މިދިޔަ ހޯމަ ދުވަހުގެ މެންދުރު ޓީ ޖެޓީ ސަހަރައްދުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އަނިޔާވި މީހަކަށް ލޭ ހޯދުމަށް އާއިލާއިން މަސައްކަތް ކުރަމުން އެބަ ދެއެވެ.

ލޭ ހޯދަމުން ދަނީ އެ ހާދިސާގައި ރޯވި ލޯންޗުގައި އިން މީހަކަށެވެ. އެ ހާދިސާގައި އެ މީހާގެ ހަށިގަނޑު ވަނީ ފިހިފައެވެ.

އެ މީހާގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ، ލޭ ހޯދަނީ އެމީހާ ކުއްލިއަަަކަށް އޮޕަރޭޝަން ކުރަން ޖެހިގެން ކަމަށެވެ. އަދި ލޭ ހޯދަން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައި ވެފައި ނުވާ ކަމަށެވެ.

އެ މީހާއަށް ބޭނުން ވަނީ އޯ ނެގެޓިވް ލެއެވެ.

އެ މީހާއަށް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން 9119966 (ރިޝްވާން) އަށް ގުޅުމަށް އާއިލާއިން އެދެއެވެ.

މި އަލިފާނުގެ ހާދިސާގައި ނުވަ މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދީފައި ވެއެވެ. އަދި މި ހާދިސާފައި އަލިފާން ރޯވި ލޯންޗް އަޑިއަށްދިޔައިރު،، 10 ބައުޒަރަކަށް ގެއްލުން ލިބިފައި ވެއެވެ.