މިސަރުކާރަކީ މިހާތަނަށް އެންމެ ގިނަ މަޝްރޫޢު އެންމެ ކުރު މުއްދަތެއްގައި ފެށި ސަރުކާރު ކަމަށާއި މިހާރު މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި ކުރިއަށް އެބަދާކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނިހާދު ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކަމުން ގެންދާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ 10 މަސް ދުވަސް ވެގެން ދިޔައިރު މިވީ 10 މަސް ދުވަހުގެ ތެރޭގައި ފާއިތުވި އެއްވެސް ސަރުކާރަކަށް ނުކުރެވޭ ވަރަށް ގިނަ މަޝްރޫޢުތައް އެވަނީ ފެށިފައި. 129 ޕްރޮޖެކްޓްގައި އެވަނީ ސޮއި ކުރެވިފައި. އަމަލީ މަސައްކަތް އެވަނީ ފެށިފައި. ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއް އެއްވެސް ދާއިރާއެއް ނޯންނާނެ އަމަލީ މަސައްކަތް ނުހިނގާ. ރައްޔިތުންނަށް އޮޅުވާލުމަށް ކިތަންމެ ވާހަކައެއް ވެސް ދެއްކިދާނެ. ނަމަވެސް އެއީ މިއަދު ރައްޔިތުން ގަބޫލުކުރާނެ ވާހަކަތަކެއް ނޫން." ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ ސަރުކާރުން ރޭ އިއުލާން ކުރި ސަރުކާރުގެ ސްޓްރޭޓެޖިކް އެކްޝަން ޕްލޭނާއި ގުޅޭ މައުލޫމާތު ވެސް އޮޅޭ ގޮތައް ބައެއް ފަރާތްތަކުން ފަތުރަމުންދާ ކަމަށެވެ.

އިދިކޮޅު ހުރިހާ ފަރާތްތަކެއް އެއް ޕްލެޓްފޯމަކަށް އަރުވައިގެން މިސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން ގެންދާ ކަމުގެ ތުހުމަތު ވެސް ނިހާދު ވަނީ މިއަދު ކުރައްވާފައެވެ.

"އިދިކޮޅު ހުރިހާ ފަރާތްތަކެއް އެއް ޕްލެޓް ފޯމަކަށް އަރުވައިގެން މިސަރުކާރު ވައްޓާލަން. މިސަރުކާރު ހިންގިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން. އެގޮތުން މިއަދު އެތިބީ ދަތްދޮޅި ވިއްދައިގެން. ދަތްދޮޅި ވިއްދިޔަސް މިއަދަކު އަޅުގަނޑުމެންގެ ސަރުކާރުން ރާވާ ހިންގާ އެއްވެސް ކަމެއް ނުހުއްޓުވޭނެ." ނިހާދު ވިދާޅުވިއެވެ.

ސަރުކާރުން ވަރަށް ގިނަ ޕްރޮޖެކްޓްތައް ހަވާލުކޮށް މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރުގެ ސްޕީޑް ކުރިއަށް ދަނީ ވަރަށް މަޑުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އައްޑޫސިޓީ

    ނިހާދު ކަލޯ އައްޑޫސިޓީ ކޮންތާކު ކުރިއައްދާ މަޝްރޫއު ތަކެއްތަ؟ ރޮޒޭއާދެކުދިން ބުނެދީބަލަ. ހިތަދޫގަ ދިދަ ދަނޑިއެއްޖަހަން ފެށިތާނގަ ޕާކެކޭކިޔާފަ ހިލަފަރުބަދައެއް ހަދަމުން ދާތާ9މަސް އަދިވެސްނުނިމޭ. ހިތަދޫގެ ދެކޮޅުގަ ޔާމިނުގެ ސަރުކާރުންއެޅި ނަރުދަމާ ގުޅަމުންފެނަކައިގެ ދެތިންމީހުންއެބަދޭ. ނަޝީދުގެ ސަރުކާރުން ރަށުމެދުގަ އެޅިނަރުދަމާހޮޅިބޭނުންކުރެވޭނެކަމާމެދު ފެނަކައިގެ ކުދިން ދަނީސުވާލު އުފައްދަމުން. މިއީތޯ ތިބުނާ ތަރައްގީއަކީ؟

