ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އަކީ "މޭވާ އަޅާ ގަހެއް" ގޮތުގައި ސިފަކުރައްވާ އެކަމަނާގެ ފިރިކަލުން ގާސިމް އިބްރާހިމް އެކަމަނާ އަށް މިރޭ ހިތްވަރު ދެއްވައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަކިކުރަން އުޅޭތީ ނަހުލާ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އަދި ރޭ ނަހުލާގެ އޯޑިއޯއެއް ވެސް އާއްމުކޮށްފައި ވާތީ މިރޭ ޖޭޕީ އިން ބޭއްވި ބައްދަލުވުމެއްގައި ގާސިމްގެ ވާހަކަ މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ ނަހުލާ ދިފާޢު ކުރައްވާށެވެ.
ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ބުނެއުޅޭ ބަހެއް ކަމަށްވާ "ގަޅި އުކާނީ މޭވާ ހުންނަ ގަސްގަސް ބަލާފައި" ކަމަށް އޮންނަ ބަހަށް އިޝާރާތް ކުރައްވާ ގާސިމް މިރޭ ވިދާޅުވީ ކަންކަން ކުރިމަތިވާނީ ކަންތައްތައް ކުރާ މީހުންނަށް ކަމަށެވެ.
"މޭވާ ނާޅާ ގަހަކަށް ގަޅިއެއް ނޫކާނެ. ކަންތައް ކުރެވޭ މީހުންނަށް ކަންކަން ކުރިމަތިވާނީ. ސިޔާސީ ގޮތުން ވެސް ބޮޑު ރޭހެއްގައި މިއުޅެވެނީ." ގާސިމް ވިދާޅުވިއެވެ.
ރަނގަޅަށް މަސައްކަތް ނުކުރާ މުވައްޒަފުން ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވާ ނަހުލާ ދެއްކެވި ވާހަކަފުޅު ދިފާޢު ކުރައްވާ ގާސިމް މިރޭ ވިދާޅުވީ "އެވާހަކަ އެގޮތައް ބުނަން އެބަޖެހޭ." ކަމަށެވެ.
އެކަމުގެ ސަބަބުން ފާޑުކިޔުންތައް ކުރިމަތިވި ނަމަވެސް "އެއީ ކަންބޮޑުވާ ކަމެއް ނޫން" ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އަކީ ކޮރަޕްޝަންގެ "ހާއްޔެއް" ކަމަށާއި ނަމަވެސް ކޮރަޕްޝަންގެ އަމަލެއް ހިންގުމުގައި ވެސް އަދި މީހަކަށް އަނިޔާ ދިނުމުގައި ވެސް މިނިސްޓަރ ނަހުލާ ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.
ގާސިމް މީގެ ކުރިން ވެސް ވަނީ ނަހުލާ އަށް ކުރިމަތިވާ ފާޑުކިޔުންތައް ދިފާޢު ކުރައްވާ ތަފާތު ހަފްލާތަކުގައި ވާހަކަފުޅު ދައްކަވާފައެވެ.
ސަޅި ސުރުޚީ އެއް
މޭވާއަޅާ ގަހެއް ނޫން، ރަނގަޅު ގޮތަކީ މޭވާ އަޅާފައިވާ ގަހެއް?
ބޮޓެއް މީ. ބޯގޮވި ބާގީ ބުރުމާ ބޮޓު.
މޭވާ އެބަހުރި. މޭވާ ސަޅި
ހިތަށް އަރާ ސަހަރޯއޭ. ހޭކެނޑޭ ކަންތައް މިހާރު ހަމަ އެއްކޮށް ރަނގަޅުވީ؟
ދެން ޖޭޕީ އައިޝާއާ ހަވާލުކުރަން ނުކެރިގެން ތިޔައުޅެނީ ކީއްވެ.. ގަޓެއް ހުރިއްޔާ އެކަން ކޮށްލަބަލަ..ޖޭޕީއަށް ވެސް ޤައުމަށްވެސް އެންމެ ހެޔޮގޮތް
ގާއްޓޭއަށަ އެމގޭތަ އެކަންވެސް ކުރަން އުޅުނީ މިހާރު މާ ލައިކުވެގެން ތިޔަ އުޅޭ ޕީޕީ ޔާމީނު ވެރިކަމުގަ ވެއްދި ކުދިންކޮޅު.. އޢިޝާ ދިފާޢުގަ ނިކުތީ އެމްޑީޕީ ފޯސް.. އަދިވެސް ޔާމީނު ފަހަތުމް ދުވޭ ހޭއަރާކަށް ނުވޭދޯ
އެގަހުން ފަސް މޭވާާ ބިނދެ ފި
މޭވާ އަޅާގަހެންކަން އެނގޭތާ މިހާރުވެސް 6 އެބަތިބިކަމަށްވަނީ. ހެހެ.
ތިޔަވިދާޅުވި ބަސްފުޅުން ވަރަށް ބޮޑަށް އެބަހާމަވޭ މަނިކުފާނުވެސް ރައްޔިތުންނަށް ހެޔޮނޭދޭކަން. ރައީސް ޔާމީނު ސަރުކާރު އޮތްއިރު އެންމެ ގިނައިން ގަޅި އުއްކެވި ބޭފުޅެއް މަނިކުފާނަކީ ރައްޔިތުންނަށް ދެމުން ދިޔަގިނަގުނަ ތަރަށްގީގެ މަޝްރޫއުތައް ކުރިޔަށް ދިޔަނުދިނުމަށްޓަކާއި އެކިގޮތް ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެތެރޭންނާއި ބޭރުން ކުރުމުގެ މުގުލު ގާއި ތިއްބެވީ ކޮންކޮން ބޭފުޅުންނެއްތޯ މޮޔަފުޅުވީތޯ؟ މުއުމިނެއްގެ ގަޔަށް އެއް ހަރަކުން ދެފަހަރަކު ކަށްޓެއް ނުޖެހޭނެ ދެއްތޯ ޖަހާއިފިނަމަ ދެން ތިވާނީ ކޮންކަހަލަމީ ހަކަށްބާ؟ ހަމަހިނިއަންނަނީ