އިންތިހާބް ކުރާތާ 24 ގަޑީ އިރު ތެރޭގައި ވެސް ރައްޔިތުން ބޭނުންވެއްޖެ ނަމަ ވެރިކަން ބަދަލު ކުރެވޭނެ ކަމަށާއި "ރައީސް ޔާމީންގެ އަޖަލު ޖެހުމުން ޖެހޭނީ ފައިބަން" ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތް ތަކުން އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ދިވެހި ރައްޔިތުން ރައީސަކު އިންތިހާބުކުރަނީ، އިންތިހާބި ކުރާތާ 24 ގަޑީ އިރު ތެރޭގައި ވެސް ރައްޔިތުން ބޭނުންވެއްޖެ ނަމަ ބަދަލުކުރޭ ގޮތަށް ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކު ދިވެހި ރައްޔިތުން އިންތިހާބު ކުރަނީ ކޮންމެހެން ފަސް އަހަރު ވެރިކަމުގައި ބަހައްޓަން ނޫން ކަމަށެވެ.

ފަނޑިޔާރުންވެސް މަގާމުގައި ތިއްބަވަނީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިތުބާރު ނެތްކަން ފާސްކޮށްފި ނަމަ މާގާމުން ދުރުކުރެވޭ ގޮތަށް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވަނީ ތަފާތު ގޮތަކަށް ކަމަށް އަލީ ހުސެއިން ފާހަގަކުރިއެވެ.

"ރައީސަކާއި، އާދައިގެ ފަނިފަކްސައަކާއި އެއްވެސް ތަފާތެއް ނޯންނާނެ، އަޖަލު ޖެހުމުން ވެއްޓޭނެ، އަޖަލު ޖެހުމުން ޖެހޭނީ ފައިބަން، އަޅުގަނޑުމެން މި ވެރިކަން ގާނޫނީ އިމުގެ ތެރެއިން ބަދަލުކުރާނަން" އަލީ ހުސެއިން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަމްސީލް ކުރައްވަނީ، ދިވެހި ރައްޔިތުން ކަމަށާއި، އެހެންކަމުން ރައްޔިތުން ބޭނުންވެއްޖެނަމަ ގާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލުކުރެވޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަށްދު

    މިމީހާ އަނދަގޮނޑި ޖަހަންވީ

  2. ބާބޫ

    އަލީހުސޭނު ކަލޭ މޮޔަނުގޮވާ ހުރެބަލަ ކަލޭ ތިޔަހުރީ ގާނޫނީ އިމުން ބޭރުގަ ކަލޭވެސް ކޮންމެވެސްދުވަކުން ބިމަށްވެއްޓޭނެ މީހާދަ ކޮސްމީހެއްކަމަށްފާހަގަ ކުރެވޭ.

  3. ޖޮއްބެ

    ހުސޭނާ ކަލެއަކަށް ނުކިޔޭދޯ އެހެން އެއްޗެއް. އަބަދު ވެރިކަން ވެރިކަން ވެރިކަން.....!!!

  4. ނާޞިރު

    ގުރައިދޫއަށް ނުގޮސް ފިލައިގެން އުޅޭމީހެއްތަމިއީ؟ ބޯ ހަމަޖެހޭ ވާހަކައެއް ނުދައްކާ ދުވަހަކުވެސް، ކަލޯ މިސަރުކާރުން އެއްވެސް ލިމިޓެއްނެތި ބޭސްފަރުވާކޮށްދޭ ކަލެއަށް ވެސް ލިބޭނެ ދޭބަލަ ނަފްސާނީ ޑޮކްޓަރަކަށް ދައްކައިގެން ބޭސް ކުރަން

  5. ހިންޓެ

    ހިއެއްނުވޭ ހަމަހެންނެއް ގޮތެއްފޮތެއް ނެތިގެން އުޅޭ މީހެއްތީ

  6. ދީދީ

    ދިވެހިރާއްޖޭގައި މިއަދު ޤާއިމުވެފައިމިވާ ވެރިކަން ދުވަހަކުވެސް ބަދަލުކުރާކަށް ދިވެހިން ބޭނުމެއްނުވާނެ! އެކަމަކު ކޮންމެކަމަކީވެސް ފެށުމަކާ ނިމުމެއްއޮންނަކަމެއް!

  7. ޑާކު

    މިހާރު އިންތިޚާބުގެ ކުރިން ނުވެއްޓޭނެކަން އެނގުނީ، ދުވަސްކޮޅަކުންބުނާނެ އިންތިޚާބަށްފަހު އެއްއަހަރު ތެރޭވެސް ނިންމާލެވިދާނެކަމަށް. ކާސިންބެއަށް ހުވަފެން ދަްކާލަދައްކާލަތިބޭ، އަޅުގަނޑުމެން އިރާދަކުރެއްޔާ ދާނީ ކުރިއަށް.

  8. ާވަލުގެ އަހުމަދު

    ޢަޖަލު ޖެހުނީމަ ކޮންމެ ކަމެއް ވެސް ނިމިގެން ދާނެކަން ނޭނގޭ މީހަކު އެބައުޅޫތަ.ބަލަ ދިވެހި ރައްޔިތުން ހޮވާފަ ތިބި ބަޔެކޭ ކިޔާފަ ކަލޯމެން ބޭނުންހާ ކުޅިޔެއް މިޤައުމުގަ ބޭނުންހާ ކުޅިޔެއް ނުކުޅުވޭނެ.ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ ޔަހޫދީންގެ ރޭވުންތަކުގަ މިޤައުމު ފަސާދަވާކައް..އެފުރުސަތެއް ނުވެސް ދޭނަން.މި ޤައުމުގަ މިއަދު މިހުރި މާލިމީ އަކީ ތިކަހަލަ ބުރާންޗެއް ނޫން.ދިވެހި ޤައުމުން މިއަދު މިފެންނަ ތަރައްގީ އަކީ މީގެ 35 އަހަރު ކުރިން ވެސް ދިވެހިން ބޭނުންވެގެން އޭރުގެ ވެރިން އަރިހު ރޮއި އާދެސް ކުރި ކަމެއް.މިއަދު ކެރޭ ހީވާގި ކެުޮޅެއް މިޤައުމުގެ ހުންގާނުގައި ހިފައި މި ޤައުމު އިސްލާމީރިވެތި އުސޫލާ އެއްގޮތަައް މިޤައުމުގަ ހުރި މައްސަލަތައް ހައްލުކުރަމުން ތަރައްޤީ ކުރަމުން ދާތީ ލަދުގަނެގެން މިއަދު ނިކުމެ ކިޔާ ލަވަ އަޑު އަހާނެ ދިވެހި ރައްޔިތަކު މިހާރަކު ނެތް.ސޮރީ ބްރޯ...ބުރޯމެން ތިކުޅޭ ކުޅި ކުޅެން އިންގިރޭސިވިލާތަށް ނޫނީ އިންޑިޔާއައްދޭ.އޭރުން މާރަނގަޅު ވާނެ.ވ ސަލާން.