ފުރާވަރު އުމުރުގެ އަންހެން ކުދިންތަކެއް މިރޭ ރަސްފަންނުގައި މާރާމާރިއެއް ހިންގައިފިއެވެ.

ޓްވިޓާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދެ އަންހެން ކުއްޖަކު ވެގެން ވަނީ އިތުރު އަންހެން ކުއްޖެއްގެ ގައިގަ ތަޅައިގަނެ ބިންމައްޗަށް އެކުއްޖާ ވައްޓާލަފައެވެ.

ދެ އަންހެން ކުދިން ވެގެން އަންހެން ކުއްޖާ ވައްޓާލާ، އޭނާ ގައިގަ ތަޅަން ފެށުމުން އެތަނުގައި ތިބި ޒުވާން ފިރިހެނުންތަކެއް ވަނީ އެމީހުން ދުރުކުރަން މަސައްކަތް ކޮށްފައެވެ. އެމީހުން ގޮސް ތަޅަމުން ދިޔަ ކުދިން ކައިރީގައި "ހަމަޖައްސާލާށޭ" ބުނެ އެމީހުން ދުރުކުރިއެވެ.

ނަމަވެސް ފިރިހެނުންތައް ގޮސް އަންހެން ކުދިން ދުރުކުރަން އުޅުނު ވަގުތު ވެސް ވެއްޓިފައި އޮތް ކުއްޖާގެ ގައިގައި އެއް އަންހެން ކުއްޖަކު ފައިން ޖަހާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

މިއީ ކޮން ކަމަކާއި ގުޅިގެން ހިނގި މާރާމާރިއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ.

އެހެންކަމުން ފުލުހުން މިމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމެއް ވެސް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ އަހަރު ފަހުކޮޅު ވެސް އަންހެން ކުދިންގެ ގްރޫޕަކުން އެހެން އަންހެން ކުއްޖަކަށް ހަމަލާދިން މައްސަލައެއް ފެންމަތިވެ އަންހެން ކުދިންތަކެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް ޖެހިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ފަތަރާސީ

    މި ކުދިންތަށް ބަލާ ބޮޑުކޮށް ތަރުބިއްޔަތު ކުރުމުގައި މައިން ބަފައިންގެ ދޯހޮޅި ސިޔަާސަތަަަަާއި އިހުމާލު ހަަާމަވެއެވެ އިސްލާމީ އަޚްލާގް ކުދިންނަށް ދަސްކޮށްދިީ ލޯތްބާއި އޯގަަާތެރިކަން ދަސްކޮށްދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ

    98
    1
  2. Anonymous

    ތިވާނީ ކޮންމެވެސް ބިޓެއްގެ މައްސަލަ އަކަށް

    77
    1
  3. ރޮނޑޭ

    1 ވަނަ ދަރަޖައިގެ ޓެރަރިސްޓް ހަމަލާއެއް

    62
    1
  4. ބޯކިބާ

    ހަމަޖައްސާޔިބިޔަ. އޯކޭވާނެ.

    45
    4
  5. އެއްކަލައިއްސެ

    ބޮންދެއްގެ ގަޔަށް ފެން ބާލިދީ އެއްޖެހީމަ އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކައިގެން މެޑަލް ޖެހި ކުދިންކޮޅުގެ އަޑެއްނީވޭ، އެހެއް ނުހަދާ ކޮއްމެސް މޮޅު ކޮމެންޓެއް ކޮއްލަންވާނެ ދޯ؟

    35
    10
    • ސިނާ

      ރަގަޅު ވާހަކައެއް ތިބުނީ . ބޮންދެއްގެ ގަޔަށް ފެން ބާލިދީ އެއްޖެހީމަ ބޮންދު އޮތީ އެއްކޮށް ރޯފިލާފަ.......ހެހެހެހެ

      11
      3
  6. ޖެކު

    ހަމަ ޖައްސަލަބައެ

    27
    1
  7. ނީނާ

    އަނެއް ރާއްޖެ
    ކޮހެއް ނުވޭ... ޢަންހެން ގޭގުންަނާއި އަންހެން ވަކީލުން ނާއި އަންހެން އަންހެން އިމާމުން ނާ އުޅޭ.... ބިރު ބޮޑު

