ރ. އުނގޫފާރު ކައުންސިލުން ބުޅާތައް މަރަން ހިންގާ ހަރަކާތް ރޭވިފައި ވަނީ، ބުޅަލަށް އަނިޔާކޮށް އެ ތަކެތި ނަސްލު އެކީގައި ނެތި ހިނގައިދާނެފަދަ ގޮތަކަށް ކަމަށް އެންވެރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ކައުންސިލުން ނިންމާފައި ވަނީ، ބުޅާތައް މަރާލައިގެން ކުނި ނުވަނީސް ގެންގޮސްފި ނަމަ ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދިނުމަށެވެ.

އީޕީއޭ އިން އެރަށު ކައުންސިލް ރައީސް އަށް ފޮނުވި ސިޓީގައި ވަނީ، އެ ހަރަކާތް ކުރިއަށް ގެންދިއުން ހުއްޓާލުމަށް އަންގާފައެވެ.

"އަދި މި އެޖެންސީ އާއި ކަމާއި ހުޅުންހުރި ސަރުކާރުގެ ވުޒާރާތަކާ މަޝްވަރާކޮށް ބުޅާ މަދުކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ގޮތްތަކެއް ނިންމައި މި ހަރަކާތް ކުރިއަށްގެންދިއުމަށް ދެންނެވީމެވެ". އެރަށު ކައުންސިލް ރައީސް އަބްދުއްސައްތާރު އަލީއަށް އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިމްރާހިމް ނައިމް ސޮއި ކުރައްވާ ފޮނުވި ސިޓީގައި ވެއެވެ.

މިހާރު އެރަށު ކައުންސިލުން ވަނީ އެ ބުޅާތައް ނުމަރަން ނިންމައި، އެ ބުޅާތަކަށް ހާއްސަ ސަަރަހައްދެއް ގާއިމް ކުރުމަށް ނިންމާފައެވެ.

ޤާނޫނުލް އުގޫބާތުގެ 625 ވަނަ މާއްދާގައި ވަނީ ޖަނަވާރުތަކަށް އަނިޔާ ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައިފައެވެ. މި މާއްދާގައި ބަޔާންކޮށްފައި ވާގޮތުން އަނިޔާވެރި ކަމާއި އެކު ޖަނަވާރަކާއިމެދު އަމަލު ކުރުން ނުވަތަ "އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅައިނުލައި ދޫކޮށްލުމަކީ" ކުށެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަކުރުބެ

    އީޕޭއޭ އިން ވެއްޖެއެއްނު ބުޅާ ގެންގުޅެން ހާއްސަ ރަށެއް ހަމަޖައްސަން، ބުޅާ އައިލެންޑް، ބުޅަލާހެދި އުޅެވޭވަރެއްނޫން، ބުރަމަސައްކަތުން ހޯދާ ފައިސާކޮޅުން ގަނެފަހުންނަ ކާއެތިކޮޅު ކާލަނީ، އީޕީ ޒިންމާނަންގަވާ ، މަށައް އުނދަގޫވަންޏާ ނިޒާމުން ގެއްލިދާނެ، ޖަނަވާރުފުށި ކިޔާފަ ވަކިން މީހުން ނޫޅޭ ރަށަކައް ހުރިހާ ބުޅަލާ މީދަލާ މިކަހަލަ އެއްޗެހި ލާފަ އީޕި ކުދިން ހަވާލުވެގެން ތިބެންފެނޭ،

    10
    1
  2. މުޒްނީ

    ބުޅާތަކަށް ކާންދީ ބޮޑުކުރުން މިހާރު ދިވެހިންނަށް އެންމެ މުހިންމުވަނީ. ކުރިއަށް އޮތް ދުވަސް ތަކުގައި މިހާރު މިއޮތް ސަރުކާރުގެ ތަރައްގީ ފެނިގެންދާނީ ބުޅަލަށް ކަމަށްވާތީ. ބުޅަލުގެ ނަސްލު ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވާތީ ދިވެހިސަރުކާރަށް ޝުކުރުދަންނަވަން. އެހެނީ ބުޅަލަކީ ކައިވެނި ކޮށްގެން ދަރިން (ބުޅާ) ހޯދާއެއްޗެއް ކަމަށްވާތީ.

  3. ޢާސީ

    ކޮން ބުޅަލެކޭތަ މިކިޔަނީ މާމޮޅު އީޕީއޭ އެކޯ ކޮބާތަ މެރިހާ އިންސާނުން ކީއްވެތަ ނުބެލުނީ..