އިސްލާމް ދީނަށާއި، ދީނީ ޢިލްމުވެރިނަަށް ފުރައްސާރަ ކުރުން މިއަދު އާއްމުވެފައިވާ ކަމަށް، ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ތުލުސްދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުުގެ ގޮތުން، ދިއްފުއްޓަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ފާހަކަފުޅެއްގައެވެ.

"އެތައް ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހިފަ މިއަދު މި ވަނީ. ވަރުގަދަ ވާހަކަތެއް އިޢުލާން ކުރެވިގެން ދިޔަ ކަމުގައި ވިޔަސް، އެއިން އެއްވެސް ކަމެއް ތަންފީޒުވާ މަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ދީނަށް އުފައްސާރަ ކުރުން، ޢިލްމުވެރިންނަށް ފުރައްސާރަކުރުން، މިކަހަލަ އެތައް ކަމެއް މި ވަނީ އާއްމުވެފަ. އެކަންކަމުގެ ހައްލު ސަރުކާރުން ހޯއްދަވައިދެއްވާތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އަދި ހަމައެހެންމެ، މީހުންގެ ހައްޤުތަކަށް އަރައިގަންނަމުންދާއިރު، މީގެ ހައްލެއްވެސް ސަރުކާރުން ހޯއްދަވައިދެއްވާ ތަނެއް ނުފެނޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ޓެރެރިޒަމްގެ ޤާނޫނަށް ގެނައި އިސްލާޙުތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، އެ އިސްލާޙުތައް ފާސްކޮށްފައިވަނީ ޚިޔާލު ފާޅުކުރުމަށް ހުރަސްއެޅޭފަދަ ގޮތަކަށް ކަމަށެވެ.

"ޤާނޫނުތައް ފާސްކޮށް، ޤާނޫނުތައް މަޖިލީހަށް ފޮނުވުމުގެ ބޭނުމެއް ކަމަށް މި ވިދާޅުވަނީ ކަންކަން ރަނގަޅު ކުރުން ކަމުގަ. ނަމަވެސް އެންމެ ފަހުން، މިގެނައި ޤާނޫނުތަކަށް ބަލާކަމަށްވަންޏާމު، ހިތް ހަމަނުޖެހޭ ކަންތައްތަކުގަ ރައްޔިތުން އަޑު އުފުލަފާނެތީ، އެކަންކަން މަނާކުރުމުގެ ގާނޫނެއް އެންމެފަހުން ފާސްވެގެން މި ދިޔައީ. އެއީ ޓެރެރިޒަމް އާއި ގުޅޭ ޤާނޫނުގެ ތެރެއިން ގެނެސްފައިވާ އިސްލާޙުތަކެއް. ނަމަވެސް އެބޭފުޅުން ވިދާޅުވީ، ޑިކޮމްރަސީ އެންމެ ފުރިހަމައަށް ގެނެވޭނީ އެބޭފުޅުންނަށް ކަމަށް." ރައީސް ޔާމީން ވިދާޅުވިއެވެ.

ތުލުސްދޫ ދާއިރާއަށް ރައީސް ޔާމީން އާއި، ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މި ކުރައްވާ ދަތުރުފުޅުގައި ޖުމްލަ ހަތަރު ރަށަކަށް ވަޑައިގަތިމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިންވެސް ރައީސް ޔާމީން ވަނީ ރައްޔިތުންނާއި ބައްދަލުކުރުގެ ގޮތުން ތިން އަތޮޅަކަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޮކް ރެޓްސް

    މިހާރު މިއޮތީ ވަރަށް ވެސް މަކަރުވެރި ސަރުކާރެއް.

    75
    4
  2. ހޭލާ

    ހިތް ހަމަނުޖެހޭ ކަންތައްތަކުގައި ރައްޔިތުން އަޑު އުފުލަފާނެތީ، އެކަންކަން މަނާކުރުމުގެ ގާނޫނެއް އެންމެފަހުން ފާސްވެގެން މި ދިޔައީ. އެއީ ޓެރެރިޒަމް އާއި ގުޅޭ ޤާނޫނުގެ ތެރެއިން ގެނެސްފައިވާ އިސްލާޙުތަކެއް. ނަމަވެސް ބޭފުޅުން ވިދާޅުވީ، ޑިކޮމްރަސީ އެންމެ ފުރިހަމައަށް ގެނެވޭނީ އެބޭފުޅުންނަށް ކަމަށް. ރައްޔިތުން ވާނުވާގަ.

    64
    5
  3. ދޮގުބަޑު

    އާންމެއް ނުވޭ. ހަމަ ކަޑައެޅިގެން ދޮގެއް. ހާލަކުން ފަހަރަކު ފުރައްސާރަ ކުރާ މީހުން އުޅޭ. އެއީ ވަކި ވެރިކަމެއް އޮވެގެން އެމީހުން ކުރާ ކަމެއް ނޫން.

    9
    33
  4. ހަސީލް

    ޔާމީން ވެރިކަމުން ފޭބިތާ މާގިނަ ދުވަހެއް ނުވެ އާންމު ފޯރަމްތަކުގައި ދީނައް ފުރައްސާރަކުރުން ގިނަވެގެން ގޮސްފައިވާކަމަކީ ރައްޔިތުން ދަންނަ ހަގީގަތެއް. އަދި ސަރުކާރުގެ އެކިއެކި ވަޒީފާތަކަށާއި އިސް މަގާމުތަކައް ފާޅުގައި ދީނައް ފުރައްސާރަކުރާކަމައް ތުހުމަތު ކުރެވޭ ފަރާތްތަކެއް އިސް ކުރެވިފައިވާކަަމަކީވެސް ހަގީގަތެއް. ސުވާލަކީ މިހެންމިކަންކަން ހިނގަމުންދާނަމަ މިކަމުގެ އާޙިރުނަތީޖާއެއްގެ ގޮތުން ފިވެހިރާއްޖޭގެ އިސްލާމީ ވަހްދަތައް އަދި އިސްލާމީ މުޖުތަމައުއައް ލިބިގެންދާނީ ކިހާވަރެއްގެ ގެއްލުމެއްތޯއެވެ. އަދި މިކަންކަމާއިމެދު އެއްވެސް އެދެވޭ ފިޔަވަޅެއް ނާޅާ ސަރުކާރަކައް ދިވެހި މުސްލިމް ރައްޔިތުންނައް އިތުބާރުކުރެވިދާނެތޯއެވެ.

    36
    6
  5. 1111

    ޕޯޑިއަމްތަކުގަ އަމިއްލަފުޅަށް ދައްކާފއިވާ ވާހަކަތައް އަޑުއަލާފާ ތިފަދަ ކަންކަމާ ވާހަކަ ދެއްކުން ބުއްދިވެރީ! ކޮންމެ މީހަކުވެސް ދައްކައިިގެން އުޅޭ އެއްޗެއް ފެނާނީ! އަޑި ދެނެވޮޑިގެނވަނީ ﷲ

    15
    18
  6. ކަނީރު

    އަދި އެއަށްވުތެމަތިން ވައްކަންކުރުންވެސް