އަތޮޅުތެރޭގެ ރަށްރަށުގައި ފްލެޓަށް ކުރިމަތިލާނެ މީހުން ނުވާކަމަށާއި އަދިވެސް ފްލެޓް އަޅަންވީ މާލޭގައި ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ގުޅިފަޅުން ފްލެޓް ލިބުނު ފަރާތްތަކަށް ސަރުކާރުން ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ޤަރާރަށް މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ހުސައިން ވިދާޅުވީ 15 ވަރަކަށް ރަށުގައި އަޅާފައި ހުރި ފްލެޓްތަކާއި ގެތަކުގެ ޙައްޤުވެރިންނާއި މިމަސް ނިމުގެ ކުރިން އެތަންތަން ހަވާލުކޮށް ނިމޭނެ ކަމަށެވެ.

"ބައެއް ރަށްރަށުގައި ފްލެޓް އަޅާ، އެފްލެޓަށް ކުރިމަތިލާން ހުޅުވާލީމާ ދެބައިކޮށްފައި އެއްބަޔަށް ވެސް ކުރިމަތިނުލާ. އޭގެ މާނައަކީ އަޅުގަނޑުމެން މާލޭގެ ރައްޔިތުން ވެސް ބޭނުންވަނީ އެހާކަންވަރަށް އިތުރު ފްލެޓް އެޅިފައި ހުންނަންށޭ. ބޭނުންވާ ވަރަށް ވުރެ އިތުރަށް އެޅުނީމާ އޭގެ އަގު ދަށްވާނޭ." ހުސައިން ވިދާޅުވިއެވެ.

ހުސަައިން ވިދާޅުވީ އެއްވެސް ރަށެއްގެ ތަރައްޤީއަށް ހުރަހެއް ނާޅުވާ ކަމަށާއި ކޮންމެ ރަށެއްގައި ހޮސްޕިޓަލް އަޅަން ވެސް އެއާޕޯޓާއި ބަނދަރު އަޅަން ވެސް ބަޖެޓަށް ވޯޓް ދެއްވާނެ ކަމަށެވެ. "ތަރައްޤީއަށް ކޮންމެ ފަދަ ކަމެއް ކުރަން ވެސް އަޅުގަނޑު ވޯޓް ދޭނަން." ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުތައް އިންތިޚާބު ކުރަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިހާލުން އަރައިގަންނަން ކަމަށެވެ.

"މާލޭގެ ރައްޔިތުންނަކީ ކޯސްޓް ބޮޑުދަޅެއްގައި ނިދާލާފައި، ނެސްޕްރޭ ކުޑަ ދަޅަކަށް ޖަންގިޔާ ލައިގެން ދަޅަކަށް ފާހާނާ ކޮށްލައިގެން އުޅެން ޖެހޭ ބައެއް ނޫން. މިރާއްޖޭގެ ސަރުކާރުތައް އަޅުގަނޑުމެން އިންތިޚާބު ކުރަނީ މިކަމުން އަރައިގަންނަން. އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވެން އެބަޖެހޭ." ހުސައިން ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ވެސް ޝަރަފްވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ހައްދަވައި ދެއްވަން އެބަޖެހޭ ކަމަށް ހުސައިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ލޯރަތްބެ

  އަނދުންގޭގަ ފްލެޓް އަޅާބަލަ!

  10
  1
 2. ސުޢޫދު

  ނޫން ރައްރަޝުގަ ތިބިމީހުންވެސް ކޮތަރު ކޮޝި މަޅީގަ ޖައްސާ އަތޮޅުތަކުގަ ހުރިބިން ތައް ސަރުކާރައްނަގާފަ މިހަގީގަތް އެއްމެ ރަނގަޅައް ފެއްނަން ހުއްނާނީ އައްޑު އަތޮޅުން ބިން ކުންފުނި ތަކައް ކިރާލަނީ ކިލޯމީޓަރުން

  7
  1
 3. ސަޓޯ

  މާލެމީހުން ބޯމަތީ ފުލެޓުއަޅާ

 4. ައާދަނު

  ސަރުކާރުތައް ހޮވަނީ ކަލޭމެން މާލޭ މީހުން އެކަނި ވޯޓް ލައިގެންތަ؟ ހަމަ އަހާލީ ވޯޓް ލީ ހަނދާން ވާތީ

  20
 5. ހުސޭނުބޭ

  މިއީ މާލެ ތޮއްޖައްސަން ޔާމީނު އުޅެނީއޭ ކިޔައިގެން އެންމެ ބާރަށް ހަޅޭލެވި މީހާ! ކޮބައި ހީވޭ ކަމެއްހެން! ވެރިކަން ލިބުނީމާ އަދުން ހުސޭނުވެސް އެހެން މީހުން ލޮލުގައި އަދުން އަޅުވަމުން ދުވަނީ!

