ސިނަމާލު ބުރިޖާއި ގުޅިފައިވާ ހަލި މަގު (ހައިވޭ) ގައި ފުލުހުން ބަހައްޓާފައި ހުރި ކޯންތަކަކުން ނައްޓަން އުޅުނު ކާރެއް އެކްސިޑެންޓްވެ، ކާރަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް، ހައިވޭ ނިމޭހިސާބުގައި މަސައްކަތެއް ކުރުމަށް ޖަހާފައިހުރި ކޯނުތަކުން ނެއްޓެން އުޅުމުގެ ތެރޭގައި ހައިވޭގެ އަރިމަތީ ދަގަނޑު ފެންސްގައި ޖެހިގެން ކަމަށެވެ.

މިއެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 07:30 ހާއިރު އެވެ. އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް ކާރުގެ ކުރީ ބަފަރު އެއްކޮށް ހަލާކުވެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ވިދާޅުވީ، މި އެކްސީޑެންޓް ހިނގިއިރު ކާރު ދުއްވަން އިނީ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓްރޭސް

    ބާރު ސްޕީޑްގައި ގޮސް މަޑުނުކޮށް ކޯންތަކުން ނައްޓާލަން ހިފީމަ ކާރު ހުރަސްވެފަ ތިއޮތީ! ބައިސްކަލް ދުއްވާހެން ކުދި ވަޅުކޮޅުކޮޅުން ނައްޓަމުން ކާރެއް ނުދުއްވޭނެކަން އެނގެންވާނެ!

    22
  2. ފުއާދު

    ޑުރައިވަރުގެ ޓެސްޓެއް ވަގުތުން ހެދުނުނަމަ ވަރައްރަގަޅުވީސް..ކޮންމެވެސް ވަރައްހީވޭ ހަމަހޭގަ ނެތަް ހެން

  3. ބުރޯ

    ކިތަންމެ މޮޅަސް ބާރުސްޕީޑްގަ ދާއިރު ކުރިމަތިން ދިމާވާއެއްވެސް އެއްޗަކުންނައްޓާލެވޭނީ އެކަށީގެންވާ ދުރުމިނެއގަ އޭތި ހުރިކަން އެގިއްޖެ ނަމަ.ވީމާ އެ މަގަށް އެރުމުގެ ކުރިން މަގުގެ ވަކި ހިސާބަކުން މިވެނި ލޭނެއް ބަންދު ކުރެވިފަިވާކަން އެގޭނޭ ނިސާނެއް ބަހައްޓަންޖެހޭނެ

    14
    1
  4. ޢަލިއާ

    ތަންކޮޅެއް ބާރަށް ދުއްވަން ހުއްދަ އޮތަސް އަހަރުމެންނަށް މޮޔަ ވެވެނީ..

  5. ދާނީ

    ތިޔަކު ޑްރައިވަރުގެ މައްސަލައެއްނެތް! އެ މީހުން މަސައްކަތް ކުރަންތިބީ މަސައްކަތް ކުރަން ތިބިތަނާ 3 ފޫޓު ހިސާބުގަ ބޯޑު ބަހައްޓައިގެން. އަބަދުވެސް މާލޭގައި މިހެން މަސައްކަތް ކުރަނީ. މަވެސް މިއަދު ކިރިޔާ ސަލާމަތްވީ. ކުރިމަތީގައި އޮތް ކާރެއް އެތާ ބުޑުން އަނބުރާލިވަގުތު ޖެހިގެންތިބީ މަސައްކަތް ކުރަން ތިބިމީހުން . ދުނިޔޭގެ އެހެން އެއްވެސް ތަނެއްގަ އެހެން އެކަމެއް ނުކުރޭ. ތަންކޮޅެއް ދުރުގައި ބޯޑު ބެހެއްޓުން މުހިންމު. ނޫނީ އަވަސް ހިސާބެއްގަ ހިތާމަވެރި ކަމަކާ ކުރިމަތި ލާން ޖެހިދާނެ!