ޗެނަލް ނިއުސް މޯލްޑިވްސް "ސީއެންއެމް" އާ މެދު ފިޔަވާޅު އަޅައިދިނުމަށް ޖުމްހޫރީ ޕާޓީން މޯލްޑިވްސް މީޑިއާ ކައުންސިލަށް އެދިއްޖެއެވެ.

ޖުމްހޫރީ ޕާޓީން، ސީއެންއެމް އާއި މެދު ފިޔަވާޅެއް އަޅާދިނުމަށް އެދިފައިވަނީ އެފަރާތުން ހަބަރެއްގައި ޖަހާފައިވާ ސުރުހީއަކާއި ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީން ނެރުނު ސިޓީގައި ބުނެފައިވަނީ ޖޭޕީން ރޭ ބޭއްވި ހަފްލާއެއްގައި ގާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅާއި ގުޅިގެން "ސީއެންއެމް" އިން ނަގާފައިވާ ސުރުހީގައި ބުނެފައިވަނީ "ގާސިމް އިބްރާހީމްގެ ރަހުމްކުޑަ އިންޒާރެއް ސިވިލް ސާވަންޓުންނަށް" މިފަދައިން ކަމަށެވެ.

އަދި މީގެ އިތުރުން އެސިޓީގައި ބުނެފައިވަނީ "ސީއެންއެމް" އިން ހަބަރު ލިޔެފައިވަނީ ގާސިމް އިބްރާހީމް ވިދާޅުވެފައި ނުވާ އެއްޗެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެކަން އިސްލާހު ކުރުމަށް ޖޭޕީގެ މީޑިއާ ވައިބަރ ގްރޫޕުގައި އެދުމުން ވެސް އެކަން އެފަރާތުން އިސްލާހު ކޮށްފައި ނުވާ ކަމަށެވެ.

ސިޓީ ކުރުކޮށްލަމުން ޖޭޕީން ވަނީ އެކަމުގައި އެޅެންހުރި ފިޔަވަޅެއް އަޅައި ދިނުމަށް މީޑީއާ ކައުންސިލަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްލާ

    ކަލޭވެރިކަމައްއަންނަންހިތައްވެސްނާރުވާތި

  2. މިނިވަނެ

    ނޫސްވެރިކަމުގެ މިނިވަންކަން ލިބެމުންދަނީ... ކުނޫޒުގަ މީގެ 11މަސްދުވަސް ކުރިން ގާސިމާ މިސަރުކާރުގެ ބައިވެރިން ދައްކާފަހުރި ވާހަކަތަ އަޑުއަހާލުމަށް ވީމީޑިޔާގެ މަތާރަންފިލާ ހާވާލަމާ.. މިއަދު މަލަން އަޅާނީ ކޮންތަނެއްގަ...

  3. ތަރުޖަމާނު

    "ގާސިމް އިބްރާހީމްގެ ރަހުމްކުޑަ އިންޒާރެއް ސިވިލް ސާވަންޓުންނަށް" މިޞުރުޙީ ހަމަ ރަގަޅު