ކިޑްނީ ހަދިޔާކުރަން ތައްޔާރު ކަމަށް އަލީ ޝާހިދު (ސްޓެޕް އައްޔަ) ވެސް ބުނެފިއެވެ.

ނެށުންތެރިއެއްގެ ގޮތުގައި އާއްމުންގެ މަގުބޫލްކަން ހޯދާފައިވާ އައްޔަ ފަހަކަށް އައިސް ފެންނަނީ ސިޔާސީ ދާއިރާ އިންނެވެ. އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކްރޮސްމެޗް ދިމާވާނަމަ ކިޑްނީ ދޭން ތައްޔާރަށް ހުރި ކަމަށެވެ.

"ކްރޮސް މެޗް ދިމާވާނަމަ ކިޑްނީ ދޭން ތައްޔާރު. މާދަމާ ވެސް މަރުވެދާނެ. އިންސާނިޔަތައްޓަކައި ކިޑްނީ ހަދިޔާ ކުރުން އުފަލަކަށް ހަދަމާތޯ. މާތްﷲ ވޮޑިގެން ވަނީ އިހްސާންތެރިންނާއި އެކު." އައްޔަ ލިޔެފައިވެއެވެ.

އައްޔަ ވަނީ އޭނާ ކިޑްނީ ހަދިޔާ ކުރަން ތައްޔާރަށް ހުރިކަން "ވަގުތު" އަށް ކަށަވަރު ވެސް ކޮށްދީފައެވެ.

ކިޑްނީ ހަދިޔާކުރަން ތައްޔާރަށް ހުރިކަން އައްޔަ އިއުލާން ކުރުމާއި އެކު ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އޭނާ އަށް ތައުރީފް ކުރަމުންނެވެ.

އައްޑު ސިޓީ ހުޅުދޫ އަހުމަދު ރިޔާހް (ފިރާޒް) ވެސް ކިޑްނީ ހަދިޔާ ކުރަން ތައްޔާރަށް ހުރި ކަމަށް ބުނެ ފޭސްބުކްގައި ކުރި ޕޯސްޓަކަށް ވަނީ ސަމާލުކަން ލިބިފައެވެ. އޭނާ އިއްޔެ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ޕޯސްޓާއި ގުޅިގެން 100 އަށް ވުރެ ގިނަ ފޯން ކޯލް ލިބިއްޖެ ކަމަށާއި ނަމަވެސް އޭނާގެ ލޭގެ ގްރޫޕާއި ދިމާވަނީ ތިން މީހެއް ކަމަށެވެ.

ރާއްޖޭގެ އެކި އުމުރުގެ ވަރަށް ގިނަ މީހުން ކިޑްނީ ފެއިލް ވެގެން ކިޑްނީއެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި އެބަތިއްބެވެ. ކިޑްނީ ފެއިލް ވުމުން ކިޑްނީ ބަދަލު ނުކުރެވޭނަމަ ޖެހެނީ ޑަޔަލިސިސް ހަދާށެވެ. އެއީ ވަރަށް ގިނަ އިތުރު ތަކުލީފްތަކެއް އުފުލަން ޖެހޭ ފަރުވާ އެކެވެ. އެފަރުވާ ނަގަމުން ދާއިރު އާދައިގެ ދިރިއުޅުމެއް އުޅެން ބަލިމީހާ އަށް ދަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޑެލްބޯއި

    އިންސާނިއްޔަތަށް ކުރަންވާނެ ކަންކަން މަޝްޙޫރުވުމުގެ ބޭނުމުގައި ކުރަން އުޅުމަކީ ދެރަ ކަމެއް. ކިޑްނީ ހަދިޔާ ކުރަން ބޭނުންނަމަ ހޮސްޕިޓަލުތަކަށް ގުޅައިގެން ކިޑްނީ ބޭނުންވާ މީހެއް ހޯދުމަށްފަހު އެމީހަކަށް މެޗް ވާނަމަ ކިޑްނީ ހަދިޔާ ކުރީމާ އެނިމުނީ ކޮންމެހެން އެވާހަކަ އިސްތިހާރު ކުރާކަށް ނުޖެހޭ!!!!