  29
 6. އެސްއެމްއެސް

  މި ރާއްޖޭގަ އުޅެންވާނީ މާލޭ މީހުން އެކަނި. އަދިވެސް އެއްޗެއް އޮތިއްޔާ މާލެއަށް ކޮށްޕާލެވޭތޯބަލާ. ޢޭރުންތާ މާލޭމީހުނަށް ދަރައިގެން އަބަދު ރާއްޖެތެރޭ މީހުން އުޅެންޖެހޭނީ

  20
 7. ގަލަ

  މިވެސް އެދުން ބޮލަށް އަރައިގެން އުޅޭ ތިމާވަރު މީހެއްނެތް ކަމަށް ދެކިގެން އުޅޭ އިއްޒަތްތެރި މެމްބަރެއް!

 8. ފަސްކުޅަދު

  ވިދާޅުވީ ސަރުކާރުތައް އިންތިޚާބު ކުރަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިހާލުން އަރައިގަންނަން ކަމަށެވެ. މާލޭމީހުން އެކަނި ވޯޓްލާ ވަރަށްސާފް ރާއްޖެތެރެއަށް ނާރާތި ވޯޓް ހޯ ދަންވީމަ

 9. ޒ

  ކާކުތަ ބުނީ ފްލެޓް އަޅާށޭ ރަށްރަށުގައި... ރަށްރަށުން ގޯތި ދޫކުރާށޭ މިބުނަނީ.... ފަޅު ހިއްކައިގެން ނަމަވެސް ގޯތި ދޫކުރާށޭ! ދިރިއުޅޭނެ ބިން ދޭށޭ!

  • ޠިނ

   ގޯތި ލިބެންއޮއްވަ ކާކުތަ ބޭނުންވާނީ ފްލެޓުތައް އަޅަން

 10. ޖަނބެ

  ކަލޯ ރައްރަށައް އާމްދަނީލިބޭގޮތް މަގުފަހިކޮށް އަސާސީ ޙީދުމަތްތައް ފޯރޮކޮށްދޭންވީ އެކަންކުރަން މަޖްލީހުގައި ވަޢުދުވެގެން މިކަންކަން ހައްލުކުރަން ވަދެ ތިޔައިނީ... ހަދާނެގޮތް ހުސްވެގެން އުޅޭހެން ހީވަނީ

 11. ޒަކް

  މާލެއާ އެއްވަރަށް ޚިދުމަތްތައް ޤާއިމުކޮށްފަ ފުލެޓުއަޅާބަލަ އޭރުން ކުރިމަތި ލާނެ.. ރައްޔިތުންގެ ހުރިހާ ޓެކްސް ފައިސާއަކާ ޤައުމުގެ އާމްދަނީގެ 90 ޕަސެންޓް މާލެއަށް ތަޅާ ބުރުވާފަ މާދުރުގަ ފުލެޓެއް އެޅިޔަސް ނުދާނެ އެކަކުވެސް.....

