ދިވެހިރާއްޖޭގައި އިންސާނީ ޙައްގުތަކަށާއި، ޑިމޮކްރެސީ ޙިމާޔަތް ކުރަން ޙަރަކާތްތެރިވާ ޖަމްއިއްޔާ އެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) މިހާރުން މިހާރަށް ބަންދުކުރުމަށް ޝައިޙު ޒައިދު ގޮވާލައްވައިފިއެވެ.

ޒައިދު މިގޮތަށް ވިދާޅުވެ ޓުވީޓު ކޮށްފައި މިވަނީ އެމްޑީއެން އިން ދިވެހިރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ޝާޢިރުކޮށްފައިވާ ރިޕޯޓެއްގައި އިސްލާމް ދީނާއި ފުށޫ އަރާ ބައެއް ވާހަކަތައް ހުރި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އެޖަމާޢަތައް އަމާޒުވެފައި ވަނިކޮށެވެ.

ޒައިދު ވަނީ އެމްޑީއެންގެ ރިޕޯޓުގެ ބައެއް ހިއްސާ ކޮށް، އެމީހުންނަށް އެގޮތަށް ވާހަކަ ނުދެއްކޭނެ ކަމަށް ބުނެފައެވެ. އެ ޖުމްލައިގައި އޮތް ގޮތުން، "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނައަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައެވެ." "އަދި މިކަމަކީ މިހާރު އުޅޭ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުންވެސް ފެންނަ ކަމެއް، އެމީހުންގެ ރައުޔު ޤަބޫލުނުކުރާނަމަ އެބަޔަކީ ދީން ޤަބޫލުނުކުރާ ބައެއް ކަމަށް އެމީހުން ދެކޭ." އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޝެއިޙު ޒައިދު ވަނީ އެމްޑީއެންގެ މައްސަލަ ކަމާބެހޭ ފަރާތްތަކުން މިހާރުން މިހާރަށް ބެލުމަށް ގޮވާލައްވާފައެވެ. އެމީހުން ދަނީ ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީޘާއި ޙިލާފުވެގެން ކަމަށާއި، އަދި ރާއްޖޭގެ ހެދިފައި ހުރި ޤާނޫނުތަކާވެސް އެމީހުން ޙިލާފުވެއްޖެކަމަށް ޒައިދު ވިދާޅުވިއެވެ.

ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީޘްފުޅުން ސާބިތުވާ ކަންކަން އެއީ 'ފްލޯކް' ކަންކަން ގޮތަށް ކަނޑައަޅަން އެމްޑީއެން ގައި އުޅޭ މީހުންނަކީ ކޮންބައެއްތޯ ސުވާލުކޮށް ޒައިދު ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޙިލާފުވެފައިވާތީ މިހާރުން މިހާރަށް އެމްޑީއެން ބަންދުކުރަން ޖެހޭ ކަމަށެވެ.

ޓުވިޓާގައި މިހާރު އެ ޖަމިއްޔާ ބަންދުކުރުމަށް ގިނަ ބަޔަކު ޓުވީޓު ކުރަމުން ގެންދާ ކަން ފާހަގަކޮށްލެވެއެވެ. ޝައިޙު ޒައިދު ފާހަގަކުރީ އެމްޑީއެންގެ ރިޕޯޓެއްގެ ތަންކޮޅަކުން ކުޑަ މިންވަރެކެވެ. އެ ރިޕޯޓުގައި ހުރި ވަރަށް ގިނަ ވާހަކަތަކެއް އިސްލާމްދީނާއި ފުށޫއަރާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެވާހަކަ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ހަލޯ

