ރ. އުނގޫފާރުގައި ބުޅާ މަރާ ކޮންމެ މީހަކަށް ފައިސާގެ އިނާމު ދީގެން ބުޅާ މެރުމަށް ހިތްވަރު ދީފައި ވާއިރު، ރާއްޖޭގެ ޤާނޫނުލް އުގޫބާތުގައި "ޖަނަވާރަކަށް އަނިޔާވެރި އަމަލު ހިންގުމަކީ" ކުށެއްކަން ސާފުކޮށް ބަޔާންކޮށްފައި ވެއެވެ.

ޤާނޫނުލް އުގޫބާތުގެ 625 ވަނަ މާއްދާގައި ވަނީ ޖަނަވާރުތަކަށް އަނިޔާ ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައިފައެވެ. މި މާއްދާގައި ބަޔާންކޮށްފައި ވާގޮތުން އަނިޔާވެރި ކަމާއި އެކު ޖަނަވާރަކާއިމެދު އަމަލު ކުރުން ނުވަތަ "އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅައިނުލައި ދޫކޮށްލުމަކީ" ކުށެއް ކަމަށެވެ.

ނަމަވެސް، ސައިންޓިފިކް ތަހުލީލުތައް ކުރުމުގައި އަމަލު ކުރެވޭ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ނުވަތަ ޖަނަވާރަކަށް ބޭސްފަރުވާ ކުރުމުގައި އަމަލު ކުރެވޭ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރުމަކީ ކުށެއް ނޫނެވެ.

ޖަނަވާރަކަށް އަނިޔާ ކުރުމުން ޤާނޫނުލް އުގޫބާތުގައި ކަނޑައެޅިފައި ވަނީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. މި ކުށް ސާބިތުވެ ވެއްޖެނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ 3 މަސް ދުވަހަށް ޖަލަށްލުމެވެ.

އުނގޫފާރު ކައުންސިލުން ވިދާޅުވީ 3 ބުޅާ މެރުމަށްފަހު އެރަށު ކައުންސިލާއި ހަވާލު ކުރާ ކޮންމެ މީހަކަށް 100 ރުފިޔާ ދޭނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ާު ލޮބިީ

    ބުޅަާ މެރުމަކިީ ބޮޑު ފަާފަާ އެއް

    88
    10
  2. މަރުމޯލު

    100ރުފިޔާ ހިފައިގެން 3މަސްދުވަހަށް ޖަލަށް ދާނީ ކާކު؟

    64
    4
  3. ބޮޑުބުޅާ

    ބުޅާ މެރުމާއި ބުޅަލައް ގެތްލުން ދިނުމަކީ ކޮށްގެންވާނެކަނޫން

    75
    5
  4. މަގޭ ޚިޔާލު

    އެހެން ރަށްރަށު ރައްޔިތުންނަށް ބުޅާތައް ވިއްކައިގެން ކައުންސިލަށް އާމްދަނީ އިތުރުކުރިއްޔާ މާތާހިރުވާނެ.

    47
    8
  5. މާމީ

    ކައުންސިލްގެ ރައީސް ޖަލައްލާންވީ ބުޅާމަރަން އިޢުލާން ކުރީތީ

    84
    5
  6. ބުޅާ

    ބުޅާ މަރަން ކެރޭ މީހަކު ޖެހިލުމެއް ނުވާނެ އިންސާނުން މަރަންވެސް

    36
    3
  7. މއާޒު

    ކަލޯ ކިހިނެއް ތިޔަކަން ކުރާނީ މިއުޅެނީ އިންސާނަކު މަރައިގެންވެސް އިންސާފް ނުލިބިގެން...

    22
    1
  8. މއާޒު

    ކަލޯ ތިޔަކަން ކިހިނެއް ކުރާނީ މިއުޅެނީ އިންސާނަކު މަރއިގެންވެސް އިންސާފް ނުލިބިގެން...

    16
  9. ތުނިޔަ

    ހާދަ ގަމާރު ކައުންސިލެކޭދޯ! ހަމަ މިހާރު ބުޅަަ މެރުން އަދި އެކަމަށް ހިތްވަރު ދިނުންވެސް ހުއްޓާލާ!

