ސިންދިތާ އޮފީހުގެ ދެ ތިޖޫރީއެއް ހަލާކުކޮށްލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ސިންދިތާ އޮފީހުގެ ތިޖޫރީތައް ހަލާކު ކޮށްލައިގެން 30000 ރުފިޔާ އާއި 4700 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ވަގަށް ނެގި ޖުމްލަ ފައިސާގެ އަދަދު 102474 ދިވެހި ރުފިޔާއަށް އަރައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 09:07 ހާއިރު ކަމަށެވެ.މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މާލޭގައި ވައްކަންތައް ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއަހަރު ކުރީކޮޅުން ފެށިގެން ތިޖޫރިތައް ފެޅުން ވެސް އިތުރު ވެފައިވާކަން ފާހަގަ ކުރެވެއެވެ. މިހަފްތާގައި ވިލިމާލެ އިން ވެސް ތިޖޫރިއެއް ފަޅާލަން މަސައްކަތް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔާމިން

    ވައްކަމެއްއިތުރެއްނުވެ ބޯގަޅިއަކުހުރުމުންވާކަންތައްމިފެންނަމުންމިދަނީ ވިސްނާފިކުރުކޮއްލަބަލާ

    15
  2. ނަޝީދު

    ކާރީގާއޮއްއަބިމީހާވެސްވަގައްނަގާނެ އަވަހައްބަދަލުގެނެސްރ.ޔާމިންއާހަވާލްކަރަންވީ

    14
    1
  3. ޙތފެ

    ޙެހެ...ދެނެއް ތިކަމެއް ނުވާނެ...ޔާމީނުއާ ވެރިކަން ހަވާލުކުރިއްޔާ ދެން ވަގައް ނަގާނީ ހުރިހާ ޓެކްސީތަކެއް ....ހިއްހީ...