ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފިއެވެ. ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެވެ.

ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން

މިރޭގެ ރަސްމިއްޔާތުގައި ރައީސް ޞާލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި، ބައެއް މަޖިލިސް މެމްބަރުންވެސް ބައިވެރިވިއެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވިގޮތުގައި މިރޭ އިފްތިތާހު ކުރެވުނު ސްޓެރެޓީޖިކް އެކްޝަން ޕްލޭން އަކީ މި ސަރުކާރުން ވެރިކަމަށް އަންނަން ވެގެން ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކާއި، ސަރުކާރުގެ މެނިފެސްޓޯގެ ގޮތުގައި ހިމެނޭ ސިޔާސަތުތައް އެކަށައަޅާ އެ ހާސިލް ކުރެވޭނެ ގޮތުގެ ތަފްސީލީ ޕްލޭންއެއް ކަމަށެވެ.

މި އެކްޝަން ޕްލޭން ގާއިމުކުރުމުގައި ސަރުކާރުގެ މެނިފެސްޓޯގެ އިތުރުން، ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޞާލިހު ރަށްރަށަށް ވަޑައިގެން ވެވަޑައިގަތް ވަޢުދުތަކާއި، "އެޖެންޑާ 19" ގެ ދަށުން އެމްޑީޕީ ހިމެނި ސިޔާސަތު ތަކާއި، އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ ލަފާ ހޯއްދަވާފައިވާ ކަމަށް ސަަރުކާރުން ވިދާޅުވިއެވެ.

މައިގަނޑު 33 ދާއިރާ އަކަށް ބަހާލާފައިވާ މި އެކްޝަން ޕްލޭން ގާއިމުކުރުމުގައި ރާއްޖޭގެ ބައެއް މަދަނީ ޖަމާޢަތްތަކާއި، އެންޖީއޯ ތަކުގެ ލަފާވަނީ ހޯދާފައެވެ. އެގޮތުން ދިވެހި ރެޑް ކްރެސެންޓް އާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ޖަމިއްޔާ ތަކުން ވަނީ މި ޕްލޭން ގާއިމް ކުރުމުގައި އެހީތެރިވެދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ އެކްޝަން ޕްލޭން ތައްޔާރު ކުރުމުގައި ބައިވެރިވި އެންމެންނަށް ޝުކުރު ދަންނަވާފައެވެ. އަދި މި އެކްޝަން ޕްލޭން ތަންފީޒު ކޮށްދެއްވުމަށް ސަރުކާރުގެ ހުރިހާ ވަޒީރުންނާއި މުވައްޒަފުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. ކަންކުރަންވީ ގޮތް ތަރުތީބުވެ ލިޔެވިފައި ކަމަށައި، ފައިސާ ހޯދާނެ ގޮތާއި، ނިންމަން ޖެހޭ ތާރީޚު ލިޔެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެ މުއްދަތު ތަކަށް ކަންކަން ނިންމުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިރޭ އިފްތިތާހުކުރެވުނު އެކްޝަން ޕްލޭން އާއި އެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "ކޮންމެ ރައްޔިތަކަށް، ކޮންމެ މީޑިއާއަކަށް ކޮންމެ ދާއިރާއަކުން އަޅުގަނޑުމެންނާއި ސުވާލުކުރަން ފުރުސަތު ލިބިގެންދާނެ. ކޮންކަމެއްތޯ މަޑުޖެހިފައި އޮތީ، ކީއްވެތޯ ނުނިމިގެން އުޅެނީ. އަޅުގަނޑުމެންނާއި ސުވާލު ކުރަން ފުރުސަތު ލިބިގެންދާނެ." ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަލީ އަޙުމަދު

    ތި އެކްޝަން ޕްލޭން ލިބެނީ ކޮން ލިންކްއަކުންތޯ؟

  2. Anonymous

    ނަނަާހުވަފެން މިފަހަރަކު ރަތްޔަތުން ނަނަާއެއްނުކިޔަާނެ ކޮބަާ؟ ސަތެޭކަދުވަހު ކުރަންބުނިކަންތަ؟

    10
  3. މޫސަ

    ހުސްވައުދު ވާކަމެއްހަރާން ދަތުރުކުރުމުގެ ބަޖެޓް ހުސްވެއްޖެއޯ މާދަންބުނާނެ ލާރިއެއްނެތޯ ދައުލައްދަވާލާސަރުކާރު ނުކުރެވޭނެ އެއްވެސްކަމެއް

    10
  4. ސިދާތާ ބެޑްސީޓް

    ސަރުކާރުގެ ވައުދުތަކާއި، ވައުދު ފުއްދާނެ ގޮތް ނެތިގެންތަ ކަމެއް ނުވެގެން ތިއުޅެނީ ގާމަރު

    24
    2
  5. ވބ

    ސުވާލު ކުރީމަ ކުރމީހާ އިނދަޖައްސާލަނީ

    10
  6. އަހްމަދު

    މިއަދުގެ ފުރަތަމަ ސުވާލު.
    އދ މަޖިލީހުގައި ބައިވެރިވުމަށް ރައީސް ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރަށް ކިތައް ރުފިޔާ ޚަރަދުވި.؟

    12
  7. މިގޭ

    ޖަމަލު ފޮޑިސަރުކާރު.

    14
  8. ހުވަދޫ ޑޮކް

    ހުސް ޖަމަލު ފޮނޑި ސަރުކާރު!! ކޮބައިތޯ މަސައްކަތްތެރިންނަށް ހައްޤުވާ މިންވަރު ކަޝަވަރު ކޮށްދިނުމަށް އޭރުގޮވި ފަތިވަރު !!!

  9. އައްޑޫ މީހާ

    ތިޔަ ޕްލޭނަކުން ކުރާނެ ފައިދާއެއް އޮތްކަމަކަށް ނުބެލެވޭ، އިތުރު ބޯތަކެއް ސަރުކާރުގެ މަގާމުތަކަށް އިތުރުވުން ފިޔަވައި ވާނެކަމެއް ހަރާމުން ހަރާން ނުސީދާކޮށް ބަޔަކަށް ބަޖެޓުން ފައިސާތަކެއް ދޭންވެެގެން ކުރާކަމެއް އެނޫން ކަމަކު ކުރާކަމެއްކަމަކަށް ނުބެލެވޭ މަކަރާއި ހީލަތުން ކޮންމެކަމެއް ވާނެ ކަމަށް ހީނުކުރާތި އަދި ކަލޭމެންނަށް 10 އަހަރު ވެރިކަން ކުރަން ދިނަސް ކުރެވޭނެ ކަމެއްނެތް