    29
    2
  10. ބުޅާ

    ބުޅާ މަރައިގެން ނަރަކައަށް ދިޔައިއްޔާ މާ ތާހިރު.

    12
    4
  11. މާ

    އައި ލަވް ބުޅާ..! ?

    18
    2
  12. ބޮޅާ

    ބުޅަލުގެ އުނދަގޫ ބޮޑުވެއްޖެނަމަ އޭތި މެރުން ހުއްދަކަމަށް އިލްމުވެރިން ބުނަނީ.

    16
    15
  13. ދަންސޫރަ

    ދިވެހި ރާއްޖޭ ގާނޫނު އަސާސީ ނޭންގޭބަޔަކު ކައުންސިލްތަކުގަތިބުމަކީ ވަ ރަށް ހިތާމަހު ރިކަމެއް

    18
  14. ބުޅާ

    މަސްބާނަން ކަކުނި ކޮނެގެން ނަގައިގެން މެރުމެކޭ ބުޅާ ގިނަވެގެން އުނދަގޫވެގެން ބުޅާ މެރުމެކޭ ހުރި ތަފާތަކީ ކޮބާ! ގާނޫނު މަނާކުރަނީ އަނިޔާވެރިކަމާއެކު މެރުން. އަނިޔާ ނުކޮށް އެއްފަހަރުން ޖެހިޖެހީނުން މަރާނަމަ އެއީ ކުށެއް ނޫން.

    16
    10
  15. ޑގހފފފ

    މީދަލަކީވެސ ދިރޭ އެއްޗެއް އެހެން ވިއްޔާ މީދާ މެރުމަކީ ވެސް ކުށެއް

    15
    17
    • އަޙްމަދު

      ތިޔަ ހައް ދަވާ ޤާނޫނުތަކުގެ ދެކޮޅު ޖެހޭމިންވަރު ތިޔަ ހާމަ ކުރެވުނީ. ޥީމާ އުގޫފާރު ކައުންސިލްގެ މެމްބަރުންތޯ ގަމާރީ ނޫނީ ޤާނޫނުހެ ދި މީހުންނާ ޤާނޫނު ތަސް ދީޤު ކުރިމީހާތޯ ގަމާރީ؟ ތިޔަޤާނޫނުގެ ދޯހަޅިކަން ހާމަކޮޢްލި ކަމަށްޓަކައި އުގޫފާރު ކައުންސިލަށް ސެލިއުޓް ކުރަން.

      2
      3
  16. މުހައްމަދު

    އިންޑިއާ މީހުންނަށް ގެރި. ޜާއްޖެ މީހުންނަށް ބުޅާތަ.ބުޅަލުގެ އުނދަގޫބޮޑު. ބުޅާ ނުމަރާ ގެންދާނެ ތަނެއް ސަރުކާރުން ހަމަޖައްސާދޭންޖެހޭ. އާރަށް ވިޔަސް އޯކޭވާނެ. މީދަލާއި ކާޅުވެސް މަރައިގެން ނުވާނެ

    10
    11
  17. ރާއްޖެ

    އޮސްޓްރޭލިއާގެ ގާނޫނު ބުނާގޮތުން ޖަނަވާރަކަށް އަނިޔާއެއް ދީފައިވާނަމަ 5 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން 15،000 ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ.

    14
    1
  18. ޒާހިރު

    ޜަިއްޗެއް ނޫން އިންސާނުން މެރިމީހުން ކޮބާ ..ނަމަވެސް ޖަނަވާރެއް އުނދަގޫ ބޮޑުވެގެން މަރާއިނަމަ ޖަލައް ވާވާ

    9
    7
  19. ނާއިންސާފް

    ރަށުތެރޭ ގިނަވެގެން އުޅޭ ބުޅަލުގެ އުދަގޫ ބޮޑުވެ އޭގެ ސަބަބުން އިންސާނުންނަށް ދާއިމީ ބަލިތަށް ޖެހިފަ އެބަހުރި. މިކަމުގެ ޒިންމާނަގަނީ ކާކު؟ އިންސާނަކަށް ދިމާވާ ކަމެއްގެ އިންސާފެއް ނުލިބޭ؟ ޖަނަވާރުންނަށް ހިމާޔަތާ ރައްކާތެރިކަން ލިބޭއިރު އިންސާނުންނަށް ހިމާޔަތް ނުލިބެނީ ކީއްވެ؟ އަމިއްލަ ދަރިފުޅަށް ބުއްތަށި ނުދޭއިރު ގޭގަ ގެންގުޅޭ ބުޅަލަށް ޤަވާއިދުން ބުއްތަށިދެވޭ! އިންސާނުންގެ ދަރަޖަ އޮޅިއްޖެ!!!!