    27
  2. ހާލާ

    ތިޔަބުނާ މަޝްރޫޢު ތައް ފެށިފަ އޮތްތަނެއް ދައކާބަލަ.ތެދެއް އެމް ޓީ ސީ ސީ ގެ ޝާހު ލައްވާ ދުވާލަކު ފޮތެއްގަ އެބަ ސޮއި ކުރުވާ. މިވާނެތަ މަޝްރޫޢު ފަށިކަމަށް.

    30
  3. ރިޟުވާނު

    މިއީ ފަދިއްޕޮޅު! ޔާމީންގެ ދައުރު ނިމުނުއިރު މި އަތޮޅުގެ ނައިފަރާއި ކުރެންދޫގެ ފެނާއި ނަރުދަމާ މަސައްކަތް ކުރިޔަށް ދޭ! މިއަތޮޅު މަޑިވަރުގައި އެޔަރޕޯޓެއްގެ މަސައްކަތް ކުރިޔަށްދޭ! ހިންނަވަރުގައި ޞިއްޙީަރުކަޒެއް ހެދުން ކުރިޔަށްދޭ! ނައިފަރުގައި 200 ހައުސިންގ ޔުނިޓުހެދުމާއި 14 މަގެއްގައި ތަރުއަޅަން ޕްލޭންކޮށް ފަންޑު ހަމަޖެހިފައިވޭ! ހިންނަވަރުގެ މަގުތައް ރަގަޅުފެންވަރަކަށްހެދުމަށް ޕްލޭންކޮށް ފައިސާ ހޯދާފައިވޭ! ކުރެންދޫގައި ކަނޑުތޮށ-ި ވަށައިގެން ހަދަމުން ނުނިމި އޮތްތަނާ ރީތި މިސްކިތެއް ހެދުމށް ފަންޑުހަމަޖެހިފައިވޭ! އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ ބިޑްކޮށް މަސައްކަތް ހަވާލުކުރާ ހަމައަށް އައިސްފައިވޭ! ކުރެންދޫ ނައިފަރު ފެނާއި ނަރުދަމައާ މަޑިވަރުގެ އެޔަރޕޯޓްފިޔަވައި އިތުރަށް ކަމެއް ކުރާތަނެއް ނުފެނޭ! ލަދުކޮބައި؟ ހުރިހާކަމެއް އެއޮތީ ހުއްޓިފަ!

    31
    1
  4. އިބުރާ

    މިސަރުކާރަކީ މިހާތަނަށް އެންމެ ގިނަ މަޝްރޫޢު އެންމެ ކުރު މުއްދަތެއްގައި ފެށި ސަރުކާރު ކަމަށާއި މިހާރު މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ރާއްޖޭގެ ހުރިހާ ސިނަމާތަކެގައި އަޅުވަން ތައިޔާރުވަމުން ދަނީ ސިނަމާނެތް ރަށެއްގަވެޖެއިޔާ ރާއްޖެޓިވީން ނޫނީ އޭފޯކަރުދާހުގަ ފެންނާނެ ކަމުގަ ވަނީ .......

    30
  5. Alibe

    ދޮގުވެރިންގެ މަޖިލިސް، ކޮބާ ދަރަވަން ދޫގަ އަޅަން ނިންމި ނަރު ދަމާ، އަޑިއަށްތޯ ނުވަތަ މަށްޗަށްތޯ ދިޔައީ، ކަލޭ އަނބި މީހާގެ ރަށުގެ ވާހަކަ މިބުނީ. އެޖެންޑާ19 ދޮގާއި މަކަރު.

