ދިވެހިރާއްޖޭގައި އިންސާނީ ޙައްގުތަކަށާއި، ޑިމޮކްރެސީ ޙިމާޔަތް ކުރަން ޙަރަކާތްތެރިވާ ޖަމްއިއްޔާ އެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ތައްޔާރުކޮށްފައިވާ “ޕްރިލިމިނެރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ދިރާސާ ރިޕޯޓް ވަގުތީގޮތުން އަނބުރާ ގެނެސް އިސްލާހުކުރަން ނިންމައިފިއެވެ.

އެ ޖަމިއްޔާގެ ރިޕޯޓާއި ގުޅިގެން ގިނަބައެއްގެ ފާޑުކިއުންތައް އެ ޖަމިއްޔާއަށް އަމާޒުވަމުން ދެއެވެ. އަދި އެ ޖަމިއްޔާ ހުއްްޓުުވުމަށް ގޮވާލާ މީސް މީޑިއާގައި ކެމްޕޭންއެއްވެސް ދަނީ ކުރަމުންނެވެ.

މިކަންކަމާއި، ގުޅިގެން އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެ ދިރާސާއަކީ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

"މި ދިރާސާ ރިޕޯޓްގައި ހިމެނޭ ބައެއް ބައިތަކުގައި ބޭނުންކޮށްފައިވާ ބައެއް ބަހުރުވަ އާއި ވާހަކަތައް ގެނެވިފައި އޮތް ގޮތަކީ އެންމެ ރަނގަޅު ގޮތް ނުން ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަމެވެ". އެ ބަޔާނުގައި ވެއެވެ.

އަދި ރިޕޯޓް ގެނެވިފައިވާގޮތުން އާއްމުންގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން ދެނެގަނެ، ރިޕޯޓްގައިވާ އެ ބައިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

"ރިޕޯޓް ވަގުތީ ގޮތުން އަނބުރާ ގެނެސް ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓް އިސްލާހް ކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ". އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެ ޖަމިއްޔާއަކީ އިސްލާމް ދީނަށާއި، ދިވެހި ސަގާފަތާއި ގާނޫނުތަކަށް އިހްތިރާމް ކުރާ ޖަމިއްޔާއެއް ކަމަށެވެ.

"އަދި މީގެ ފަހުން މި ޖަމިއްޔާގެ ފަރާތުން އެފަދަ އަމަލެއް ތަކުރާރު ނުކުރާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވަމެވެ". އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދަސް

    ކޮން އިސްލާހެއް ކުރާކަށް. ފުރައްސާރަ ކުރި އަޒްރާ، ސަކިންދާ، ލީވާން އަށް ހައްގު އަދަބު ދޭން ޖެހޭ

    39
  2. ފައިސަލް

    ފާޑުކިޔަން ފެށީމާ އިޞްލާހުކުރުމޭ ކިޔައިގެން އެކުރަނީ މަތިއޮމާން. އެމީހުންގެ ނިޔަތް އެއޮތީ ސާފުކޮށް ފެންނަން.

    39
  3. ދޮންބެ

    ދިރާސާއެކޭ ކިޔާފައި ކާފަރުން އަނގައިން އަނގަޔަށް އަޅާދޭ އެއްޗެއް ލިޔުނަކަސް މީހަކު ނުކިޔާނެ އެއަކަށް ދިރާސާއެކޭ. މޮޔަ އެއްޗެހި ނުލިޔެ އިސްލާމީ ތާރީޚު އެއްކޮޅުން އަނެއްކޮޅަށް ކިޔާފައި މިނިވަން ސިކުނޑިއަކުން ފިކުރު ހިންގައިގެން ތިކުރާ ދިރާސާއެއް ކޮށްބަލަ.

    33
  4. ހެހެ

    އެމްޑީއެން މިއީ ކިހާ ފެންވަރެއްގެ ބަޔެއް. އަމިއްލައަށް ފަޟީޙަތްވީމަ ދެން ކޯޗެއް އަނބުރާ އިސްލާހު ކުރަން ގެންދާކަށް. މިހާރު އެރިޕޯޓު އޮތީ ޕަބްލިކްގެ އަތުގައި.