    3
    1
  20. ޭފެލީން

    ބުޅަލަށް އަނިޔާ ކުރަން ކެރޭ މީހަކު އިންސާނެއް ވެސް ލާރި އަށް މަރާލާނެ... ޝައްކެއްވެސްނެތް! ބުޅަލަކީ އޮޅުކޮށްގެން ގެންގުޅެވޭ އެކުވެރި ޖަނަވާރެއް.. ލޯބި އެއްޗެއްމެ.. މީދަލަކީ ޕެސްޓެއް، ބުޅާ މަރަން ތި ކައުންސިލުން ތި ދޭ ހިތްވަރު ކުއްވެރި ކުރަންޖެހޭ!..

    2
    2
  21. ހިޔަޅު

    އަބަދުވެސް މިކަހަލަ ތާކުންތާކު ނުޖެހޭ ކަންތައް ތަކުގަދޭ އަދަބު ތަކުގެވާހަކަ ދެއްކޭތޯ ބަލާތި ކޮންމެ ކަމެއްގަ ވެސް އަދަބުކަނޑަ އެޅިފަ އެބަހުރި އެކަމަކު އެކުއްކުރާ މީހާއައް އަދަބުދޭނެ ފަރާތެއް ނެތީ އަދަބު ދެވޭނެ ގޮތެއްނެތީ މީވެސް ދެން ބަޔަކު އުޅޭ ތަނެއްދޯ.........

  22. ބަރުގޮނު

    ބުޅާ މަރާ މީހަކަށް އަންނާނެ ޙުކުމް މިއޮތީ އެގިފައި. ނޭގެނީ ބުޅަލުގެ ފަރާތުން މީހުންނަށް ވާއުދަގުލާ ސާފު ބޯފެންފޮދެއް ނުނެގޭތީ މިކަންކަން ޙައްލު ކުރުމަށް ދާނެ މުއައްސަސާއަކާ މަސްއަލަ ހުށަހަޅާނެ ގޮތެއް. ކޮންމެ އަކަސް މުޅި ރާއްޖޭގައިވެސް ބުޅަލުގެ އުދަގޫ ވަރަށް ބޮޑު. ބުޅަލަށް ކަމެއްކުރާ މީހާއަށް އަދަބު ލިބިފައި ބުޅާ އެއްފުރާޅުން އަނެއް ފުރާޅަށް ފުމެފުމެ އޮންނަންޏާ ހިނިއަންނަ ގޮތްވޭ.

    4
    2
  23. ކަޑަ

    ތިޔަކިޔާރަށަކި ގާނޫނޫ ހިގާ ބިގާ އުޅޭތަނެއްނޫނޭ

    3
    1
  24. މީނަ

    އެ އާހެި ސާފު ބޯފެން ފޮދެއް ނުލިބޭ ހިސާބަށް ދިޔަ އިީމަ މި ނޫން ގޮތެއް އޮއްނާނެބާ.އެ ވަރަށް ލަޔޭ ފުރާޅް. އެއްމެންނަކީ ފެން ގަނެގެން ބޮވޭވރު ބަޔެއްތަ.

  25. އާމުހާލަތު

    ދަލީލުތައް ދައްކާނެ ބުޅަލާ ބެހޭ ކަމެއް ފެނިއްޖިއްޔާ. އެކަމަކު ރަނގަޅަށް އައުރަވެސް ނިވާ ނުކުރާނެ.

  26. ޕޮލޮ

    6 މަހަށް ޖަލަށް ލިޔަސް ހެޔޮ

    1
    1
  27. ބުޅާ ފައިސަލް

    މަގޭ އާއިލާއާ ނުކުޅޭތި،