ރ. އުނގޫފާރުގައި ބުޅާ މަރާ މީހުންނަށް ފައިސާ ދީގެން އެރަށުން ބުޅާ މަދުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އެރަށު ކައުންސިލުން ގެޒެޓުގައި ޝާއިރުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، ބުޅަލުގެ ސަބަބުން ގޭގޭގެ ފުރާޅުން ފެންނެގުމަށާއި މީހުންނަށް އުދަގޫވާކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައި ރަށުގައި ބުޅާ ގިނަވާ މައްސަލައަށް ހައްލެއް ހޯދުމަށް ރަށުން ބުޅާމަދުކުރުމުގެ ޕްރޮގުރާމެއް ހިންގުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ.

އެ ކައުންސިލުން ބުނީ، ބުޅަލުގެ އުދަގޫ ކުޑަކުރުމަށްޓަކާ ބުޅާ ހިފާ ކައުންސިލާއި ހަވާލްކުރުމުން ކޮންމެ 3 ބުޅަލަކަށް -/100 (ސަތޭކަ ރުފިޔާ) ދޭނެ ކަމަށަށެވެ. އަދު އެ ކައުންސިލުން ބުޅާ ބަލައިގަންނާނީ ހެނދުނު 8:30 ން މެންދުރު 11:00 އަށް ކަމަށާއި، ކަނޑައެޅިފައިވާ ވަގުތު ފިޔަވާ އެހެން ވަގުތު ތަކުގައި ގެންނަ ބުޅަލާއި ކުނިވެފައިވާ ބުޅާ ބަލައިނުގަނެވޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެ ރަށު ކައުންސިލުން ބައެއް މީޑިއާތަކަށް ބުނެފައި ވަނީ، ފައިސާ ލިބޭނީ ބުޅާ މަރާލުމަށްފަހު ކައުންސިލާއި ހަވާލު ކުރުމުން ކަމަށެވެ.

މިޕްރޮގުރާމް ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 30 ނޮވެމްބަރ ގެ ނިޔަލަށް ކަމަށް އެ އިއުލާނުގައި ވެއެވެ.

އަމިއްލަ ބޭނުންތަކަށް ގެންގުޅޭ ބުޅާ ގެންގުޅެންވަނީ އާއްމުންނަށް އުނދަގޫނުވާ ގޮތަށް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ދސ.325

  މިއަދުގެސަރުކާރުން ހިނގާކަހަލަ މެގަ ޕްރޮޖެކްޓެއް ތީ.

  62
  7
 2. ބުރޯ

  ބުޅާ މަރާ މީހާ އާއި އެކަމުގާ ބައިވެރިވާ މީހުން އެކުރަނީ ވަރަށް ނުބައިކަމެއް.

  46
  4
 3. ހައްގު ބަސް

  ބުޅާވެސް އިންސާނާ ވެސް ހެއްދެވީ މާތް ﷲ އެވެ. އެއިލާހު ވަނީ ދިރޭ ތަކެއްޗަށް އޯގާތެރިވާން އަންގަވާފައެވެ. ބުޅާލާ މެދު ކަންތައް ކުރި ގޮތުން ސުވަރުގެ ނުދިޔަ މީހާގެ ވާހަކަ އަހުރެމެން އަޑު އެހީމުއެވެ. ހެޔޮ ވިސްނުން ދެއްވާށި.

  45
  2
 4. ހޫ

  ތިހެން ނުހަދަ ރަށުން ބޭރުގަ އުޅޭ ބުޅާބޭނުންވާ މީހުންނަށް ވިއްކަންވީ ނޫންތޯ. ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތީ ދެއްތޮ. ?

  31
  3
 5. އައްޑޫ މީހާ

  ތިޔައީ ވަރަށް ނުބައި ކަމެއް ދިރިހުރި ފުރާނަ ދުއްވާލަން ފައިސާ ދީގެން ތިޔައީ ޓެރެރިޒަމްގެ އަމަލެއް ބުޅަލުގެ ފަރާތުން ދައުވާ ކުރާދުވަސް އަންނާނެ އޭރުން ސަލާމަތެއް ނުވެވޭނެ

  70
  8
 6. ސަމްވަން

  ތީ ވަރަށް ގޯސް ކަމެއް. މަރާނުލާވެސް ކުރެވޭނެ ކަންކަން ހުންނާނެ. ފަޅު ރަށަކަށްވިޔަސް ބަދަލު ކުރެވޭނެ. ދިރޭ އެއްޗެއްސަށް ގޯނާ ކުރުމަކީ ހަށްލެއް ނޫން!!

