ރައީސް ޔާމީނަށް ނިސްބަތްކޮށް، މުސްތަފާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ސަންގު ޓީވީ، އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، މާފަށް އެދުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގުމާއި ގުޅިގެން އެ ސްޓޭޝަން ޖޫރިމަނާކޮށް، މާފަށް އެދުމަށް އެންގިޔަސް އެ އަށް އަމަލު ކުރާނީ ކޯޓުން ނިންމާ ގޮތެއްގެ މަތިން ކަމަށް ސަންގު ޓީވީން މިރޭ ބުނެފި އެވެ.

ސަންގު ޓީވީ މައާފަށް އެދެން އެންގީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ސަންގު ޓީވީގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމުގެ ގޮތުން ސަންގު ޓީވީން ވަނީ ފަންޑު ފޮށްޓެއް ހުޅުވައިފަ އެވެ. ފައިސާ ދެއްކުމަށް ދިން މުއްދަތު މި މަހުގެ 29 ވަނަ ދުވަހު ހަމަވާނެ އެވެ. ސަންގު ޓީވީގެ އިތުރުން ރާއްޖެ ޓީވީ އާއި ވީޓީވީ އަދި ވީއެފްއެމް ވެސް މީގެ ކުރިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ މާފަށް އެދޭނީ އެކަމުގައި ކޯޓުން ނިންމާ ގޮތެއްގެ މަތިން ކަމަށާއި އެ މައްސަލާގައި ޝަރުއީ އެންމެ މަތީ މަރުހަލާ އަށް ވަޑައިގަންނަވަން ޖެހިއްޖެ ނަމަ އެ ކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މާފަށް އެދެންވެން ނެތް, މާފަށް އެދޭނީ ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމުގައި ދަންނަވާލަން،" އަސްވާޑު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސެންސްލެސް

    މާފަށް އެދޭނީ ކޯޓުން ނިންމުމުން ކަމަށް ބުނެ ސަންގު ޓީވީ ކަމާއި ގުޅޭ ރެގިއުލޭޓަރީ ބޮޑީސް ތަކަށް ޗެލެންޖް ނުކުރާތި އިނގޭތޭ މަމެންގެ ވެރިކަމުގައި ލައިސަންސް ހިފަހައްޓާ ކަރަންޓާއި ފެނާއި ފާޚާނާ އާއި އަދި ފޯން އާއި ޑޭޓާ ވެސް ކަނޑާލެވިދާނެ އެއިރުން މާތާހިރެއް ނުވާނެއެއް ނޫންތޭ. މާ ބޮޑަށް ސައިޒު އޮޅިގެން ނޫޅުން ކަން ނޭގޭ ރަނގަޅު ވާނީ އެނޫން ނަމަ ޖެހިދާނެ ކުޑާ ކޮށް ސައިޒް ކަޓް ކުރަން އިނގޭތޭ. އިޓްސް ޖަސްޓް އަ ރިމައިންޑަރ އިނގޭތޭ ކޯއްޗެއްތޭ ހަމަ މިހާރު މާފަށް އެދެންވީއޭ އިނގޭތޭ. ލައްބަ އަޅުގަނޑުމެންނަށް މާފުކުރޭ ބައްލަވާ ތިޔާ ހެން ނަހައްދަވާ ލައިސަންސް ނުހިފަހައްޓާ އިނގޭތޯ މަމެން ނަށް ލައިސަންސް އާއި ނުލައި ނޫޅެވޭނެއޭ އިނގޭތޯ ހެޔޮނުވާނެ ހެޔޮނުވާނެ ލައިސަންސްއޭ މަމެން ދޫކޮށް ނުދައްޗޭ އިނގޭތޭ. ގޮޓް ދަ ޕޮއިންޓް. ގުޑް ގުޑް. ނައު މޭކިންގް ސެންސެސް ދޯ.