ޓެކްސީއެއްގައި ބޭއްވުނު އައިފޯން 11 އެއް ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ މިރޭ 21:26 ކަންހާއިރު ހުޅުމާލެ އިން މާލެ އައި ޓެކްސީއެއްގެ ތެރެއަށް އައިފޯން 11 އަކާއި ލެނޯވޯ ލެޕްޓޮޕެއް ބޭއްވިފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުމުން ސީސީޓީވީ ކެމެރާތަކުގެ އެހީގައި ޓެކްސީ ހޯދައި، ތަކެތި ވަނީ މިރޭ 22:50 ހާއިރު ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މިމައްސަލަ އާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ޓެކްސީގައި ބޭއްވުނު އައިފޯން 11 އަކީ އެންމެ ފަހުން ނިކުތް އައިފޯންގެ މޮޑެލްއެވެ. އައިފޯން 11 ގެ ބައެއް ފޯނުތައް ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުރީ 25000 ރުފިޔާ އަށް ވުރެ ވެސް އަގުބޮޑު ކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަހުމަދު

  ތިކަމަކާއެއްބަހެއް ނުވެވޭނެ. ކަލޭމެންބުނާގޮތުން ޓެކްސީދުއްވަންތިބެނީ ވަގުން. ފޭރޭމީހުން. ހަޔާތްކުޑަ ގޮތްކުޑަމީހުން ވިއްޔާ. ސަރުކާރުގެ މުއައްސަސާތައްވެސް އެއުޅެނީ އެމީހުނަށްކުރެވުނުހާ ވަރެއްކުރމުން. މިގައުމަށް ނުގަވާއިދުން އަރާތިބި ބަންގާޅުންނަށް ގޮތެއްހޯދާދެވޭތޯ ބަލަމުން. މަމިހުންނަނީ އެކައްޗެކޭވެސް ނުބުނަންވެގެން.

  5
  1
 2. މަލިކާ

  އުޅޭނެއެންމެފަހުގެ ސައިކަލްވެސް ކީކުރާނީ

 3. ކަނބުލޮ

  އަޅުގަނޑަށް 200 ރުފިޔަަގެ ފޯނަކީވެސް ވަރަށް ަގުބޮޑު އެއްޗެއް އަޅުގަނދުގެ ފޯނު ގެއްލިގެން ބޭނުންވާ ހުރިހާ މަޢުލޫމާތެއް ދިނިން ސީ ސީ ޓީ ވީ ކެމެރާވެސް ހުރި އެ ސަރަހައްދުގައި. ފޯނެއް އަޅުގަނޑު އަތަކަށް ނުލިބޭ. އެ ފޯން އެއީ ގަތްތާ އެންމެ ދެ ދުވަސްވީ ފޯނެއް އެކަންވެސް އެންގިން. 🙁