މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު، ހ. ތިމާވެށީގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމް ހަމާލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ ހީފުޅެެއްގެ މައްޗަށެ ކަމަށް ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މުއިއްޒު މިގޮތަށް ވިދާޅުވެފައި ވަނީ ފޭސްބުކްގައި އޭނާ ކުރި ޕޯސްޓެއްގައެެވެ. އޭނާ ވިދާޅުވީ ކެމިކަލް ގުދަނުގައި ރޯވެ، ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ އެއީ ބަޔަކު މީހުން ރާވައިގެން ދިން ޓެރަރިސްޓު ހަމަލާއެއް ކަމަށެވެ. އެއީ އޭނާގެ ރައުޔު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، އެ މެންބަރާއި ސުވާލު ކުރުމުން، އޭނާ މިގޮތަށް ވިދާޅުވެފައި ވަނީ ލިބިފައިވާ ސާފް މައުލޫމާތެއްގެ މައްޗަށް ވިދާޅުވީ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިމްރާން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

"އެ ބޭފުޅާ ހީކުރެއްވި ގޮތެއް ފާހަގަކުރެއްވީ ކަމަށް. އަޅުގަނޑުމެން އެ ދުވަހުވެސް އެދުނިން މިފަދަ ސީއިއަސް ބޮޑު ކަމެއްގެ މައްޗަށް ހީފުޅެއްގެ އެއްވެސް ބޭފުޅަކު އެހާ ސާފް އެއްޗެއް ވިދާޅުވުމަކީ ރަނގަޅުގޮތެއް ނޫން ކަމަށް". އިމްރާން ވިދާޅުވިއެވެ.

"ތި ފާހަގަކުރި ދެ ހާދިސާ /ހެންވޭރު އަލިފާން، ޓީ ޖެޓީ އަލިފާން/ ގައިވެސް އަޅުގަނޑުމެންގެ ތަހުގީގަކަށް އަދި ތަހުގީގުގެ އިތުރުންވެސް ފުލުހުންގެ މުވައްސަސާއިން ޓެރަރިޒަމްގެ ކަންތައްތަކާއި، މިކަންކަން ހިނގާ ގޮތް ބަލަން މި އޮންނަ އޮނިގަނޑުތަކުގެ ތެރެއިން، ބެލިފައިވާ ބެލުންތަކުން އަދި ބަލަމުންދާ ބެލުންތަކުންވެސް އަދި މިހާތަނަކަށެއް އަޅުގަނޑުމެންނަކަށް ފާހަގަކުރެވިފައެއް ނުވޭ އެއީކީ ޓެރަރިޒަމް އާއި ގުޅުން ހުރި ދެ ހާދިސާއެއއް ކަމެއް". ސީޕީ މުހައްމަދު ހަމީދު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ބަޝީރު ވަނީ، މި މައްސަލާގެ ތަހުގީގު ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދުުލުއިންސާފު

    މިފަދަ ވާހަކަތައް ތަޙްޤީޤުކޮށް އަޅަން ޖެހޭ ފިޔަވަޅެއް އޮތިއްޔާ އަޅަންޖެހޭ... ރާއްޖޭގައި ބާރާ ނުފޫޒު އޮންނަމީހަކު ހަދަ ހަދައިގެން ކިތަންމެބޮޑު ބުހުތާނު ދޮގުވާހަކަތަކެއް ދެއްކިޔަސް އެމީހާ ކައިރީ ހޭ ވެސް އަހާލާނެ މީހަކުނުވޭ... މިހެން ދައްކާ ދޮގުވާހަކަތަކުން ކިހާ ފިތުނައެއްތޯ މި އުފެދެނީ؟؟؟؟؟