ޤަވައިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލްތަކުގައި ފުލުހުން ސްޓިކާ ޖަހަމުން ގެންދިޔަ ނަމަވެސް ޤަވައިދާއި ހިލާފަށް ޕާކް ކުރުމަށް ބަދަލެއް ނާންނާތީ ބައެއް ސަރަހައްދުތަކުގައި ޤަވައިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލްތައް ޓޯވ ކުރަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ މެހެލި ގޯޅި ހިސާބާއި، އެމްޓީސީސީ ފެރީޓާމިނަލް ކުރިމަތިން ފެށިގެން އެމަގުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްއާ ދެމެދުގެ ސަރަހައްދާއި، އަމީނީމަގު ބީއެމްއެލް ކަސްޓަމަރ ސަރވިސް ސަރަހައްދާއި، ކަނބާއައިސާ ރަނި ހިނގުމުގެ އައިޖީއެމްއެޗް ހިމެނޭ ސަރަހައްދުގައި ފަހަކަށް އައިސް ގަވާއިދާއި ހިލާފަށް އެއްގަމު އުޅަނދު ޕާކުކުރުން ގިނަވެފައިވާތީ އެސަރަހައްދުން ވެހިކަލްތައް ޓޯވ ކުރަން ނިންމާފައިވާ ކަމަށެވެ.

"އެހެންކަމުން އެ ސަރަހައްދުތަކުގައި ގަވާއިދާއި ހިލާފަށް ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދަށް ހާއްސަ ސަމާލުކަމެއްދީގެން ޓޯ ކުރަމުންގެންދާނެ ވާހަކަ ދަންނަވަން" ފުލުހުން ވިދާޅުވިއެވެ.

އެސަރަހައްދުތަކުގެ އިތުރުން އެހެން ސަރަހައްދުތަކުގައި ޤަވައިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލްތައް ވެސް ޓޯވ ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

ވެހިކަލްތައް ޓޯވ ކުރުމުން އެހާތަނަށް ދައްކަން ޖެހިފައި ހުރި ހުރިހާ ޓްރެފިކް ޖޫރިމަނާ ފައިސާއެއްގެ އިތުރުން ޓޯވ ކޮށްފައި ވަނީ ފުރަތަމަ ފަހަރަށްނަމަ، -/250 ރުފިޔާ، ދެވަނަ ފަހަރަށްނަމަ -/500 ރުފިޔާ، ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް -/750 ރުފިޔާގެ ޖޫރިމަނާ އެއް އަދި ޤަވައިދާއި ހިލާފަށް ޕާކް ކުރި މައްސަލައިގައި ފުރަތަމަ ފަހަރަށްނަމަ، -/250 ރުފިޔާ، ދެވަނަ ފަހަރަށްނަމަ -/500 ރުފިޔާ، ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް -/750 ރުފިޔާގެ ޖޫރިމަނާއެއް ނުދައްކަނީސް އަނބުރާ ވެހިކަލެއް ނުލިބޭނެއެވެ.

މިސަރުކާރުގެ ކުރީކޮޅު ވެސް ސްޓިކާ ޖެހުން ހުއްޓާލުމަށް ފަހު ވެހިކަލްތައް ޓޯވ ކުރަން ފެށިއެވެ. ނަމަވެސް އެކަމުގެ ސަބަބުން މާބޮޑު ބަދަލެއް ނާންނާތީ އަލުން ސްޓިކާ ޖަހަން ފެށީއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފުތާ

    ޓޯކުރިއަސް މައްސަލައެއް ނޯންނާނެ. ޢެއައްވުރެ ދިވެހިން މުއްސަނދިވެފަ ކޫލްކަމުން ކޮންމެ މީހަކު 2 ނޫނީ 3 ސައިކަލު ގެންގުޅޭނެއޭ!

    7
    1
  2. ރައްޔިތުން

    ދުއްވާ އެއްޗިހި މަދުކުރަންވީ.. ޕާކިންގ އިތުރުކުރަންވީ.. އެއަށްފަހު ތިކަހަލަ ނިންމުން ނިންމަންވާނީ..

    ބޮޑެތި ބިލްޑިންގ ތަށް އަޅާއިރު ބޭސްމަންޓް ޕާރކިން ހެދުން މަޖުބޫރު ކުރަންވީ، މިހާރުވެސް ގަވައިދުގަ އޮވޭ ކޮންމެސް ސިފައަކަށް ނަމަވެސް ސަރުކާރުން އަޅާ ތަންތަނުގަވެސް ނުހުރޭ މި މިންގަނޑަށް ފެތިފައެއް.