 12. އަހުމަދު

  ހުރިހާ ބާރެއް އެއްވީތޯ ބަރުލަމަނީތޯ މިއީ ..... މިމަސް ނިމުމުގެ ކުރިން ފްލެޓްތައް ހަވާލު ކުރާނަމޭ ބުނަން ހުސެން މިއީ ހައުސިންގ މިނިސްޓްރީގެ ބޭފުޅެއްތޯ .... މި މީހުން މިބުނަނީ ކައުންސިލް ތަކަށް ބާރުދިންވާހަކަ އެކަމު އެމީހުން ކުރަމުންދާ މަސައްކަތެއްގެ ވާހަކަ މީނާ އަށް ވަރަށް ބޮޑަށް އޮޅިފައިވަނީ .... މީނާ ތޯ ނޫނީ އެހެން މީހަކުތޯ މިހާރު ސަރުކާރު ހިންގަނީ ޖުމްހޫރީ ޕާޓީ ކޯލިޝަނުން ވަކި ކުރަން ރައީސް އަށް ދަންނަވަން ޖެހެދާނެއޭ ބުނެ އިންޒާރު ވެސް ދިން އަޅެ މީ ކާކުތަ.... އަނެއްކާ މިނިސްޓަރ އައިޝާ ވެސް ފެންވަރު އޮޅިގެން ސިވިލް މުވައްޒަފުންނަށް ބިރުދައްކަނީ ކީހާ ހެއްވާ ... މިހާރުވެސް މަޖިލީހުގެ ތިޔަ ބޭފުޅުން ވާނީ ގާނުނާ ޚިލާފުވެފައި ކޮބައިތަ 60 ދުވަސް ތެރޭ އިންފޮމޭޝަން ކޮމިޝަރު އައްޔަނު ކުރުން މިހާރު 80 ދުވަސް ވެއްޖެ ... މިމައްސަލާގެ ވާހަކަ ދައްކާލަބަލަ ގާނުނުގައި ބުނާ މުއްދަތުގައި މީހުން އައްޔަނު ނުކޮށް ދަންމަނީ ބަލަ މެޖޯރިޓީ ދިނީ އަވަސް ކޮށް ކަން ކުރާށޭ މިއަދުވެސް އެ އޮފީހަށް ހުށަހެޅި މައްސަލައެއް ލަސްވެގެން ދިޔައިމާ ބުނީ ކޮމިޝަރަު ނެތޭ އަދިވެސް އަހަރެެމެންގެ ހައްގޭ ގެއްލެނީ އަޑު އަހާބަލަ ގާނޫނި ހުސްކަމޭ ހުސެންމެން ގޮވީ ކޮބައިތަ ހުސްކަން ނައިސްފައި... ކަލޭމެންނާ އަދި ފަހުން ދައުވާ ކުރެވޭނެ ކަނޑައެޅިގެން ގާނޫނާ ޚިލާފު ވެފައިވާތީ....

 13. ކޮރާކަކުނި

  އަނ ދުން ހުސޭނެއް ނޫން ކިޔަންވީ. އެ ދުން ހުސެއިން. ޙެންވޭރު ސަހަރާ ބޮލަށް ލައިގެން އޮންނަންވީނު.

 14. ެއަލިފު

  ކަލޭތަ ސަރުކާރު ހިންގަނީ ނުވަތަ ކައުންސިލް ހިންގަނީ މިމަސްތެެރޭ ދޭނަމޭ ތިޔަ ގޮަވަނީ ވައުދުތައް ފުއްދުން އެޖެންޑާ 19 ގެ އޮތީ 2023 ގެ ރިއާސީ އިންތިހާބާ ދިމާ ކޮށްތަ ... ވަރަށް ސަލާން އަހަރެމެންގެ އާއިލާގެ އެކަކުވެސް ދެން ވޯޓެއް ނުދޭނަން ކޮބައިތަ ފޫޅުމާ ފޮށި ކޮބައިތަ އިންޓަރނެޓް އަގު ހެޔޮ ކުރުން ނުވާނެ އަދިވެސް ސަރުކާރު ހިންގޭނެ އޭ ކިޔާފަ ހަވާލު ވާތީ ކަލޯ މެންނަން ހިންގޭނީ ގަރާޖު .. ދެން އަންނި އާއެކު ޕިކްނިކް ދަތުރު ދެވޭނީ 2012 ޖަނަވަރީ 22 ގައި ހއ ގައި އޮތް ރިސޯޓަކަށް ކަލޭމެން ގޮސް ޖެހި ސަކަރާތް އަހަރެން ދުށީމޭ އަނެއްދުވަހަކީ އުތީމުގައި ގައުމީ ދުވަސް ފާހަގަ ކުރި ދުވަސް އަންނި އުތީމަށް ނުގެނެވި ލަސްވީ ކޮޅަށް ބެހެއްޓީމާ އެއްދިމާ އަށް ނުހިގޭތީ 8.30 ގައި ދާން އޮތްތަނަކަށް ހޭވެރިކަން ވެގެެން ކަލޯ މެނަށް ދެވުނީ 10.30 ނޫންތަ