    28
  6. ބެއްޔާ

    ކޮން ފޮނިވާހަކައެއް ދައްކާކަށް. ތިގޮތް ބޭނުންވިޔަސް މިސަރުކާރުގަ ފެންވަރެއްނެތް. އަމަލީ މަސައްކަތެއް ފެށި ރަށެއް އަދިނެތް ފެންނާކަށް. ޔާމީނުކުރިޔަސް މިސަރުކާރަކަށް ނުވާނެ. ތިހެންބުނީމަ މަޖްލިހުގަތިބި ބައެއް ގ ގަބޫލުކޮށްފާނެ. ދެފަހަރަށް ބަޖެޓު ޖަހައިފި ހަމަހުސްވަނީ. ބަޖެޓުންވައްކަން. ނަތީޖާ ސުމެއް.

    27
    2
  7. ޢާރިފާ

    ސުބްހާނަހޫ. ނިހާ ދޫ. ޢެހެން ދުވަހެއްވެސް އެބައޮތޭ. ޢެ ދުވަހުން ކަލޯ ބުނާނީ ކީކޭ.

    19
  8. ނައިފަރީ

    ސާބަސް ރިޟުވާނު! ޗަ ބުނީ ހަމަ ޙައްޤު ތެދު

  9. މުދިންބެ

    ކަލޯނިހާދު. ކިހާވަރެއް ލިބޭތަ ނެއްކަމެއް ވުޖޫދުއަށް ގެނެސްގެން ވާހަކަދެއްކީމަ؟ މީކުރީޒަމާނެއްނޫން. ދުނިޔެ މިއޮތީ ކުބުރަކައްވެފަ. ކިރިޔާ ކަމެއްވާއިރަށް އެގޭނެ އައްޑު އަތޮޅުން ހއ. އަތޮޅަށް. ދެންކޮންވާހަކައެއް ދައްކާކަށް. ދައުލަތުގެ މީޑިއާގަ އުޅޭ މީހުންވެސްތިބީ ފޫހިވެފަ ތިވިދާޅުވާ ޕުރޮޖެކްޓްތަކުގެ ފޮޓޯއެއް ވީޑިއޯއެއްވެސް ދެއްކެންނެތިގެން.

    18
  10. ސިދާތް

    ކޮން ފޮނިވާހަކައެއް ދައްކާކަށް. ތިގޮތް ބޭނުންވިޔަސް މިސަރުކާރުގަ ފެންވަރެއްނެތް މިހާރު ނުވިއްކާ ކަމެނޭގޭ މެމްޕީއެލް އެއްމިލިޔަން ޑޮލަރަށް އަށް ތިލަފުށީގަ ބަދަރެއް ހަދާދޭގޮތައް މިވެސް ރަށުތެރޭ ދެކެވޭވާހަކަތަކެއް ހަގީގަތެއް ވާހެން ހީވަނީ.....

  11. އަހްމަދު

    10މަސްދުވަހުގެ ތެރޭގައި އެންމެގިނަ ދޮގުހެދީ މިސަރުކާރުން.

  12. ސަމީ

    ކައުންސިލް އިންތިޚާބު ކައިރިވަނީ ދޯ. އަނެއްކާ ވެސް ރައްޔިތުންނަށް ދޮގު ހަ ދަން ފޫގަޅަނީ

  13. ހެހެހެ

    އަނގައިން އެކަނި ދެއްތޯ.

  14. ޖ

    ކޮން ދޮގެއްހަ ދާކައް ނިހާ ދު ކޮންކަމެއް ވަނީ ނަރު ދަމާގެ މަސައްކަތް ފެސީ ޔާމީނުގެ ސަރުކާރުން މިހާރުއެކަން ތައްވެސް އޮތީހުއްޓިފަ ފޭ ދޫގެ މަގުތަކުގައި ހިގާލެވޭވަރެއް އަ ދިއެއްޗެހި ދުއްވޭ ވަރެއްނު ނިހާ ދުލަ ދެއް ނުގަނޭތަ ވާހަކަ ދައްކަން