    6
    2
  3. ަދ

    ޓޯ ކުރީމަ ހައްލުވާނެތަ؟ ނުވާނެ. ޕާކިން ޒޯނުން ބޭރު ސައިކަލް ގިނަ ފަހަރަށް ބައިންދަނީ ޖާގަނެތިގެން. ކޮންމެހެން ދައްކާލަން ކުރާ ކަމެއްނޫން. އެހެންވީމާ ޓޯކުރިޔަސް ތިކަމަކަށް ހައްލެއް ނުލިބޭން. ސައިކަލުގެ ވެރިފަރާތައް އިތުރު ތުރާވުންނޫން. ޕާކިންގެ ހައްލު ލިބޭނީ ބިލްޑިންގ ކޯޑު އިމާރާތެއް ނުވަތަ އެރަށެއްގެ ކެޕޭސިޓީއަށް ރިއާޔަށްކޮށް ހަދައިގެން އެ އިމްޕްލިމެންޓްކޮށްގެން. މިހާރުވެސް ގިނަ މީހުން ކުރާކަމަކީ އިމާރާތް ޑިޒައިންކުރާ ސްޓޭޖްގަ މިހާރުވެސް އެދޭން ލާޒިމުކުރާ ކުޑަ ޖާގަ ދައްކާފަ އިމާރާތް ހަދާ ނިމުނީމަ އެތަން ފިހާރައާއި ގުދަން ހަދާ ބޮޑު އަގުގަ ކުއްޔަށް ދިނުން. އެހެންވީމާ މިހާރުވެސް ޕާކިންއަށް ދޫކުރަން ޖެހޭ ވަރު އެއީ އެއިން ވާނެވަރެއްނޫން. އަދި އެމިންވަރުވެސް ދޫކޮށްފައެއްނުހުރޭ. މީގެ ހައްލަކީ ޕާކިން ރޭޝިއޯ އެއް އިމާރާތުގެ ކެޕޭސިޓީއަށް ބަލާ ހެދުން. ދެން ޖެހޭނީ ލާމަރުކަޒުކޮށް މާލެ ނޫން ހިސާބު ތަރައްގީކުރުން. ސްޓިކާ ޖަހާ ޓޯކުރިޔަސް ތިޔައިން ވޭނެ ފައިދާއެއް ނޯންނާނެ. މުވައްޒިފުންނަށް ބެވިޔަސް އެމީހުންނަށްވެސް މިކަހަލަ ކަންކަމަށް ވަޒީރުންގެ ފެންވަރުގަ ހައްލު ހޯދަން ނޭގޭނަމަ ނުވަތަ ހޯދައި ނުދެވޭނަމަ ކުރެވޭނެ މާކަބޮޑު ކަމެއް ނޯނާނެ.

  4. މަގޭ ޚިޔާލު

    ތިމައްސަލާގައި ހަތަރު ފުރޮޅުލީ އުޅަނދުތައް އިސްތިސްނާވާނެ. ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ ހަތަރު ފުރޮޅުލީ އުޅަނދަކީ ޓުރެފިކު ފުލުހުން އަތްލުން ހަރާންތަކެތިހެންވެސް ބައެއްފަހަރު ހީވޭ.

  5. އަލފާލިލާ ކަރިމީން ބްލާވޯ

    ދިވެހިންގެ މަގުމަތީ އަހުލާގު ވަރަށް ދަށް. ހާއްސަކޮށް މި ރީޖަންގައި އިންޑިއާ ނަގާފަ ދެެން އެންމެ ގޮތެއްފޮތެއްނެތް މީހުން ދިވެހިންނަކީ. ޕާކުކުރުމުގައި އެއްވެސް އުސޫލެއް ނެތި ހިތުހުރިތަނަކަށް އެހެޔޮ ކަންމައްޗަކަސް ޖަހާލަނީ. ހުސްޖާގަ އޮތަސް ފަސޭހައިން ބަހައްޓާލަން އެބަ ބަހައްޓަލާ މަގު ނުގަވައިދު ފަޅިގައި ޓްރެފިކް ޖޭމްވާގޮތަށް. ޓޯކުރަންވީ ހަމަ ގަދައަށް އެއްޗެއް ރަނގަޅަށް ވިސްންނެންދެން.

