ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީގެ ކުރީގެ މެންބަރު ޝައިހު ޝުއައިބު އަބްދުއްރަހުމާންގެ ނަމަށް އިސްކަން ދެއްވައި އިތުރު ތިން ބޭފުޅެއްގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަޖިލީހަށް ފޮނުއްވައިފިއެވެ.

އެ ހަތަރު ބޭފުޅުންގެ ނަން މިއަދު މަޖިލީހަށް އިއްވައި އެ ނަންތައް ދިރާސާކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ވަނީ ފޮނުވައިފިއެވެ.

މަޖިލީހަށް ރައީސް ސޯލިހު ފޮނުއްވި ނަންތަކަށް ބަލާއިރު

ޝައިހު ޝުއައިބު އަބްދުއްރަހުމާން، ދަފްތަރު ނަންބަރު 1188

ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު، ވިލިމާލެ، ދިވެތި

ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ހއ. ދިއްދޫ، ތިލަދޫ

ހައްވާ ލީޝާ، ގ. ތުނޑިވެލި

އެންއައިސީއަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ފަރުހާދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިއީ ކޮމިޝަންގެ މެންބަރުކަމަށް ހުޅުވާލި ދެވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތެދު

    ތީ ލާދީނީސަރުކާރު ގެނައިނުލަފާމީހުންތަށް މިހާރުކޮބާ އަނގަތަށް..ދީންއުނގެނި ﷲދީންއޮޅުވާލާ ބަޔަކު ނަރަކަޔަށް އެއްލާލެވޭ ބުދައްއަޅުކަންކުރާމީހުންނަށްވުރެކުރިން..މިކަންމިމީހުންނައްނޭގެނީތޯ..؟!!!މުދަލާހެދިތޯ..؟؟!!