ބައެއް ފަރާތްތަކުން ލާދީނީއަށް ގޮވާލަމުން ގެންދާކަމަށް ވިދާޅުވެ އެކަން ހުއްޓާލުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ގޮވާލައްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ސިޔާސީ ޕާޓީތައް ހައްދަވައިގެން ފުންނާބު އުސްކޮށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން ދައްކާ ހަގީގަތާ ހިލާފު ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށާއި، ހަލީމަކީ ލާދީނީ ބޭފުޅެކޭ ކިޔައިގެން ދައްކަވާ ވާހަކަތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭކަމަށެވެ. އަދި މިފަދަ އަމަލުތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކި ބޭފުޅުންނަކީ ލާދިނީ ބޭފުޅުންކަމަށް ވިދާޅުވެ ވޯޓު ހޯއްދެވި ދުވަސް މިހާރު މާޒީވެ ހިނގައްޖެ ކަމަށާއި ދީނީ ގޮތުން ހަރުކަށި ވާހަކަތައް ދައްކައިގެން މިހާރު ވަގުތު ނުހޯއްދެވެނެކަން ނިމިދިޔަ އިންތިހާބުތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް މިފަދަ ވާހަކަތައް ދައްކަވައިގެން އޮޅުވާލެވުނު ދުވަސްތައް މާޒީވެ ހިނގައްޖެ. އެ ދުވަސްވަރު ދީނީ ވާހަކަ ދައްކަވައިގެން އެކިއެކި ކަންތައްތަކުގައި އެކި އެކި ބަހުސްތަކުގެ އެބަ ވޯޓު ހޯއްދަވާ. އެހެން ނަމަވެސް މިހާރު އެއަކުންނެއް ވޯތެއް ނުލިބޭ. އެކަން ހިނގައްޖެ، އެކަން ނިމި ހިނގައްޖެ ނިމިދިޔަ އިންތިހާުތަކުން ވަރަށް ރަނގަޅަށް އަޅުގަންޑުމެންނަށް އެބަ ސާފުވޭ" ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ވޯޓު ލިބެނީ ރައްޔިތުންނަށް ތަރައްގީ އާއި ތަނަވަަސްކަން އަދި އިންސާފު ހޯދައިދޭން މަސައްކަތް ކުރުމުން ކަމަށާއި ތަފާތު ދީނީ ވާހަކަދައްކައިގެން ސަރުކާރު ވައްޓާލައި ވޯޓު މަދުކުރި ޒަމާން މިހާރު މާޒީވެ ގޮސްފައިކަމަށެވެ.

ހަލީމް ވަނީ އެފަދަ ވާހަތައް ފެތުރުމަކީ ނުރައްކާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ ވާހަަކަތައް ފެތުރުމުގެ ސަބަބުން ނުރައްކާތެރި ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށާއި މިފަދަ ކަންކަމަކީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ދީނީ ކަންކަމާ ގުޅޭ ވާހަކަތަކަކީ ވަރަށް ނާޒުކު ވާހަކަތަކެއް ކަމަށާއި އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުގެ ސަބަބުން އެ ވާހަކަ އަމާޒުވާ ފަރާތް މަލާލަން ޖެހިލުން ނުވާނެ މީހުންވެސް މި ރާއްޖޭގައި ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބޭނުން ވެއްޖެނަމަ 24 ގަޑިއިރު ތެރޭގައިވެސް ލަދީނީއޭ ކިޔައިގެން ވާހަކަ ދެއްކި ދެއްކީނުން އެމީހަކު މަރާލާ ހިސާބަށް ކަންކަން އެބަދޭ. މިއަދު ރާއްޖޭގައި ކަން ހިނގަމުން ދަނީ މިގޮތަށް. އަޅުގަނޑުމެންނަށް އެންމެ ފަހުން ހަދައިދިޔަ ދެ ކޮމިޝަނުން ނެރޭ ރިޕޯޓުތަކުން އަލީގަވެސް އަޅުގަންޑުމެންނަށް އެބަ އެނގޭ މިބާވަތުގެ ވާހަކަ ދެއްކި ދެއްކީނުން ގޮސް ރާއްޖޭގައި ބޮޑު ފިތުނައެއް އުފެދި، މިހާރު އެއްބަޔަކު އެތިބީ ކާފަރުކޮށް ބޯކެނޑުމުގެ މަގުމަތީގައި" ހަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހހހހ

  މީގެކުރިން ދުވަހަކުވެސް ނުގޮވަން. މީގެފަހުން ދެވަނަ ދެގޮތަކަށް ނުގޮވާނަން.

  48
  1
 2. މަގޭ ޚިޔާލު

  ތިޔައީ ވަރަށް ފަސޭހަ ކަމެއް. ހަލީމުގެ ވަރަށް ހިތްވަރު ހުރެގެން ތިކަންވާނީ. ހަލީމު ކޮށްދޭންވީ ކަމަކީ ލާދީނީ އަމަލުތައް ކުރުން ހުއްޓާލުމާއި އެފަދަ އަމަލުކުރާ ބައެއްގެ ކިބައިން ސަލާމަތްވެ ރައްކާތެރިވެ ހުރުން. އޭގެފަހުގައި އިސްލާމްދީނާ ގުޅޭ ރަނގަޅު ޞައްޙަ މައުލޫމާތު ހޯދާ ދީނީޢިލްމު އުނގެނުން.

  64
 3. މ

  އަޅުގަނޑު މީހުނަށް ހައްދުފަަހަނަ އެޅި ގޮވުން ހުއްޓާބަލަ އަޅެ

  27
  1
 4. ހުސޭނުބޭ

  ކަލޭ ތީ ވަރަށް މޮޅު މީހެއްނު! ކަލެޔާ ދިމާލަށް ކިޔަންވީ އެއްޗަކާ ނުކިޔަންވީ އެއްޗެއްގެ ލިސްޓެއް މަޖިލީހުން ފާސްކޮށްދީބަލަ! ކަލޭމެންގެ މެޖޯރިޓީވިއްޔާ!

  49
  1
 5. ކިންގފިޝަރ

  ތިމަންނަ ގެފިލި ބެލިވާހަކަ ނުގޮވާށޭ އަމިއްލައަށް ބުނާނީ ސަބަބެއް އޮތީމާ. އެއްގޮތަކީ ލާދީނީ ފިކުރުގެ މީހަކަށްވުން. އަނެއް ގޮތަކީ ލާދީނީ ކަންކަން ރަގަޅު ކުރުމަށް އެއްޗެއް ބުނުމުގެ އަމިއްލަ ބާރު ކެނޑިފައިވުން. ޕަޕެޓަކަށްވުން. އިރެއްގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއަކަށް ވިޔަސް ލާދީނީ ފިކުރުގެ މީހުނަށް މަމެން ދެކޮޅު.