ރ. އުނގޫފާރުގައި ބުޅާތައް ދިރިއުޅެން ހާއްސަ ސަރަހައްދެއް ގާއިމު ކުރައްވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

އުނގޫފާރު ކައުންސިލުން ބުޅާތައް މަރަން ނިންމި ނިންމުމާއި، އެ ނިންމުމާއި ގުޅިގެން ގެޒެޓުގައި ޝާއިއު ކުރި އިއުލާން މިރޭ ވަނީ ކައުންސިލްގެ ގަރާރަކުން ބާތިލް ކޮށްފައެވެ.

ގަރާރު ބާތިލު ކުރުމަށްފަހު ދެން ބުޅާތަކާއި މެދު އަމަލު ކުރައްވާނީ ކިހިނެތްތޯ ދެންނެވުމުން ކައުންސިލްގެ ރައީސް ވިދާޅުވެފައި ވަނީ "އަޅުގަނޑުމެން ބުޅާތަކަށް ހާއްސަ ތަނެއް އަޅާނީ" ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ބުޅަލަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމަށް ފަހު އެ ސަރަހައްދުގައި ބުޅާތައް ގެންގުޅެ، ކާން ދެވޭނެ ގޮތް ހައްދަވާނޭ ކަމަށެވެ. "ކޮންމެ ގޮތެއްވިޔަސް އުނގޫފާރު ރައްޔިތުންނަށް ބުޅަލުގެ ސަބަބުން އުނދަގޫ ވަންޔާ އެކަން ހައްލު ކުރަން ޖެހޭނެ" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްގެ ރައީސް ވިދާޅުވެފައި ވަނީ ބުޅާތައް ގެންގުޅޭ ސަރަހައްދަށް ކިޔާނީ "ބުޅާދޫ" ކަމަށެވެ. "އަޅުގަނޑުމެންނަށް ކީދާނެ އެއް ނޫންތޯ އެ ސަރަހައްދަށް ބުޅާދޫ" ކައުންސިލްގެ ރައީސް ވިދާޅުވެފައި ވެއެވެ.

އުނގޫފާރު ކައުންސިލުން މީގެ ކުރިން ވިދާޅުވީ 3 ބުޅާ މެރުމަށްފަހު އެރަށު ކައުންސިލާއި ހަވާލު ކުރާ ކޮންމެ މީހަކަށް 100 ރުފިޔާ ދޭނޭ ކަމަށެވެ. ނަމަވެސް އެއީ ޤާނޫނުލް އުގޫބާތުން ކުށެއް ކަމުގައި ވާއިރު، އެހެން ކަންތައް ކޮށްފިނަމަ 3 މަސް ދުވަހުގެ ޖަލު ހުކުމަކާއިވެސް ކުރިމަތިލާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ތުނިޔަ

    މަރުޙަބާ ތިނިންމުމަށް!

    32
    5
  2. ބުޅާ

    މި ހާދަ ބުޅާ ދެކެ ބި ރުން އުލޭ ކައުންސިލަ ރެކޭ

    27
    27
  3. ބުޅާ

    ތޭންކްސް ?

    20
    2
  4. ރާއްޖެ

    އޮސްޓްރޭލިއާގެ ގާނޫނު ބުނާގޮތުން ޖަނަވާރަކަށް އަނިޔާއެއް ދީފައިވާނަމަ 5 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން 15،000 ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ.

    12
    5
    • އިބްރާހިމްް

      މީީ އޮސްޓްރޭލިއާާާާ ތަ؟

  5. ވާނުވާ.

    ތިސަ ރަހައްދަށް ކިޔަންވީ ބުޅާ ފާ ރު.......

    16
    3
  6. ބުޅާ

    ކައުންސިލްގެ ރައީސް އެބަޖެހޭ ސިކުޑީގެ ހާއްސަ ޑޮކްޓަރަކައް ދައްކަން އަވަސްވީ ގޮތަކައް.....

    15
    8
  7. މަކިނބޫ

    ާދިވެހިންގެ ތެރޭގަ އުޅޭ ގޮތެއް ފޮތެއް ނެތް މީހުން ގެ އަސްލު ސި ފަ ފެންނަނީ މިކަހަލަ ކަންކަމުން. ޖަނަވާރަކަށް ނުވާ ރަހުމެއް އިންސާނަކު ދެކެ ނުވާނެ. ތިޔަ ޖަނަވާރު ތަކުގެ ލޭ އޮހޮރުން ވާނީ ހަމަ އިޒްރޭލުން ފަލަސްތީނުގެ ކުށެއް ނެތް އާންމުން މެރުން ފަދަ ކަމަކަށް. ނަމުގަ މުސްލިމް ކަމުގަ މުނާ ފިގު މީހުން އުޅޭ ހަމަ. އަދި މިއެޗެއްސަށް އަނިޔާ ކޮށް އަނިޔާ ކުރަން ހިތްވަރު ދޭ ތާއީދު ކުރާ މީހުންނަކީ ހަމަ ޓެރަރިސްޓުންގެ ލަގަބު އަރުވަން ޖެހޭ ބައެއް.

    6
    6
  8. އަލީ

    އުނގޫފާރު ރައްޔިތުންނަށް ބުޅަލަށްވުރެ އުނދަގޫވަނީ ކައުންސިލްގެ ރައީސް ޢަބްދުއްނާޞިރު ޢަލީ ގެ އުނދަގޫ. ހިތްވަރެއް ހުރިއްޔާމް އުނގޫފާރު ރައްޔިތުންނަށްޓަކައި އިސްތިޢުފާދޭން ކެރޭނތަ؟

    11
    3
  9. ޅަރާ

    ބުޅާތާއް ހިފާފަ ނުވިހާ އޮޕްރޭށަން ކޮއްފަ އެބުޅާހިފިތާކައް ދޫކޮއްލާ. ޢެހެން ގައުމުތަކުގަވެސް ހަދަނީ މިހެން.

    12
    1
  10. ބަޗީ

    ބުޅަލުގެރިޔާސީ އިންތިޚާބާއި ދިމާކޮށް ނުފޫޒު ނުފޯރުވުމަށް ގޮވާލަން.

  11. ވިގަނި

    ބިރު ގާތު އަހާލަބަލަ ރަގަޅު އައިޑިއާއެއް ދޭނެ

  12. މަޝާރު

    އުނގޫފާރު ކައުންސިލަރަށް ހެޔޮހިތުން ޝުކުރު ދަންނަވަން. އިންސާނިއްޔަތުކަން ބަހައްޓަންވާނެ ޖަނަވާރުންނަށްވެސް. ބުޅާތައް ވަކިކުރާއިރު އަންހެން ފިރިހެން ވަކިން ބެހެއްޓުން މުހިންމު. އޭރުން ނުވިހާނީ އިތުރަށް. ކުރިއަށް ވަޑައިންނަވާ.