ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ސިފައިންނަށް ވަރަށް ބޮޑަށް ތައުރީފާއި، ސަނާ ވިދާޅުވެ ޝުކުރު އަދާކުރައްވައިފިއެވެ.
މިނިސްޓަރ މާރިޔާ ސިފައިންނަށް ހާއްސަ ޝުކުރަކާއި ތައުރީފެއް ކުރެއްވީ ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއާއި، ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ސިފައިން ކުރެއްވި މަސައްކަތް ފާހަގަކުރެއްވުމަށް ސިފައިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަައެވެ.
އިއްޔެ ކަޅުތުއްކަލާކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރ ސިފައިންނާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުން އެހީތެރިކަމަށް އެންމެ ބޭނުންވާ ވަގުތު ރޭގަނޑެއް ދުވާލެއްނެތި ސިފައިން މަސައްކަތްކުރައްވާތަން ވަރަށް ގާތުން އެކަމަނާއަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"ރޭގަނޑެއް ދުވާލެއް ނޯވޭ، ހާލުގައި ޖެހޭ ކޮންމެ ފަހަރަކު އެމަޖެންސީ ނަމްބަރަށް ގުޅާލުމުން ކަޑުމަތީގައި އެއްޗެއް ފެތެމުން ދިޔަނަމަވެސް، ނުވަތަ ފަރަށް އަރާފައި އޮތަސް އަދި ސަރަހައްދުން ބޭރަށް މަސް ދޯންޏެއް ގެއްލިގެން ދިޔަނަމަވެސް، ރައްޔިތަކު ބަލިވެގެން ކުއްލި ގޮތަކަށް މާލެ ގެންނަން ޖެހުނު ނަމަވެސް. ތިޔަބޭފުޅުންގެ އެމަޖެންސީ ނަމްބަރުތަކަށް ގުޅާލީމަ ދުވާލެއް ރޭގަނޑެއް، ގަދައެއް ވިއްސާރައެއް، އަތްވެއް ހޫނެއް ބެލުމެއް ނެތި ތިބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާތަން އަޅުގަނޑަށް ފެނޭ." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
އެކަމަނާ، ވަނީ ފާއިތުވި މަހުގައި މާލޭގައި ހިނގި އަލިފާނުގެ ނުރައްކާތެރި ދެ ހާދިސާއަށް އަލިއަޅުއްވާލައްވައި އެ ހާދިސާގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް ސިފައިން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި އައްސަރިބަހާއި ސާބަސް ދެއްވާފައެވެ.
މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް ވަނީ އަލިފާނުގެ ހާދިސާގައި ސިފައިން ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވައި ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިންނާއި ސިފައިންގެ އޮފިސަރުންނާއި އެކި ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.
1988ގަ ސިފައިން ތިބީ ފިލާ އޭ ވެސް ބުނީ ހަމަ ކަމަނާ.
މަގުމައްޗަށް ނުކުމެ އެސިފައިންނާއިދިމަލަށް އެތިވަރުގޮވިއިރުވެސް ހަމަތިމަސައްކަތް އެބޭފުޅުން ކުރައްވަމުންގެންދަވާކަން އެނގިނުލައްވާތޯ ދެންވެސް ރަގަނޅުގޮތަކީ އެދުވަސްތަކުގައި ގޮވުނު އެތިވަރުކިޔާދީ އެބޭފުޅުންގެ ކިބައިން މަޢާފަށް އެދުން ނޫންނަމަ އެކުދިންގެހިތް ތިކަމަނާއަކަށް ހެވެއްނުވާނެ
"މަޢާފު ކުތާށޭ" ވިދާޅު ނުވިޔަސް އެ ނިޔަތް އޮތްކަން ދޭހަވޭ. ޝުކުރިއްޔާ މިނިސްޓަރ.
މިވަރަށް އަލިފާނުގެ ހާދިސާ ހިނގަމުން ދާއިރުވެސް ކަމަނާ އިސްލާހު ވާކަށް ނުވޭތޯ ބުރުގާ އަޅާ ތިޔައަޅާ އޮރިޔާން ހެނދުން ދޫކޮށްލާ ކަށް ނުވޭތޯ ...... އިއްޔެގާ ސިފައިންނަށް ފުރައްސާރަކޮށް އެއްޗެތި ގޮވިމީހާ މިއަދު އެހެރީ އެމީހުންނަށް ތައުރީފު ކުރަން މަޖުބޫރުވެފައި މީހަކު މިއަދު އެއްޗެކޭ ބުންޏަސް އެމީީހުންގެ ދިފާޢުގައި.... ތެދުވަން ޖެހިފައި.... ގުދުރަތުގެ މޮޅުކަން ތަދުބީރު ކުރެއްވި ގޮތް ނިކަން ދެކިލަަބަލަ އެމް ޑީ ޕީ ކުދިން ނިކަން ދެކެލަބަލަ... އެމީހުން މިއަދު ސެލިއުޓް ކުރާއިރު ހިތް އޮންނާނެ ގޮތް ބުނެދޭން ވެސް ނޭގޭ ގައިމުވެސް ލޯތްބެއް ނުހޯދޭނެ ކިތަންމެ ތައުރީފެއް ކުރިއަސް....
