މަޖިލީހުގެ ރައީސް އެއްވެސް ދަތުރެއްގައި ތަނަކަށް ގެންދެވޭނީ، އެކަމެއް އިންތިޒާމް ކުރާ ފަރާތުން ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދު ހަމަޖައްސައިދިނުމުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮމްބޭގައި އޮތް އެޑެކްސް ޑައިވް ފެއާގައި ބައިވެރިވުމަށް އެމަނިކުފާނު މިއަދު އިންޑިއާއަށް ފުރާވަޑައިގަންވާނެއެވެ. ނަޝީދު ވިދާޅުވީ، އެ ފެއާގައި ބައިވެރިވެވަޑައިގަތީ އެއީ ރާއްޖެއާ ވަރަށް ގުޅުންހުރި ކަމެއް ކަމަށް ފެނިވަޑައިގަތުމުން ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެފަދަ ކޮންމެ ދަތުރެއްގައި ވެސް ބައިވެރިވެވޭނީ ދަތުރުގެ ހަރަދާއި ހުރުމުގެ ހަރަދު ހަމަޖެހުމުން ކަމަށް އެކަމެއް އިންތިޒާމުކުރާ ފަރާތަކަށް ދަންނަވާފައިވާނެ ކަމަށެވެ.

ނަޝީދު ވަނީ މަޖިލީހުގެ ދަތުރުގެ ބަޖެޓު ވަރަށް ކުޑަ ކަމަށް ފާހަގަކުރައްވާފައެވެ.

"އެހެންވީމަ މި މައުލޫމާތު އެހެން ހުރިހާ ފަރާތަކަށް ވެސް އެނގިފައި އޮތުން އެއީ ވަރަށް ބޭނުންތެރި ކަމެއް. މަޖިލިސް ރައީސް ތަނަކަށް ގެންދަވާން ބޭނުންވެވަޑައިގަންވަންޏާ ދެކޮޅު ޓިކެޓާ ހުރުމުގެ ހަރަދު ހަމަޖެހުނީމަ އަޅުގަނޑަށް ތަނަކަށް ދެވޭނީ،" ނަޝީދު ވިދާޅުވީއެވެ.

ނަޝީދު ވަނީ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅަށް ފަހު މަޖިލިހުގެ ދެން އޮންނަ ޖަލްސާއަކަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރޯ

    އިބޫ ޑެއިވެއްގަ ބައިވެރިވީމަ ނަސީދުވެސް ހަމަ ޑައިވެއްގަ ބައިވެރި ވެލައްވަންތޯ ވަޑައިގަންނަވަނީ ، މިކަހަލަ ބޭކާރު ކަންކަމަށް ހަރަދުކޮށް ބަޖެޓް ހުސްވަނީ ؟

    15
    3
  2. ޑީލް

    ނަޝީދު އެންމެ ގިނައިން ދަތުރު ކުރަނީ އިނގިރޭސިވިލާތަށް، އިންޑިއާ އަށް. ދެން ލަންކާ. ހަމަވެރިކަމާއި ހެދި މޮޔަވެފަހުރި ބަޔެއް އެކެރެފާ އާއިލާ އަކީ.

    20
    2
  3. ހުސޭނުބޭ

    ކަލޭ ފައްޅިއަށް ނައިސްގެން ޓިކެޓާއި ހުރުމުގެ ޚަރަދު ހާޑިންހަމް އެބަ ފޮނުވާ!

    14
    1