މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ ފަސް މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ފަސް މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ދެންމެ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ރ.މަޑުއްވަރި، ތޯތާގެ، މުޙައްމަދު ނަހްޔާން (26އ) އާއި ރ.މަޑުއްވަރި، ސަންލައިޓް، މުޙައްމަދު ނާޢިލް (35އ) އާއި ރ.މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރުހާން (22އ) އާއި ރ.މަޑުއްވަރި، ނޫރަންގެ، ޢަބްދުއްޝަހީދު ޢަބްދުލްހާދީ (33އ) އަދި ރ.މަޑުއްވަރި، ވައިމަތި، ޙުސައިން ކައުޘަރު (31އ) އެވެ.

މިފަސް މީހުންގެ ތެރެއިން މުޙައްމަދު ނަހްޔާން ހޯދަމުންދަނީ ދަޢުލަތުން ދަޢުވާކުރާ އަމަން ނަގާލުމުގެ ކުށުގެ ދަޢުވާއާއި ގުޅިގެން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ޙާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ 13:30 އަށް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

މުޙައްމަދު ނާޢިލް ހޯދަމުންދަނީ ދަޢުލަތަން ދަޢުވާކުރާ ވައްކަންކުރުމުގެ ކުށުގެ ދަޢުވާއާއި ގުޅިގެން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ޙާޒިރުކުރުމަށް ބޭނުންވެ ޙާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ 13:30 އަށް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އިސްމާޢީލް ސިރުޙާން ހޯދަމުންދަނީ ދަޢުލަތުން ދަޢުވާކުރާ ފުލުހުުންގެ ދައުރު އަދާކުރަން ހުރިމީހަކަށް ޙަމަލަދިނުމުގެ ކުށުގެ ދަޢުވާއާއި ގުޅިގެން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ޙާޒިރުކުރުމަށް ބޭނުންވެ ޙާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގެ 10:00 އަށް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ޢަބްދުއްޝަހީދު ޢަބްދުލްހާދީ ޙޯދަމުންދަނީ ދަޢުލަތުން ދަޢުވާކުރާ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި ގުޅިގެން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހާާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ 14:00 އަށް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އަދި މީގެ އިތުރުން ޙުސައިން ކައުޘަރު ޙޯދަމުންދަނީ ދަޢުލަތުން ދަޢުވާކުރާ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ އާއި ގުޅިގެން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހާާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ 14:30 އަށް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ވީމާ މިފަސް މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން މިއަދު ނެރުއްވި ބަޔާނުގައި ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަހާ

    މަނުހިމެނޭ الحمد لله މިހެންބުނީ އެއްވެސް ކުށެއްނެތް މީހުންވެސް ހޯދާ ދުވަސްވަރަކަށްވާތީ އެވެ.

  2. ޢަފްލާ

    ކުށެއްނެތް އެކަކުވެސް ނުހޯދާނެ ކުށެއްނެތި ޖަލަށް ލާމީހުން އިނގޭނެ އެބަތިބި ޖަލުގަ އެކަމަކު މިލޔުން ކިޔާލުމުން އިނގޭ މީ ބޮޑެތި ކުއްތަކުގެ ތުހުމަތު ކުރެވޭ މީހުނކަން ސިޔާސީ ކުރާކަށް ޖާގައެއް ނެތް މިލިޔުމުގަ