީވޭ. މިއީ އަޅެ މޮޔަވެފައި ތިބޭ ބަޔެއްތަ. މަސްތުވާ ވަނީ ހަމައެކަނި މަސްތުވާ ތަކެއްޗަކަށްނޫން. ވެރިކަމަށްވެސް މޮޔަވޭ.

  19. އިބޫ

    ހަސަންލަތީފު ފަރަށްގޮސް ބޮލިހިލައިބަލަ. ތަމެންގެ ސަރުކާރެއް ﷲއިރާދަކުރެއްވިއްޔާ މި ގައުމަށް ދުވަހަކުވެސް ނާންނާނެއެވެ.

  20. އަބްދުއްލާ

    މި ސަރުކާރުން ފުލުހުންނާ ދެކޮޅަށް ސިފައިނަނާ ދެކޮޅަށް މުޒާހަރާ އެއް ނުކުރޭ ގައިމު ނުވެސް ކުރާނެ . ވީއިރު މުޒާހަރާކުރިމީހުނާ އެއްކޮޅަކަށް އެމީހުނ

  21. އަބްދުއްލާ

    ކޮބާ އައިޖީ އެމް އެޗްތަރައްގީކުރަން އިންޑިޔާގެ ހޮސްޕިޓަލަކުން ފީސިބިލިޓީ ހެދުމުގެ ނަމުގާ ނަސީދު މެން ދިންކަމަށް ބުނި 2 މިލިއަން ޑޮލަރު