ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރީ ލަންކާގައި ބޮން ގޮއްވުމުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ލަންކާގައި މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާތަކުގައި 350 އަށްވުރެ ގިނަ މީހަކު ވަނީ މަރުވެފައެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ޓެރަރިޒަމް ގާނޫނުގެ ބިލް އަވަސް ކުރަން ޖެހުނު މައިގަނޑު އެއް ސަބަބަކީ ދާދި ފަހުން ލަންކާގައި ހިނގާދިޔަ ޓެރެރިޒަމްގެ އަމަލުތަކަށް ފަހު ރާއްޖޭގެ ހާލަތު ބަލާ ދިރާސާ ކުރުމަށްފަހު ކަމަށެވެ.

"މި ބިލް އަވަސް ކުރަން ޖެހުނު އެއް ސަބަބުގެ ތެރޭގައި ހިމެނިގެން ދޭ ސްރީލަންކާގައި ހިނގާދިޔަ ހިތާމަވެރި ހާދިސާ، އަދި އެކަމާއި ގުޅިގެން ރާއްޖޭގެ ހާލަތު ރަނގަޅަށް ބަލާ ދިރާސާ ކުރުމަށްފަހުގައި ރާއްޖޭގައި އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެންނަށް ކުރަން ޖެހުނު ގިނަ މަސައްކަތުގެ ތެރޭގައި މުހިންމު އެއް ކަމަކަށް އެ ގާނޫނަށް ބަދަލު ގެނައުން އަވަސް ކުރީ".މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، ޓެރަރިޒަމް ގާނޫނު ތަސްދީގުވެގެން އައުމާއެކުގައި ޓެރަރިޒަމްގެ ކަންކަމާއި ގުޅުން ހުރި ކަންކަން ކުރުމުގައި އެ ގާނޫނު ހެޔޮގޮތުގައި ބޭނުންކޮށް، ރައްޔިތުންގެ އަމާން ކަމާއި، ސުލްހައަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އިންޝާ ﷲ ފެނުކައްކާ ބޮލީގެ އިއްޒަތަ؛ށް ވީގޮތްވާނެ

  2. Anonymous

    ފަލަސްތީނުގައި އިސްރާއީލް އިން މުސްލިމުންނައް އަނިޔާ ވެރިވާތީވެ މުސްލިމުން އިސްރާއީލާ ދެކޮޅައް ނުކުމެ ފާނެތީވެ ނޫންތަ ހަނިކުރީ މުސްލިމުން މުސްލިމުންގެ ގޮތުގައި އުޅެފާނެތީވެ