  29
  2
 7. މިއަދު

  ތިއެތިގޯސް އެއީ ޖަނަވާރެއްކަމަކު މާތްﷲ އެއްދެވި މަހުލަުގެއް ފުރާޏައެޅުއްވީވެސް ހަމަﷲ

  24
  1
 8. ހަމީދު

  ބުޅާ ނުމަރާތީ އެއީ މަގޭ ހައް

  13
  1
 9. ޚޖ

  ޗައިނާ ގެ ޕްރޮޖެކްޓެއް ފަށްޓަވާ! ޙަފްތާއެއްނުވާނެ! ޙުސްކޮށްލާނެ!

  11
  1
 10. ސޭޓު

  ވަރަށް ދެރަވެއްޖެ މި ހަބަރު ކިޔާފަ. އިސްލާމް ދީނުގައި ބުޅާ މެރުމަށް ވަކި ގޮތްތަކެއްވޭ. ބުޅާ މަރަން ވާނީ އެއްފަހަރުން ބޮލުގަ ޖަހާ. އަނިޔާ ކޮށެއްނޫން. ކައުންސިލުން ބުޅާ މަރަން ޖެހޭނީ. އާންމުންނެއް ނޫން. #އިސްލާމިކް މިނިސްޓްރީ.

  22
  3
 11. ޥަކަބެ

  ވާނުވާ ނޭގިގެން ތިއުޅެނީ ކަލޭމެން ކުރާ ކަމަކުން އަހަރެމެން އެއްމެނަށް ކޯފާއެއް އަންނާނީ. ތީ ބޮޑު ހަރާމް ކަމެއް. ކޮބާތަ މި ގައުމުގަ މިއުޅޭ ޝޭހުން ތައް

  22
  3
 12. Anonymous

  އަސްލާމް ދީނުގައި ޖަނަވާރައް އަނިޔާ ކުރުމަކީ ޚަރާން ކިމެއް. ތި އެއްޗެހި ހިފައިގެން ދެން ޖެހިގެން އޮތް ފަޅުރަށައް އަޅާ ބަލަްް

 13. ބުޅާގެ އައްޕަ

  އެބުޅާތައް މަރާލުމުގެ ބަދަލުގައި ހިފާފަ ފަޅުރަށަކަށް ދޫކޮއްލާ.

 14. Anonymous

  ގާނޫނުން މަނާކޮއްފައިވާ ކަމެއް ސަރުކާރު ދާއިރާއަކުން މިގޮތަށް ކަންތައް ކުރެވޭތަ؟

 15. ހަސަދު

  ދިރޭ އެއްވެތި މެރުން އެއީ ގޯހެއް. ބުޅާ މަދު ކުރަން އެހެން ސައިންޓިފިކް ހައްލެއް ހޯދާ.

 16. ދިދަ ދަނޑި

  ބުޅަލަށްވުރެ ރަނގަޅު ކަންކަނުގައި ބިއްޖެހިފައި ތިބޭ މީހުން މަދުކުރީއްޔާ.. ބުޅާ ގިނަވެގެން ވާ އުނދަގުލަށްވުރެ ބޮޑު އެ ބައިގަނޑު މަގުތައް މަތީ އަރި އަރިއަށް ހިނގާތީ..

 17. ޕޮގުބާ

  ބުޅާ މެ ރުމަށްވުމަށްވު ރެ ހިޔޮކަމެއް ކޮއްބަލަ

 18. ވ.ދެރަކަމެއް

  ތީ އިސްލާމްދީން އެއްވެސް ވަރަކަށް ބާރު އަޅކަމެއްނޫން..ވ ނުބައި އަމަލެއް..ދިރޭ ތަކެއްޗަށް އޯގާތެރި ވާންވާނެ..އަހަރެން މީ ގޭދޮށުގަ އުޅޭ ބުޅާތަކަށް ކާންދީ ހަދާމީހެއް.. އެގޮތައް ކަންތައް ކުރީމަ އޭޗިސް ވ ބަސް އަހާ..އެއްވެސް އުދަގުލެއް ނުކުރޭ.. ތިކަން ހުއްޓާލަން ގޮވާލަން.