ރިސޯޓެއްގެ ގާ އަޅާ މެޝިނެއްގެ ބެލްޓް ދަށުވެގެން ބިދޭސީއަކު ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ މި ޙާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ނ.އަތޮޅު ދިގުރަށުގައިކަމަށެވެ.

މި ޙާދިސާގައި ނިޔާވި މީހާއަކީ ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ދަށުން މަސައްކަތް ކުރަމުންއައި 25 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ވިދާޅުވީ އިއްޔެ އިރުއޮއްސުނުއިރު ހިންގި މިހާދިސާއާއި ގުޅިގެން، ބިދޭސީ މީހާއަށް ބޮޑެތި އަނިޔާތައްވެގެން އެ އަތޮޅު މަނަދޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދީފައިވާ ކަމަށެވެ.

ސަން ކޮންސްޓްރަކްޝަންއަކީ ނ.ދިގުރަށުގައި މަސައްކަތް ކުރާ ސަބް ކޮންޓްރެކްޓަރެއް ކަން "ވަގުތު" އަށް ވަނީ އެނގިފައެވެ. އެނގިފައިވާ ގޮތުގައި ނ.ދިގުރަށުގައި މަސައްކަތްކުރަނީ، ޓާންކީ ޕްރޮޖެކްޓެއްގެ ދަށުން ޗައިނާގެ ސީ.ސީ.ސީ ކުންފުނީގެ ފަރާތުންނެވެ.

ފުލުހުން ވިދާޅުވީ މި ޙާދިސާ އިތުރަށް ތަޙްގީޤުކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޓަމަސް

    ބިދޭސީއެއްވިއްޔާ ވާނީ ބަންގާޅީއަކަށް

    3
    2
  2. ޟގރ

    އެތަނުގެ ދެވަނަ މަރު.. ޗައިނާ ކުދިން ވަރަށް އިހާނެތިކޮން ކަނތައް ކުރަނީ އެކުދިން ނާއި މެދު..

    5
    2
  3. ސިނާ

    ޤަވާޢިދާ ޚިލާފަށް އުޅޭ މިހަކަށް ރަގަޅައް ވީއްޔާވާނީ. .ވޯކްޕާމިޓް އެއް ނުއޮންނާނެ