    44
    8
  8. ބޭބެ

    ސުބްޙާނަﷲ މިތާކު އުޅެވޭކަށްނެތް އެކަމަކު ނޫޅެވާކަށްވެސްނެތް ހަމަނުޖެހުމާ މާރާމާރީއާ މަސްތުވާތަކެތީގެ ވަބާއިންނާއި، އެންމެހާ ނަހީކުރެއްވި ކަންތައްތަކުން މިދިވެހި މުޖުތަމަޢު ސަލާމަތްކޮށް ރައްކާތެރި ކުރައްވާށި އާމީން

    60
  9. އައްޑެ

    ދެމަފިރިން ވަޒީފާ އަދާކުރުމުގެ ނަތީޖާއަކީ ދަރިން ހަލާކުވެގެންދިއުން.

    52
    16
  10. ިއިބްރާހީމް

    ދަރިންނަކީ ﷲތަޢާލާ އަޅުގަނޑުމެނާ ހަވާލުކޮށްފައިވާ ވަރަށް ބޮޑު އަމާނާތެއް، އެ އަމާނާތަށް ރައްކާތެރި ވުމަށްޓަކާ. އެ އަމާނާތް ހަވާލުކުރެވުނީ ބަލަހައްޓަވާނޭ ގައިޑަކާއެކު. އެއަށް ޢަމަލުކުރައްވާ. ވަގުތީ އުފަލަށްޓަކާ އެދަރިން ދެދުނިޔެއިން ގެއްލުވާނުލައްވާ.
    މާދަމާ ސުވާލު ކުރެވޭނެ. ވިސްނާ ފިކުރު ކުރައްވާ.

    55
    2
  11. އުނބު އާދަނު

    މިތާ ކޮމެންޓްލިޔާ މީހުންނަނަކަށް ނޭގޭތަ މާރާމާރީ ހިންގާފަ އެއޮތީ ބޮޑަތި ކުދިންކަމެއް؟ މައިން ބަފައިންގެ ޒިންމާގަ ކުދިން ގޭގައި ތިބެނީ 15 އަހަރު ވަންދެން! އެހާހިސާބުން އެއީ ދޫކޮށްލާފައިވާ މިނިވަނުން. މިއީ ދިވެހި މުޖުތަމަޢު ދެކޭގޮތް!

    10
    19
  12. އަލީ

    މިއީ އަންހެން ކުދިން ނެއްނޫން މިއީ އަންހެން ގޭން ސްޓާރުން އެޖެންޑާ 19 ގެދަށުން ތިޔަފަދަ ކަންތައް ހިނގާނޭ އަޅާނުލާ އޯކޭވާނެ

    22
    9
  13. ކެނެޑީ

    މިއީ ނިރުބަވެރި އަމަލެއްބާ އަނެއްކާ

    21
    2
  14. ޖާބިރު

    ތިވާނީ ކޮންމެސް ބިޓެއްގެ މައްސަލައަށް

    10
  15. ހައިރާން

    "އަންހެން" ވީމާ ހައިރާން ނުވޭ.... އެއީ ހަމަހަމަ ބައެއް....ހަމަކޮށްލަން ވެއްޓިފަ އޮތް އަންހެނާއަށްވެސް ދިން ހަމަލާއަކަށް ހަމަލައެއް ދިނުމުގެ ހައްޤު ލިބިގެންނޫނީ ހަމަހަމަ ކަމެއް ނުލިބޭނެއްނު....

    7
    3
  16. ކާފަ

    ޓެރަރިޒަމްގެ އަމަލެއް. ކޮބާ ޓެރަރިޒަމް ގާނޫނު.