  ދިވެހި ރާޖޭގަ އޮތީ ވަރަށް ރީތިގާނުނެއްތޯ؟

  5
  28
 2. ކޮއްމެގޮތެ ރަގަޅެނޫން

  ދެންބުނާނެ އެއްޗެނެތް... އެއްވެސް އިލްމުވެރިޔަކަށް ފާޑުކިޔާކަށް ބޭނުމެނޫން އެކަމަކު ބައެއް އިލްމުވެރިންގެ ނުވިސްނޭކަމުން މިފަދަ ޖަމިއްޔާތަ ފެންލިބި ދިރިގެންމިއުޅެނީ.. އަދިވެސް ވަގުފާއިތުވި ކަމަކަށްނުދެކެން ﷲއައްޓަކާ މިހެދުނު ގޯސްރަގަޅުކުރުމަށް ހުރިހާ އިލްމުވެރިން އަތުގުޅާ ތެދުވަންނުވޭތޯ.. ކިހާ ހިސާބަކަށް ގައުމާ ދީން ނެތިދަންތޯ މަޑުކުރާނީ.. ކޮއްމެ މީހަކު ވެރިކަމުގަހުރެގެން މިގައުމުގަ އިސްލާމްދީން އެކަނި ނުއޮންނާނެކަން ކަށަވަރު ނުވަނީތޯ.. ކޮއްމެ ކޮއްމެ މީހަކަށް ވެރިކަން ހަވާލުކުރަން ހެޔޮނުވާނެކަން ޔަގީން ނުވަނީތޯ.. އިސްލާމުދީނަށް މިހާވަރަށް ފުރައްސާރަ ކުރެވޭއިރު މިއީ މިނިވަން ހިޔާލުކަމަށްބުނެ ތުބުޅިލީ ކޮއްމެމީހަކީ ހަކަށިކަމަށް ނިންމަން ތިބެންވީތޯ.. މިގައުމުގަ ދީންއޮތީ މިއަދު މުސްކުތު ހަތަރުފާރުން އެތެރޭގަ އެހެންތަނަކުން އިސްލާމުން އުޅޭ ގައުމެއްކަން އެބައިގޭތަ.. ދީނީ ދަރުހެވެސް އެއްވެސް ދިމާލަކުން އަޑުނީވޭ މިސްކިތަށް ނުދާމީހަކަށް އަމުދުން ދަރުސްއަޑު ނީވޭ.. ކުރީގަ ހަފްތާއަކު އެއްރޭ އިސްލާމްދީނުގެ ކޮއްމެވެސް އެއްމައުލޫއަކަށް ދަރުސްދެވުނު އޭރުގަ އިހުސާސްކުރެވުނު މިއީ މުސްލިމު ގައުމެކޭ އެއްމެ ފުރިހަމަ ނުވިޔަސް ގިނަކަންކަން ވަރަށް ރަގަޅު.. އިލްމުވެރިންނޭ އަންދަލުސްއަށް މިތަންވާން ދޫކޮއްލަނީތަ ހިމޭނުން ތިބޭފުޅުން ތިތިއްބަވަނީ...

  14
  1
  • އަލިބެ

   އެއީ އިލްމުވެރިންގެ ހަމައެކަނި މަސްއޫލިއްޔަތެއްބާ؟ ކޮބާ މަށާ ކަލޭގެ މަސްއޫލިޔަތަކީ؟

 3. ނަން

  ހެހެހެ... އިނގިރޭސި ބަހުން ލިޔެފަ އޮތީމަ ރަނގަޅަށް މާނަ ދޭހަ ނުވީ ދޯ. ދެން ގޮވަނީ ކޮންމެވެސް ހާސަރެއް...

  1
  17
 4. ކެރޭ

  ތިޔަ ނެތްވޯކުގެ އަޑީގައި ހުންނަނީ ރައީސް އޮފީހުގައި ހުންނަ ކުރީގެ ރައީސް ނަޝީދުގެ ފުރެންޑް ޝައުނާ...ތިމީހުންނަކީ މިރާއްޖޭގައި އިސްލާމްދީން ފޮހެލުމަސް އަޑީގައި ތިބެގެން ޒުވާނުންލައްވާ އިސްލާމްދީނާއި ހިލާފް ޝިއާރުތައް ފީޅުކުރުމަށް ގިވާލާބަޔެކެވެ.

  21
 5. ދޮންކަލޯ

  ސުންނަތުން ވާރިދުވެފައިވާ ވެރިޔެއް އައީމަ އެ ކަހަލަ ކަންތައް ހިނގާނެތޯ؟ ޝޭހެއް އޮޅުމެއްއަރައިގެން ތިއުޅުއްވަނީ.