    29
  5. ދިވެހި

    އަދިވެސް ނުވިސްނޭތަ އަޚުންނޭ؟ މިޤައުމުގަ އުަޅޭ ނަމުުގެެތެރެއަށް ޑިމޮކްރެޓިކް ކިޔާ ކޮންމެ ބަޔަކީ ލާދީނީ ބައެއް.

    28
  6. އަބޫބެ

    އިސްލާހުކުރިޔަސް ތަޔަމީހުންގެ އަސްލު ވިސްނުން މިއޮތީ ރައްޔިތުންނަށް އެގިފަ.

  7. ދަންނަ

    ރިޕޯޓު ބަދަލު ކުރަންވީވީ ނޫން. ތިވަރުގެ ރިޕޯރޓެއް ލިޔުމުގެ ކުޅަދާނަކަން ހުރި ދީނަށް ފުރައްސާރަ ކުރާ މީހުން ސަރުކާރުގެ ޒިންމާދާރު ވަޒީފާތަކުން ވަކި ކ،ރަންވީ ތި މައްސަލަ ތަހުގީގު ކޮށްފަ

    17
  8. އަބޯ

    މިއީ ވެސް ނަސީދު ގެވެރިކަމުގާ އުފެއްދި ޖަމާއަތެއް

    10
  9. ނަމަ

    އިސްލާހު ކުރަން ފުރުސަތު ނުދީ ތިޔަ ޖަމިއްޔާ އުވާލަންވޫނު އަވަހާ

    11
    1
  10. ޢަލީ

    މިވެރިންނަކީ އިސްލާމް ދީނަށް ބީރައްޓެހި، އިސްލާމް ދީނުގެ ޢަ ދުއްވުންގެ ޕްރޮޕަގެންޑާގެ ޝިިކާރައަކަށް ވެފައި ތިބި ދީނުގެ އަ ދުއްވުންގެ ވާގިވެރިން. މިއީ ރޭވުމެއްގެ ތެރެއިން ހިނގާކަމެއް.

  11. ހިތާމަވެރި

    ތިޔަ ޑިމޮކްރަސީ ނެޓްވޯކަކީ، ހުޅަނގުން ފަންޑު ކޮށްގެން، ދިވެހިރާއްޖެ އިން، އިސްލާމް ދީން ފުހެލުމަށް ހިންގާ ޖަމިއްޔާއެއް! މީ ޙައްޤު ތެދު.

    11
  12. ދުއްޕާނެކޭ

    ދެންވެސް އަދި ކަލޭމެނަށް ރިޕޯޓު ހަދަން ފުރުސަތު ދީގެން ތިބެންވީ؟ މިމީހުން ޖަލަށް ލާންވީ މީ ހަރުކަށި ޓެރަރިޒަމްގެ އަނެއް ފުށް.

  13. Anonymous

    ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފަތުރެނީ އިސްލާމްދީން ރަނގަޅަށް އުގަންނައި ނުދޭތީ އިސްލާމްދީން ރަނގަޅަށް އިނގޭ މީހުން ނުދޭ ނޫންތޯ ހަގުރާމައަށް ޖަމާއަތްތަކާއި ގުޅެން ދުވަހަކުވެސް އަޑުއެހިންތޯ އައްޝޭޚް މިވެނި މީހެއް ގުޅިއްޖެއޭ ހަރުކަށި ޖަމާއަތަކާ ނީވޭނެ މިއަޑެއް ދެންކޮން ރިޕޯޓް އިސްލާހުކުރަން އެންމެ އިލްމުވެރިއެއް ހިމަނައިގެން ކަމަކު ނުދާނެ ތިޔަ ރިޕޯޓް އިސްލާހު ކުރަންޖެހޭނީ އިލްމުވެރިންގެ ޕެނެލަކުން ދެން އެމްޑީއެންގެ މައްސަލަ ކޮމިޝަނަރ އޮފް ޕޮލިސް ބެލީމާ ކަމަކު ނުދާނެ ސަބަބަކީ މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަކީ ކޮންމެވެސް ދުވަސް ވަރެއްގައި އެޖަމިއްޔާގެ މެމްބަރެއް

  14. މާމީ

    ކޮބާ އިލްޔާސު، ކޮބާ ޒައިދު، ކޮބާ އަނިލް، ކޮބާ އިޔާޒު ރާކަނިމަސް ކެވޭ.