ދިވެހި ސަރުކާރުން ގެންދަނީ މެލޭޝިއާގެ ކުންފުނިތަކަށް ގަނާ (ބްލީ) ކޮށް، ގޯނާ ކުރަމުން ކަމަށާޢި އެކަމާއި މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް މެލޭޝިއާގެ ކުރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ޑަޓުކް ސެރީ ރަޒީލް މެރިކަން ނައިނާ މެރިކަން ވިދާޅުވެއްޖެއެވެ.

ރަޒީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މެލޭޝިއާގެ ކުންފުނިތަކަށް އެހެން ގައުމުތަކުން ބްލީ ކުރަމުންދާއިރު އެކަމާއި މެދު މެލޭޝިއާ ސަރުކާރުން ސީރިއަސްކޮށް ވިސްނާ ފިޔަވަޅު އަޅަން ޖެހޭނެއެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މެލޭޝިއާ ސަރުކާރުން ހަރަކާތްތެރި ދައުރެއް އަދާކޮށް މެލޭޝިއާގެ ކުންފުނިތައް ދިފާޢު ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް. ހާއްސަކޮށް ދިވެހި ސަރުކާރާއި، ދިވެހި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މެލޭޝިއާގެ ކުންފުނިތަކާއި މެދު ކަންތައް ކުރަމުން ގެންދާ ގޮތާއި މެދު ވަނީ ފިޔަވަޅު އަޅަން ޖެހިފައި." ރަޒީލްގެ ބަޔާނުގައި ވެއެވެ.

އޭނާ ވިދާޅުވީ މެލޭޝިއާގެ ކުންފުނިތަކަށް އެގައުމުގެ ސަރުކާރުން ބައިނަލްއަޤުވާމީ މައިދާނުގައި އެހީތެރިކަން ނުދޭނަމަ ގިނަ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަކީ މެލޭޝިއާ އާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމަކަށް ވުމުން އެގުޅުމުގެ ތެރެއިން މައްސަލަ ހައްލު ކުރުމަށް ވެސް މެލޭޝިއާ ސަރުކާރަށް ކުރެވޭނެ ގިނަ ކަންތައްތަކެއް ހުންނާނެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ އާ އިމާރާތެއް ހުޅުމާލޭގައި އެޅުމަށް ހަވާލުކުރި މެލޭޝިއާ ކުންފުނިން ވަނީ އެމަސައްކަތް ކުރިއަށް ގެންދަން މިސަރުކާރުން އެއްބާރުލުން ނުދޭތީ 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ގެ ބަދަލެއް ހޯދަން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައެވެ.

އެކުންފުނިން ވަނީ ފިނޭންސްގެ އިމާރާތް ނާޅަން ސަރުކާރުން ނިންމައިފިނަމަ އިތުރު 462 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ހުށަހަޅާނެ ކަމަށް ވެސް ބުނެފައެވެ. އެހެންކަމުން އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ދިވެހި ސަރުކާރުން މެލޭޝިއާ ކުންފުންޏަށް ބިލިއަނެއްހާ ރުފިޔާ ދޭން ޖެހުން އެކަށީގެންވެއެވެ.

ނަމަވެސް ދިވެހި ސަރުކާރުން ވަނީ މެލޭޝިއާ ކުންފުންޏާއި އެކު މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާމީ

    ކުރީ ސަރުކާކުން ހަވާލު ކުރިކަމަކަށް ވީމަ މިސަރުކާރުން އެމަސައްކަތް ކުރަން ބޭނުން ނުވަނީ އަދި އެމަސައްކަތައް ފައިސާ ހޯދަންވެސް މިހާރު މިހިރަ ގަމާރަކަށް ނޭގޭވިއްޔާ ދޯ މިހާރު މިހިރީ ފައްކާ މުރަނގަ ގަސްދޮށު މާލިމީ އެއް......

    70
    5
  2. ފަހުމީ

    މިކަމުގެ އުދަދ ދަގޫ ވެސް ޖެހޭނީ އާންމު ރައްޔިތުން ނަށް. ވިސާ ނު ދީ ހުއްޓާ ލިއަސް ސަރުކާރުގެ ބޮޑެތި މީހުންނަށް ވާނެ އުދ ދަގުލެއް ނެތް

    60
    1
  3. މިލިޓަރީ

    ރަސްފަންޑުގަ އަޅަން އުޅުނު އިމާރަތްތައްވެސް މިހާރު އެމީހުން ވަނީ ކޯޑަށް ލަފަ.

    42
    1
  4. ހާތްތެރީ

    މިއީ ގެއްލުމުގެ ބަދަލުދިނުމުގެ ފަސްއަހަރަށް ނަހައްދަވާ، ޕުލީސް.

    29
  5. ދިރާސާ

    އެކަކުންޏެއް ހޮރުކޮންނާނީ އެކަކުންޏެއްގެވަރުން ތިހެންވަކިސަރުކާރެއްހިންގެވި ފަރާތަކާޒާތީވެ
    ކުންފުނިތަކަކަށް ގޯނާކުރައްވާކަމުގައިވާނަމަ އެކަމުގެނޭދެވޭއަސަރުކުރާނީ ގޯނާކުރެއްވުމަށް އިސް
    ނަންގަވާފަރާތަށްވުރެބޮޑަށް އެހެންރަށްޔިތުންނަށްކަމުގައި ބައްލަވާ ރަށްޔިތުންވެސްއެއީ ގައުމުގައި
    ޓެކްސްނަންގަވާ ފަރާތެއްކަމަށްބައްލަވާ އަދި އިންސާނުންހަމްދަރުދީވެލައްވާ

    25
  6. ރެޑްވޭވް އައްޔަ

    ކޮން ނޮހޮރުއްޕާނެއްތަ ކުރީ؟<؟؟

    8
    3
  7. މިއަދު

    މެލޭސިޔަގައި ތިބި ދިވެހި ކިޔަވާކުދިންނަށް ދުއްތުރާކުރަން މިސަރުކާރުން ހިންގާބޮޑު ޖަރީމާއެއްތިއީ އަދިވެސް ވޯޓުދީގެން މިއައްވުރެ އަނިޔާވެރި ބަޔަކާއި ސަރުކާރު ޙަވާލުކުރެވޭތޯބަލަ

    25