  15
  1
 6. ބަރަކާ

  ބަލަ ދުއާ ދެންނެވި ފަދަ ވެރިޔާއަށް ކަހެރުވަކެކޭ ވެސް ހިތަށް ނާރާ ދެން ކަލޭ؟....

  23
  2
 7. މަ

  ތިނުކުރާނެ ބަންދެއް. ތިކަމާ އެއްޗެއް ބުނާމީހުންް ބަންދުކޮސްފާނެ.

  24
  1
 8. މަގޭ ޚިޔާލު

  ރައީސް އޮފީހުގައި ތިބި މޯލްޑިވިއަން ޑިމޮކުރަސީ ނެޓުވޯކުގެ ލާދީނީ ބައިގަނޑު ބޭރުކުރޭ!!

  21
 9. Anonymous

  އޭ ދިވެހި މުސްލިމު އަޙުންނާއި އުޙުތުންނޭ
  އިސްލާމް ދީނަށްޓަކައި ތެދުވާންޖެހޭ ވަގުތު އައިއްސި

  އޭ ދިވެހި މުސްލިމު އަޙުނޭ ﷲ ގެ ނަބިއްޔާގެ ހިމާޔަތުގައި ތެދުވާންޖެހޭ ވަގުތު ޖެހިއްޖެ

  19
 10. މާމީ

  މިހާރު ތިބޭފުލުންގެ ތިކަހަލަ ވާހަކަ ތައް އަޑު އަހާނެ ބަޔަކު ނެއް ސަބަބަކީ 2 އިރު ދެގޮތައް ވެސް ވާހަކަ ދެއްކޭތީ،

  14
  4
 11. ބުރޯ

  ޑިމޮކްރަސީ އާ އިންސާނީ ހައްގު ހިމާޔަތް ކުރުމުގެ ނަމުގާ ހުރި ތިޔަ ނެޓްވޯކާ ޓްރާންސް ޕޭރަންސި އަކީ ވެސް ނަސީދު ބޭނުންވާ ވާހަކަތަކެއް ލިއުމަށް އުފައްދާފަ ހުރި ތަންތަން ތިޔަ ހުތިހާތަނެއްވެސް ޖެހޭނީ އުވާލަން އިންސާނީ ހައްގު ވަނީ ކީރިތި ގުރްއާނުގާ އައިސްފަ . މާތް ﷲ ވަނީ އިންސާނާ ހައްދަވައި އެއިންސާނާގެ ހައްގުވެސް ކަނޑައަޅުއްވާފަ. ވީއިރު ނެޓްވޯކަކާ ޓްރާންސްޕޭރަންސަ ކިޔަކަސް އެކަން ބަދަލުކުރެވޭނެތަ ؟

  14
 12. ބޯބޮޑު

  އިސްލާން ދީނުގެ އަސްލު ހަގީގަތް އެނގެން މިފެށީ އަދި ކިރިޔާ މީހާރު. ފުނަށް ފީނާވަރަކަށް ދާނީ ބިރުވެރިވަމުން.

 13. ގޮތެއްނެތް

  ހައްދުފަހަނައަޅާފައިވާ ހަރުކަށި މި ޖަމާޢަތް މިހާރުން މިހާރަށް އުވާލައި މިރާއްޖޭގައި ނުހިންގޭ ގޮތް ހަދަންޖެހޭ. އެހެން ނޫނީ މި މީހުން އަނެއްކާވެސް ފިލައިތިބެގެން މި ކުޅިގަނޑު ކުޅޭނެ.

 14. މޫސަ

  ތިޔަޢީ ރާއްޖޭގައި ޙަރަކާތްތެރިވާ ލާ ދީނީ ޖަމާއަތެއް. ކޮން ޑިމޮކްރަސީއެއް
  އިސްލާމްދީނަށްވުރެ ފުރިހަމަ ޑިމޮކްރަސީއެއް ނުގެނެވޭނެ.