    2
    1
  6. 1111

    ބަދަލެއް އަންނާނީ ތިއެއްޗެހި ބަހައްޓާނޭ ތަނެއް ހުރެގެންނެއް ނޫންތަ؟ ވެހިކަލުން މުޅިމާލެ ފުރިފައި. ކަމުގެ އަސްލަށް ހައްލު ނުހޯދާ ކޮންކަމަކަށް ހައްލު ހޯދަން ތިއުޅެނީ! އަދިވެސް މިތަނަށް މީހުން އެއް ކުރަނީ! ވެހިކަލްސް އިތުރުވަނީ! އާބާދީގެ ނިސްބަތުން މިތާ ގަމީހުން ތިބޭނެ ވަރަކާ ،ވެހިކަށް ތިބެންޖެހޭވަރެއް ކަނޑައަޅާކަށް ނުވޭތަ؟ މީސްތަކުންގެ އަގުބޮޑު މުދަލށް ގޯނާކުރަނީ.ކިތަށް ނުހައްޤުލާރި ދައުލަތައް ނެގިއްޖެ! ކިތައް ނިކަމެތިން ފެލާލެވިއްޖެ! ކުލިދައްކާފަ ހަމަ ނުޖެހިގެން އުޅެނިކޮށް އަނެއްކާއަނެއްކަމަކަށް މަޖުބޫރު ކުރަނީ. ފަސޭހަ ރަހްމަތެއްގަ އެއްޗިހި ޕާކްކުރެވެން ހުރެފަ މީހުން ގަވާއިދާޚިލާފްވާނަމަ އެއްނޫންތަ އަދަބުދެންޖެހޭނީ! މިއީ ދައުލަތުން މީހުން ލައްވާ ކުށް ކުރުވަނީ އެއްނުންތަ! މީހުން މިތިބޭނިީ ވައްކަން ކުރަން މަޖުބޫރުވާ ޙާލަތުގަ. ތިއްބާ ގެންގޮސް އަތްކެނޑީމަ ކިހިނެއް ވާނީ! މިއީތަ މިޤައުމުން ލިބޭނެ އިންސާފަކީ؟ އަމިއްލަ ޤައުމުގަ އުޅެން ޖެހެނީ މުސްލިމުންގެބެލުމުގެ ދަށުގައި ކާފަފަރުން އުޅޭ ގޮތަށް! ޖިޒީ ދައްކައިގެން. ބޭރުޤަ އުމެއްގަ އުޅެންނުޖެހޭހާހިތް ދަތިކޮށްމިތާ އުޅެން މިގެހެނީ! ކޮންބަޔަކަށް ދައްކަން އޮންނަ ދައުލަތެއް މިއީ! ކޮން ބަޔަކަށް ދައްކަން ކުރާ ވެރިކަންތައެއް މިއީ! އަޖައިބު!!

  7. ނާށިބޯ

    ޢިމާރާތް ތަކުގެ ގްރައުންޑް ފްލޯރ ވެސް އެހުންނަނީ ކާރު ޕާކިން އަށް ނުބަހައްޓާ ކުއްޔަށް ދީފަ! ޙުރިހާ ދުއްތުރާލެއް ޖެހެންވި އަގަޔާ އަތާ ދިމާނުވާ މީހުންނަށް!އެއީތޯ އިންސާފަކީ! އަދިވެސް ނުވޭތޯ މިމާލޭން ކަންކަން މަދުކޮށް އެހެން ރަށްރަށަށް ގެންދަން! މާލޭގެ ވަށައިގެން މިއޮތް ކަޑު ހިއްކަން މެނިފެސްޓޯ އަކަށް ލުމަށް ފެންނަނީ!

  8. އަހުމަދު

    ވެހިކަލްތައް ޓޯކުރަނީ ހަދާފަ ދައްކާފަ ހުރި ޕާކިން ތައް ގިނަކަމަކުން ނޫން، ސަރުކާރު މުވައްޒަފުންނަށް މުސާރަ ނުދެވިގެން ރައްޔިތުން ފެލަންވެގެން، މީ ބަލާވެރިކަމެއް

  9. އަހުމަދު

    ވެހިކަލްތައް ޓޯކުރަނީ މުވައްޒަފުންނަަށް މުސާރަ ނުދެވިގެން ލާރިހޯދަން، މީބަލާވެެރިކަމެއް

  10. ޗުކީ ބޯ

    އަންހެން ކުއްދިން ނަމަ ހީނުވޭ ތިހާ ގިނަ އިސްޓިކާ ޖަހާނެހެން .. ބައެއް ފަހަރު ހީވަނީ ކެންޕޭން ކުރަނީހެން .. މިލިޓެރީ ވެރިކަން ކުރަން