މާލޭގެ އަބަދަށް ފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި ފަރާތްތަކަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ފަރާތުން ދިން އެއް މިލިއަން ރުފިޔާގެ އެހީއާ ހަވާލުވެ ވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީންނެވެ.

އަބަދަށް ފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާން ފެތުރިގެން ގޮސް ގިނަ އިމާރާތްތަކެއްގައި ހުޅުހިފައިގެން ހިނގި ހާދިސާގައި އެކަކު ނިޔާވެ އެތައް ބަަޔަކަށް އަނިޔާވިއެވެ.

އެ ހާދިސާގައި 700 އަށް ވުރެ ގިނަ މީހުންގެ ގެދޮރަށް ގެއްލުންވެ، ހާލުގައި ޖެހުނެވެ. އަދި ގިނަ ގެތަކުގެ މީހުންނަށް އެމީހުންގެ ގެތަކަށް ދެވޭނެ ދުވަހެއް ނޭނގެއެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ރިލީފް ފަންޑެއް ހުޅުވައިފަ އެވެ. އެފަންޑަށް ގިނަ ބަޔަކު އަންނަނީ އެހީތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Esoru

    Haradhu kandaafa baaky dhw Haaluga jehunu meehunah libeyny @Mariya

  2. ބުރޯ

    އެއް މިލިއން ރުފިޔާ ދިނީ ފެނަކައިގެ މުވައްޒަފުންތޯ ؟ ފެނަކަ އަކީ ދަވްލަތުގެ ކުންފުންނެއް ފެނަކައިގަ ހުރީ ދަވްލަތުގެ ފައިސާ ފެންކައަށް އާމްދަނީމިލިބެނީ ކަރަންޓް ވިއްކާ ބިލްހަދައިގެން މިހާރު ވެސް ފެނަކަޔަކުން އެކަށީގެންވާ ފައިދާ ނުލިބޭ ފެނަކައިން ގައުމުގާ ތަރައްގީ ކޮށްދޭންޖެހޭ ކަރަންޓް ވިޔުގަޔަށް ބޭނުންވާ މިންވަރަށް ފައިސާނެތިގެން ވަނީ ތަރައްގީ ނުކުރެވި.ގާނޫނުއަސާސީގެ 97 އާއި 250 އަށް ބަލާއިރު ފެނަކައިން ތިޔަ ފައިސާ ދެވިދާނެކަމާމެދު ސުވާލު އުފެދޭ.