މާލޭގައި ހުންނަ އިދިކޮޅު އެމްޑީޕީގެ މައި ހަރުގޭގައި އެޕާޓީގެ ބޮޑު ދިދައެއް ނަގައިފިއެވެ.

ރޭ އެމްޑީޕީން ހަރުގެ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މި ދިދަ އެމްޑީޕީ ނަންގަވައި ދެއްވީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ސަރުކާރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ހ.ހިކަރީ އަހުމަދު އާދަމްއެވެ.

ދިދަ ނެގުމުގެ ރަސްމިޔާތުގައި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ޕާޓީގެ ޤައުމީ މަޖިލީހުގެ ބައެއް ބޭފުޅުން ވެސް ބައިވެރިވިއެވެ. އަދި އެޕާޓީގެ އާއްމު މެންބަރުން ވެސް ބައިވެރިވިއެވެ.

އެމްޑީޕީގެ ހަރުގޭގައި އެޕާޓީގެ ދިދައެއް ނެގުން
އެމްޑީޕީގެ ހަރުގޭގައި އެޕާޓީގެ ދިދައެއް ނެގުން

އެމްޑީޕީގެ މައި ހަރުގެއަށް އެޕާޓީގެ ބޮޑު ދިދައެއް ނަގާފައިވާއިރު ރަށްރަށުގެ މަލަމައްޗަށް ފެންނަ ގޮތަށް ބޮޑެތި ދިދަތައް ދަނީ ނަގަމުންނެވެ.

ބައެއް ރަށްތަކުގައި ނަގާފައި ހުރި އެމްޑީޕީގެ ދިދަތައްވެސް ފުލުހުން ގެންދަނީ ނަގަމުންނެވެ. އަދި ފުލުހުންނަށް ފަސޭހައިން ނުނެގޭ ދިދަތައް، ބިދޭސީން އަރުވައިގެންވެސް ދަނީ ނަގަމުންނެވެ.

އަލަށް އަމަލުކުރަން ފެށި ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާއި ގުޅޭ ގޮތުން ހެދިފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގައި އެންމެ އުސްކޮށް ނަގާފައިހުންނަ ދިވެހި ޤައުމީ ދިދައަށްވުރެ އެހެން އެއްވެސް ދިދައެއް އުސްކޮށް ނަގައިގެންނުވާނެއެވެ.

އެހެންކަމުން މިހާރު ބައެއް ރަށްރަށުގައި ސިޔާސީ ޕާޓީތަކުން ނަގާފައިވާ ބޮޑެތި ދިދަތައް މިހާރު ހުންނަ ގޮތައް ނަގާފައި ބެހެއްޓުމަކީ މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައިމިނަ

    ރާއްޖޭގެ ރައްޔިތުން ޔާމީންގެ މެނިފެސްޓޯ ބަލާ އެތަރައްޤީ ގެންނަން ނޫންތަ ވޯޓުލައިގެން ވެރިއަކަށް ޔާމީން ހޮވީ. އަހަރެމެން ދިވެހިން ދެން މިހާރު ވެއްޖެ މިއިދިކޮޅު ސިޔާސީ މީހުން ޖަހާ ސަކަރާތުގަ ބައިވެރިނުވެ އަމިއްލަ ސިކުނޑިން ކަންކަމާވިސްނަން. މިހާރަށްވުރެ ފާގަތި ދުވަސްދަތަކެއް ދިވެހިން ދެކިފައެއްނުވޭ. އަނިޔާއެއް އަހަރެމެން އާއްމުރައްޔިތަކަށް ކުރިތަ؟ ނުކުރޭނު. ޖަލަށް މީހުންލުމަކީ، އެމީހުން އަމިއްލައަށް ހޯދައިގަންނަ ގާނޫނާ ހިލާފު ކަމެއްގެ ސަބަބުން ދިމާވާގޮތް. އެއީ މީހަކު އަނިޔާވެރިވެގެން ވާކަމެއްނޫން. މިއީ 3 ބާރުވަކިވެފައިވާ ޒަމާން. އެވަރު އެނގުނީމަ ދިވެހިންނަކީ، ތަހުޒީބާ ތަމައްދުންގަ ޔޫރަޕަށް ގޮންޖަހާލާފަދަ ރީތި އަދަބު ސަދަބުގެ ބަޔަކަށްވެގެންދާނެ.

  2. އަމީތު

    އެމްޑީޕީ ދިދަ ގައުމީ ދިދައަށް ވުރެ އުސްކޮށްނަގަނީ އެމީހުންގެ ހިތުގައި ގައުމީ ވަވަންތަކަމުގެ ޒަރެއްގެ މިންވަރުވެސް ނެތުމުން

  3. ސަލީމް

    އަޙްމަދު އާދަމަކީ ވަރަށް ޚިދުމަތްތެރި ބޭފުޅެއް. ނަމަވެސް ތި ހަރުގެއަށް ގޮސް ތިކަން ކުރުމުން ވަރަށް ފޫހިވެއްޖެ.

  4. މަހަށްދޭބަލަ

    ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މަހަށް ދޭބަލަ ބޮޑު ދިދަ ނަގައިގެން. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..