ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެެެވެ.

ރައީސް މިމޭރުމުން ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ޕްރެޒިޑެންޓް އެޑްވައިޒަރު ފޯ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަންސް، ޑރ. މަހްމޫދު ހައްބާސް ރާއީސް ސޯލިހުގެ އަރިހަށް ކުރެއްވި ހާއްސަ ޒިޔާރަތުގައި ޑރ. މަހްމޫދު ހައްބާސާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ. އަދި ދިވެހި ދައުލަތާއި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނާ އެކުގައި ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޑރ. މަހްމޫދު ހައްބާސް ވަނީ ދާދި ފަހުން ރައީސް އިނގިރޭސި ވިލާތުގައި ބޭއްވި އދ.ގެ އާންމު މަޖިލީހުގައި އިސްރާއީލުން ޕަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާނުތައް ކުށްވެރިކުރެއްވުމާއި ފަލަސްތީނުގެ ވަކި ދަޢުލަތެއް ޤާއިމުކުރުމުގެ ވިސްނުމަށް ތާޢީދުކުރައްވާ ވާހަކަފުޅު ދައްކަވާފައި ވާތީ އެކަން ފާހަގަކޮށް ރައީސްއަށް ޝުކުރު ދަންނަވާފައެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ ޕަލަސްތީނާއި އިސްރާޢީލުގެ މައްސަލަ ޙައްލުކޮށް މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރެވޭނީ 1967 ގައި އދ އިން ކަނޑައަޅާފައިވާ ގޮތަށް ސަރަޙައްދީ އިން ވަކިކޮށް އިރުމަތީ ޤުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހިމެނޭހެން ފަލަސްތީނުގެ ދަޢުލަތެއްވެސް ޤާއިމު ކުރެވިގެންކަން ފާހަގަކުރައްވާފައެވެ. ފަލަސްތީނުގެ މަންދޫބުގެ ވާހަކަފުޅުގައި ފަލަސްތީނު ދައުލަތެއް ގާއިމް ކުރުމުގެ ވިސްނުމަކީ ބަދަލުނުވާނެ ވިސްނުމެއްކަމަށާއި އިސްރާއީލާއެކު އޮންނަ ގުޅުން ރަނގަޅުވުން ވެސް ބިނާވެފައި ވަނީ މި އަސާސްގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޭނާ ވަނީ އިސްރާއީލުން ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުގައި ގެދޮރު ބިނާކުރުމަށް ހިންގާ ހަރަކާތްތަކުގެ އެންމެ ފަހުގެ ތަފްސީލް ރައީސް އާއި ހިއްސާކުރައްވާފައެވެ. އަދި އެކަމަކީ ފަލަސްތީނަށް ދައުލަތެއް ގާއިމް ކުރުމަށް އޮތް ހުރަހެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި މަހްމޫދު ހައްބާސް ވަނީ ފަސެހަފުޅު ވަގުތެއްގައި ގުދުސައް ޒިޔާރަތް ކުރެއްވުމަށް ރައީސްއަށް ދައުވަތު އަރުވާފައި ކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާސީ

    ޚކޮންވަކާލާތެއް ތަޔައް ކުރެވޭނީ ތިޔަ އުޅެނީ ލާދީނީ އަންނި ކައިރިން އަދި ސިއްކަ ކައިރިން ސަލާމަތް ނުވެވިގެން މޮޅު ވާހަކަ ނުދައްކަ މަޑުމަޑުން ހުރެބަލަ ގާސިމު އިބްރާހިމް މެންވާހަކަ ދެއްކިޔަސް އެންމެނަކައް ނެއް ދެއްކޭކައް..

  2. ކޮމެންޓް

    ޔަހޫދީންނާއި އެހާ ގައިގޯޅި ބަޔަކަށް ތިގޮތަށް ވަކާލާތު ކުރެވިދާނެބާ؟ ފަހަތަށް އެނބުރި ބަލާއިރު ތި މީހުން އެންމެބޮޑަށް ގާތްކަން ބާއްވަމުން އައީ ޔަހޫދީނާ!

    6
    1