"ވަޒީފާ އިން ބޭރުކުރަން ވީމަ ސިވިލް ސާވަންޓުން ވެސް ބޭރުކުރާނެ" ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިވިލް ސާވަންޓުންނަށް ޤާނޫނީ ބާރުތައް ހަނދާން ކޮށްދެއްވައިފިއެވެ.

ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ މިނިސްޓަރު ކަން ކުރައްވާ ޓްރާންސްޕޯޓް މިނިސްޓްރީން މުވައްޒަފުންތަކެއް ވަކިކުރަން އުޅޭ މައްސަލަ ބޮޑުވެފައި ވަނިކޮށް ގާސިމް މިރޭ ވިދާޅުވީ ސިވިލް ސާވަންޓުން ވަޒީފާ އިން ވަކިނުކުރެވޭނެ ކަމަށް ބައެއް މީހުން ހީކުރާ ކަމަށާއި ނަމަވެސް ސިވިލް ސާވަންޓުން ވެސް ވަޒީފާ އިން ވަކިކުރެވޭނެ ކަމަށެވެ.

"ބައެއް މީހުންގެ ވިސްނުމުގައި މިހުންނަނީ ސިވިލް ސާވިސްގެ މުވައްޒަފަކަށް ވީމާ ދެން ތިމަންނާ ވަތްކެއް ވެސް ނުކުރެވޭނެއޭ. އުޅޭނެހާ ގޮތަކަށް އުޅެވޭނެއޭ. އެވެސް ގޯހެއް." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސިވިލް ސާވަންޓުން ތިބެނީ ސަރުކާރު ބަދަލުވުމުން ގައުމު ސްޓޭބަލްކޮށް ކުރިއަށް ގެންދަން ކަމަށެވެ.

"އެމީހުންނަކީ ކަނޑާ ނުލެވޭނެ ބައެއް ނޫނޭ އިނގޭތޯ. އެމީހުން ވަކިވެސް ކުރެވޭނެ. ފަރުވާ ކުޑަކޮށް ޤާނޫނީ އިމުން ބޭރުވާ ކަމަށް ވަންޏާ އެމީހުން ބޭރުވެސް ކުރާނެ. އަދި ބޭރު ކުރަން ވެސް ޖެހޭނެ." ގާސިމް ވިދާޅިވިއެވެ.

ރޭ އާއްމުވެފައިވާ ނަހުލާގެ އޯޑިއޯއެއްގައި އެކަމަނާ ވިދާޅުވަނީ އެކަމަނާ އާއި މެދު ހިތްހަމަނުޖެހިގެން ކިތަންމެ ވަރަކަށް އެކަމަނާގެ ވާހަކަ ދެއްކިއަސް ވާނެ ކަމެއް ނޯންނާނެކަމަށެވެ.

ނަހުލާ ވިދާޅުވީ އެ މިނިސްޓްރީގައި ވެސް މަސައްކަތްކުރަން ޖެހޭ ވަގުތު މުވައްޒަފުންނަށް އޮޅިފައެއް ނޯންނާނެ ކަމަށާއި ކޮންމެ މިނިސްޓްރީއެއްގައި ވެސް ވަޒީރު ފިޔަވައި އެހެން އެއްވެސް މުވައްޒަފަކަށް ބޭނުން ގަޑިއަކު އޮފީހަށް ވަދެ، ނުކުމެ އުޅުމުގެ ފުރުސަތެއް ނޯންނަ ކަމަށެވެ.

"ކިތަންމެ ގިނަ ބޭފުޅުންނެެއް ވިޔަސް އަޅުގަނޑު ފިޔަވަޅު އަޅަން ޖެހެންޏާ ފިޔަވަޅު އަޅާނަން. އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް މާދަމާ ގޮސްވެސް ގޭގައި އިންނާކަށް. އަޅުގަނޑުގެ ކުޑަ ކުޑަ ހަ ބެއިން ތިބޭ. އަޅުގަނޑު ހަ ބެއިން ގޭގައި މަންމަ ކައިރީ ބައިންދާފައި ވަޒީރު ކަމާއި ހަވާލުވީ، ހަގީގަތުގައި ވެސް ﷲ އަށްޓަކައި ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދޭން އެކަން ނުވާކަމަށްވަންޏާ އެއްވެސް ބޭނުމެއް ނެތް މިތާ އިނުމުގެ،" ނަހުލާ ވިދާޅުވެ އެވެ.

ޓްރާންސްޕޯޓްގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރަން އުޅޭތީ އެމުވައްޒަފުން ވަޒީފާ އިން ވަކިނުކުރުން އެދި ރައީސް ޞާލިހަށް ޓްރާންސްޕޯޓްގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ސޮއި ކޮށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. މޮޔަބެ

  2023 ހަކީ ކައްވަޅުގެ ފަހަރު... 2008 ރ މައުމޫން މުސްކުޅި ވެއްޖެކަމަށް ޤާސިމްބެ ބުނި ނުންތޯ... 2023 ޤާސިމް ބެއަށް 73 ވީމަ ޒުވާން ދޮގެއްތޯ... ދިވެހިން ވަނީ ޤާސިމްބެމެން ދެކެ ފޫހިވެއްޖެ. ރ.ޔާމިން ޖަލަށްދާނެ އެއޭ ޕްރެޑިކްޓްކޮށް ޕީޕީއެމް އިން ދިޔަ ވަރަ އެލިފައިވާ ހޯގޮޅާތައް ހުރަށްވަދެ ފިލާނެ. ﷲ އިރާދަފުޅުން 2023 ކާމިޔާބްކުރާނީ ރަން އިގްތިސާދުގެ ބާނީ....

  13
  1
 2. Anonymous

  ގާސިމު ހަމަ ބިމަށް ތި ރިވޭ، މާ މައްޗަށް ތިދަނީ

  57
  2
 3. ޔާމިނުބިންތިފާތޭ

  މަރުހަބާ ގާސިމް ތިޔައީ ވަރައް ރަނގަޅު ވާހަކަ ކޮޅެއް

  12
  51
 4. ސަޓޯ

  ގާސިމުކަލޯ ކަލޭ ސައިޒު އޮޅުނީދޯ ހޯރަފުށީ ފަންކާއިން ފިނިވީމާ... ބަލަން ހުރޭ ކަލޭމެން ވެރިކަމުން ބޭރުކުރާނަން

 5. ރަދީފް ހުސެން

  ސަރުކާރު ތެރޭދިމާވާ ކަމެއް ގޭތެރޭން ހައްލުނުވާނެ، އެކަން އެގޮތައް ކުރާނަމޭ ހިތުލިތަސް އެކަމެއްނުވާނެ، މުއައްޒަފުން ގޯހީޔާ ހަމަޖެހިފަ އޮތް އުސޫލުތެރޭން ކަންކުރޭ، އޭރުން އެމުއައްޒަފުންގެ މައްސަލައެއްވެސް ނޯންނާނެ. .

 6. ގައްބެ

  ދެންއަންްްްނަ ރިޔާސީ އިންތިހާބަށް
  އަނެތްފަހަރު ކުރިމަތިލާން ދޯ
  ތިއުޅެނީ

 7. ބުރާންތި

  ގާސިމް ބުރާންތިވީތަ؟ މިކަހަލަ މީހުން ކިތަންމެ ވެރިކަން ކުރާހިތްވިޔަސް ކިހިނެއް ވެރިކަންދޭނި ދޯ؟ މިހާރު އެހުރީ އަންހެނުންގެ މަސްލަހަތު ހިމާޔަތްކުރަން ނިކުމެ. މިއަށް ނޭނގޭނެ މަޖިލިސް ތެރޭގަ 100 އަހަރު އުޅުނަށް ގާނޫނެއް ގަވާއިދެއްވެސް. އަންހެނުންނާހުރެ ބޯބުރާންތިވެފަ! ލާރިއާހެދި ބޯބުރާންތިވެފަ. މިއަށް ރާއްޖޭގެ ވެރިކަމެއް ނޫން ހޯދައިދޭންވީކީ. އެކަނިވެރިކަން މިއަށް ދޭންވީ!

 8. މުދިމު

  ﷲރަހުމަތުންގަަަާސިމަޣް ލިދ

  4
  1
 9. ޒާ

  ތިހިރީ ފުރަތަމަވެސް ކަލޭ ޕާޓީއަށް މެންބަރުން އިތުރު ކުރެވިފަ. ކަލޭ އޮވޭ. މޭވާ އަޅާ ގަސް ދޮށަށް ވަދެ. ކާކުތައެއީ؟ އަހަރެމެން ސިވިލްސާވިސް މީހުންނަކާ ނުކުޅެވޭނެ.

 10. އަޙުމަދު ރަޝީދު

  ސިވިލް ސާރވިސް ގެ ޤަވާޢިދުގެ ތެރެއިން ނޫނީ ބޭރުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ، ހަމަ ބޭރުކުރަންވީމަ ބޭރު ކުރެވޭ އުސޫލެއް އެޤަވާއިދަކު ނޯވޭ، ތަންދޮރުނޭގި ތިބި އިތުރަށް ބޭޒާރުނުވެ ތިބޭ، ކަލޭތީ މިހާރުވެސް ކުރިޔަށްއޮތް 2023 ގެ ރިޔާސީ އިންތިޚާބަށް އަރުވާ ޖަހާފަ ހުރި ގޮލައެއް، ރައްޔިތުން ރުޅިއަރުވައިގެން ކަލެއަށްއޮތީ ކޮން ފައިދާއެއް؟ ތިގޮތަށް ކަލޭގެ ބަހުރުވަ ހުރިހާ ދުވަހަކު މަށާ މަގޭ އަންނެހުންނާއި މަގޭ 02 ދަރިންގެ ވޯޓް ކަލެއަށްނެތް