    11
  17. ޙހހ

    ކޮމެންޓްކޮށްލަން ހަމައެކަނި މިވަނީ. މީ އާކަމެއް ނޫން
    ޢަބަދުވެސް ޓިނޭޖްކުދިންގެ މެދުގައި ތަޅަފޮޅާ

    6
    1
  18. ބުއްދި

    މާންބަފާން ނުބަލަނީ އެއް ނޫން ކުދިންވެސް މާ ސްމާޓްވާން ވެގެން އުޅޭގޮތް، މައިން ބަފައިން ދަރިން ބަލަން ގޭގައި އަބަދު ނުތިބެވޭނެ، ވަޒީފާއަށް ވެސް ދާންޖެހޭނެ، ލޯރި ނުޙޯދާވެސް ނެތް އުޅެވޭކަށް ތަނުގެ ކުލި އެހާބޮޑު އެއްޗިސްގެ އަގު އެހާބޮޑު ޑިއުޝަން ދެންޏާ ދެން ބަލާނެ ކަމެއް ނެތް ދެން ހުރި ލާރިކޮޅުވެސް އެ ހުސްވީ، މީ ރާއްޖޭގެ ހާލަތު ކުދިން އުޅެ މި ބޮޑުވަނީ ކުދި ކުދި ތަންކޮޅު ތަކުގައި ކިރިޔާ މި ނިދާލެވެނީ ސްކޫލް ނިންމާފައި ބޭރަށް ގިނަ ކުދިން މި ނުކުންނަނީ ދެން މި ޖެހެނީ ވިޔާނުދާ ކުދިން ނާ ޖެހުނީ މަ ވާގޮތް މީ ދީނަށް ލޯބި ކުރަނީ އެއްނޫން މީހުންނަށް ހިތްތިރާމެއް ކުރަނީއެއްނޫން ހުރިހާ ކަމެއް ގޯހުން ގޯހަށް މި ދަންނީ

    10
    1
  19. ހުސެން

    އޭއި މިއީ ޓެރަރިސްޓު ހަމަލާއެއް.މިއީ އަނެއްކާ އައިސިސް އަންހެން ރާއްޖެ ގޭންގުތަ؟ސުއޫދު ކޮބާ؟މި ފަހަރު ކުއްވެރިވާނީ ރަސްފަންނު ބާ؟

    5
    1
  20. ފ

    ދެކުދިން އެކަކާ ހިތާވީ ކަމަށް ވާނީ އެމައްސަލާގައި ރުޅިގަދަވެގެން ހިފައި ގަތީކަމަށް ވާނީ އެކުދިން ސުލްހަ ކުރަން ދިޔަ މީހުނަށް އެކުދިންގެ ނަން ވެސް އިނގެ އެއްނު ތީ އާދައިގެ ކަމެއް ތިޔަކަހަލަ ކަންކަން އާންމު ކޮށް ހިނގާ ތީ އާކަމެއް ނޫން ވަޅިޖެހުން ވެސް ގިނައިން ހިނގަނީ އަންހެން ކުދިން ގެ މައްސަލާގައި ކަމަށް ބުނޭ

    8
    1
  21. ލޮލް

    ތިވާނީ ސުނިލް ބައްދަލްކޮއް މަހުލޫފު ނެރޭ ފިލްމުގެ މަންޒަރަކައް. ލޮލް
    ހަރުކަށި އަދަބުދީ ކޮންބިޓެއްކިޔާން!
    އެއްވެސް ބިޓެއް ނޯންނާނެ!

  22. ރިނީ

    ތިވާނީ ކޮންމެސް ފިރިހެނެއްގެ މައްސަލަކަމަށް. މަށަށް ދެރައީ އަބަދުވެސް ދެއަންހެނުން އެކަކު އަނެކަކު ދެކެ ރުޅި އަންނާތީ. ނުވިސްނެނީ ކީއްވެބާ ފިރިހެން ގޮލާދެކެކަން ރުޅި އަންނަންވީ! އޭރަށް ފިރިހެނުން ދެތިންބިޓުން ގެންގުޅެން ޖެހިލުންވާނެ. އަންހެނާގެ ވިސްނުމާއި ރުޅި ހަގީގީ ކަލްޕްރިޓްއަށް އަމާޒު ވެގެން ނޫނީ ތިޔަކަން ހައްލެއް ނުވާނެ.

  23. ޭޖޯން

    ޙަހަހަ.. ފިސާރި ކަބަލުން??

    2
    2
  24. ކަލޭ

    ލޮލް