ކިތައް.... ހުމް
މި ދައިތަ ދޯ ސިފައިންގެ ކުދިންނަށް މަލާމާތްކޮށް މަނީ މަނީ ޔެސް ސާރ ގޮވަމުން އަންނިބެ އާ އެކު މުޒާހަރާގަ ގުންޑާ އެއްހެން ދުވީ ޗީޗީ އޭރަކު ނޭގުނު ދޯ ގައުމުގެ ކަރާމަާތަާއި އިއްޒަތުގެ ދިފާއުގައި ތިބިީ އެމިީހުންކަމެއް ފުކެއްބޮޑުވަރު
ޕެޓްރޯލް ޖެޓީއިން ސިފައިންނަކަށް ކްރެޑިޑް ހައްގެއްނޫން. ފަޔަރ ސްޓޭޝަންގެ ބުޑުގަ . ސިކުންތުކޮޅަކުން ދެވޭ ހިސާބުގަ ، ވަށައިގެން ހުސްކޮށް އޮތް ތަނެއްގަ ، އެއްގަމުންނާ ކަނޑުން ކައިރިވެ ، ޖެހި ފެނާއި ފޯމުން ހަޤީޤީ ކާމިޔާބެއް ނުލިބޭ. ނިވުނީ އަނދާ ނިމުނީމަ. އެއީ އެހެން އަލިފާންތަކުގަވެސް ވާގޮތް. ފުރަތަމަ އެމީހުނަށް ދީފަ ހުރި އަލިފާން ނިއްވާ ސާމާނުގެ ފެންވަރު ބަލަންއެބަޖެހޭ. އެއަށްފަހު ތައުރީފުކުރާނީ
އަލިފާނާ ޕެޓްރޯލާ އެނގޭތަ؟
އޭއި މާރިއޯ ކޮބާ ބްލޫ ޔުނިފޯރމް އަޅާ ކުދިން އެކުދިން ކުރާ ބުރަ މަސައްކަތް ނުފެންނަންޏާ އަޅާފައި ހުރި އައިނުގެ އަދި ބޮޑުކޮށްލާ. ދައިތާ
ކަމަނާ އަކީ ގަޓުހުރި މީހެއްނަމަ މިފެންނަ މަންޒަރުތަކާއި، އަދި ކަމަނާއަށް ސިފައިންނާއި ދިމާލަށް ބުނެވިފަހުރި ބަސްތަކުގެ ބަދަލު އެބޭފުޅުންނަށް ދިނުމުގެ ގޮތުން އިސްތިއުފާ ދެއްވާނެ،
ބަސްނުބުނާހިނދު އެބަހަކިތިމާގެއަޅެއް ބަސްބުނުމުންތިމާއަކިބަހުގެއަޅެއް ވިމާބަސްބުނުމުގާވިސްނާލުންރަނގަޅު
ތަޅާނެ ކުދިންކޮޅެއް ހޯދަން ބުނީވެސް ހަމަ އެސިފައިންނާ ފުލުހުންނާދޯ!
މާރިޔާ ނަސީދު ފޯނު ކުރީ އެކަމުގަ ދޯ!
މީ މިމީހުންގެ ފެންވަރަކީ................
ތިޔަ މާރިޔ ބުނީ ސިފައިންނަކީ ފިނޑިބައިގަނޑެކޭވެސް، މިހާރު ދެން ގޯނިފުލަށް ލާނެކަމެއްނެތް
ހެހެހެ.. ކުރިން ދިވެހި ސަފައިންނަށް މަލާމާތްކުރި މީހާ މިހާރު ތައުރީފު ކުރަނީ. ތިއީ ހުސްފޭކު.
ފިނދަނަތަކޭވެސްބުނީ ހަމަ ކަމަނާ
ބަޔަކު ތައުރީފު ނުކުރުމުން އެންމެ ފަހުން އަމިއްލަ އަށް ތައުރިފު ކުރަނީ ކުދިންގެ އަމާ. ހެހެހެ
ކޮންމެ ދިވެހި ރައްޔިތަކައް އެނގޭ ސިފައިން ރައްޔިތުންނަށް ޓަކާކުރާ މަސައްކަތް ނުބުންޔަސް އަދިކިރިޔާ ތި މިނިސްޓަރ އެގިލެވީ ތި ... އެހެނުން ވާނީ ކުރިން އެބާގީ ބާގީ ވިޔާ ދެއްތޯ.....
މިކަމުން ސާބިތުވަނީ ކޮންކަމެއް؟
ސިޔާސީ ޕޯޑިއަމްތަކުގައި އެކި ފަރާތްތަކުން ދައްކަނީ އަމިއްލަ އެދުމުން ފުރިގެންވާ، އަމިއްލަ މަޤްޞަދުތަކެއް ހާސިލުކުރުމަށް ދައްކާ ރޯ ބުހުތާނު ވާހަކަ ކަން. ގިނައިން ދައްކަނީ ނޭނގޭ ވާހަކަ ކަން. ގައިމުވެސް ސިފައިންގެ މަސައްކަތްތަކެއް ބަދަލެއްނުވޭ. އެކެއްގެ ވާހަކަ ދެ އިރެއްގައި ދެގޮތަކަށް މި ބަދަލުވީ. ސިޔާސީ ކަންކަމަށް ރައްޔިތުން ބޮޑަށް ރޯފިލަން އެބަޖެހޭ.