ސިވިލް ކޯޓަށް ހާޒިރު ކުރަން ޖެހޭ މީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން މީހަކު ހޯދަމުންދާ ކަމަށެވެ.

ހޯދަމުން ދަނީ ކ.މާލެ ދަފްތަރު ނަމްބަރު 2081، ޢަބްދުލްލަތީފް އަކީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އަބްދުލްލަތީފް ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން މާދަމާ 10:00 އަށް ސިވިލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ކަމަށެވެ.

އަބްދުލްލަތީފާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ފުލުހުންނަށް އާއްމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށް ފުލުހުން މިއަދު ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަޝީދު

    ދަފްތަރު މިއީ މާލޭގެ ކޮންއަވަށެއްގެ ގެއެއް

  2. ބޯގޯސް

    ކޮން ދަފްތަރެއްތަ ކޮންމެ މީހެއްގެވެސް ދާއިމީ އެޑްރެސް އޮންނާނެ...މި ދަފްތަރަކީވެސް މިހާގެ ސައްޙަ މަޢުލޫމާތު އޮލުވާލުމުގެ ހަދާފައި އޮންނަ އެއްޗެއް...