    43
    12
    • މީހާ

      ކޮންމެ މީހެއް ކުރިޔަސް ރަނގަޅު ކަމެއް ވާނީ ރަނގަޅު ކަމަކަށް...ނިޔަތް ދެނެވޮަޑިގެން ވާނީ މަތް ﷲ...މީހުން ޖަޖް ކުރުމަކީ އަހަރެމެން ކުރަން އޮތް ކަމެއްނޫން..ކަންކަމާ ނެގެޓިވް ކޮއް ވިސްނަންވެއްޖެނަމަ ރަނގަޅު ކަމެއް ދުވަހަކުވެސް ނުފެންނާނެ..

      36
      2
    • ވާނުވާ2

      ތިބުނީ ރަގަނޅު ވާހަކައެއް. އެކަމަކު ބައެކު އިސްނަގައިގެ އެކަން ކުރިކަން އެގުމަކީ އިތުރުމީހުން ހަދިޔާކުރުމައް ލިބޭ ހިއްވަރެއް.

      29
  2. ޖަޒީރާ ބޯއީ

    ހަދިޔާ ބަދަލުގައި ފައިސާ

    5
    2
  3. ދޮންހަލީމަ

    އިސްތިހާރު ކުރުމެއްނޫން. ގިނަ ބަޔަކު މިކަމަށް ޝައުގުވެރިވުން އެއީވެސް ވަރަށް މުހިންމު ކަމެއް، މީހެއްގެ ފުރާނަ ސަލާމަތް ކުރާވާހަކަ މިދައްކަނީ، ކިތައް ދިވެހިންތޯ މިއަދު ކިޑްނީގެ އިންތިޒާރުގައި ތިބެ މަރުވަމުން މިދަނީ، ކޮމެންޓް ލިޔާ އިރު ވީހާވެސް ޕޮސިޓިވް ވިއު އަކުން ލިޔުމަށް ދައްނަވަން. މާތްއަﷲ ސްޓެޕް އައްޔަގެ މި އިސްނެގުމުގެ ހެހޮތައުފީޤް މިންވަރު ކުރައްވާންދޭވެ. އާމީން

    21
  4. ލާރާ

    ދެއްކުންތެރިކަމަކީ މުނާފިޤުންގެ ސިފައެއް... މީ ވަރަށް ވާހަކަ

    2
    8
  5. Anonymous

    މުޖުތަމައު މިކަމަށް އަހުލު ވެރި ކުރުމުގެ ގޮތުން މިފަދަ ބޮދެތި އެހީނާ ތައްޔާރަށް ތިބި މީހުން ގެ ވާހަކަ ދެއްކުމަކީ އެފަދައިން އަމަލުކުރަން ފަސް ޖެހިފައިވާ މޫހުން ނަށް ލިބޭ ވަރަށް ބޮޑު ހިތް ވަރަކަށް ވެސް ބަެއް ފަހަރު ވެގެން އެބަ ދޭ.. މކިހާރު ވެސް މިއޮތީ އެހެން ވެފައެވެ.

    11
  6. ޛަހަވަ

    ޖޭވީ ދޯ...ޕަކާސް...

    4
    1
  7. ކަނބާ

    އިންސާނިއްޔަތަށްޓަކައި އިންސާނެއްގެ ފުރާނަ ސަލާތްކޮށްދިނުމުގައި އެހީތެރި ވުމުން އެމީހަކަށް މީހުންގެ ހެޔޮދުޢާއާއި، ﷲގެ ޙަޟްރަތުން ދަރުމައާއި، ޘަވާބު ލިބޭނެކަން ޔަޤީނެވެ. ޑަޔަލަސިސް ހަދަމުންދާ މީހެއްގެ ކެކުޅުމާއި އިޙްސާސްތައް އެނގޭނީ މިކަން ތަޖުރިބާކުރާ ބަޔަކަށެވެ. އެހެން މީހުންނަށް މިކަން އިޙްސާސް ވުމަކީ ބަލިމީހުންގެ ނަޞީބެވެ.

    12
  8. ކްރޯމިއަމް

    ނަމްބަރު ކޮބާ؟

  9. މިއަދު

    މަރްޙަބާ އައްޔަ ﷲގެ ހެޔޮރަޙުމަތްފުޅުން ތިނިންމުގެ ސަބަބުން ސްޓެޕްއައްޔއަށް އުފާފާގަތިކަމާއި ފުރިހަމަސިއްޙަތެއް ގައި ދިގުޢުމުރެއްދެއްވާށި

  10. ސޯނިރު

    ޔާމިނަށް ކިޑްނީދީ