ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު 100 ދުވަސްތެރޭގައި ކުރައްވަން ވަނީ ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ވައުދުވެފައެވެ. މީގެ ތެރެއިން އެއް ކަމަކީ އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާފޮށި ދިނުމެވެ. ނަމަވެސް، މިހާރު ސަރުކާރުގެ ރާގު ބަދަލުވެފައި ވާއިރު، ރޭ ނެރުނު ސްޓްރެޓިޖިކް ޕްލޭނުގައި ވާގޮތުން ދެން އެކަންތައް ކުރެވެން ފަށާނީ 2023ވަނަ އަހަރުގައެވެ.

ފުރަތަމަ 100 ދުވަހުގެ ލިސްޓުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާއެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި، ގާތުން ދިނުމާބެހޭ މުހިއްމު ސިއްހީ މައުލޫމާތުތަކުގެ ލުއި ފޮތެއް ހިމެނޭ "ބޭބީ ބޮކްސް" ފޯރުކޮށްދޭން ފެށޭނެއެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ ދަށުން މި ތަކެތި ބެހުން ފުރަތަމަ 100 ދުވަސް ތެރޭގައި ފެށޭނޭ ކަމަށް ސަރުކާރުން ބުނި ނަމަވެސް، 2023ގައި އެކަން ކުރަން ފަށާނޭ ކަމަށް ސަރުކާރުން މިހާރު ބުނުމާއި އެކު އާއްމު ރައްޔިތުން ދަނީ މިކަންކަމާއި މެދު ނުރުހުން ފާޅު ކުރަމުންނެވެ.

ރޭ އިފްތިތާހުކުރެވުނު އެކްޝަން ޕްލޭން އާއި އެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "ކޮންމެ ރައްޔިތަކަށް، ކޮންމެ މީޑިއާއަކަށް ކޮންމެ ދާއިރާއަކުން އަޅުގަނޑުމެންނާއި ސުވާލުކުރަން ފުރުސަތު ލިބިގެންދާނެ. ކޮންކަމެއްތޯ މަޑުޖެހިފައި އޮތީ، ކީއްވެތޯ ނުނިމިގެން އުޅެނީ. އަޅުގަނޑުމެންނާއި ސުވާލު ކުރަން ފުރުސަތު ލިބިގެންދާނެ." ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސޭނުބޭ

    ރައީސް މީހާ ބުނީ ސަރުކާރަށް ތާޢީދުކޮށް މާބަނޑުވި މީހުން 2023 ވަނަ އަހަރު އަންނަންދެން ނުވިހައި ތިބޭށޯ! އޭރުންނޯ ހަދިޔާފޮށި ލިބޭނީ!

    41
    3
  2. އަަލީ

    100ދުވަސްހަމަވަނީ 2023ގައި

    37
  3. ޝައިނާ

    ޕިސްޕިސް މިއޮތީވާ ސަރުކާރެއް ކޮންމެ ކަމެއް 2023 އަށް ދައުރު ނިމެންދެން މަޑު ކުރަންވީނުންތޯ؟ ރައީސް ޔާމީން ތިކަން މާހިކުމަތްތެރިކޮން އަހަރުމެން ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ އެއްވެސް ޝައްކެއްނެތް..ރައީސް ޔާމީންދެކެ ހާދަ ލޯބިވޭ. ތިޔައީ މިގައުމު އާއުސްމިން ތަކަކަށް ހަމަ އެކަނި ގެންގޮސްދެވޭނެ ރައީސް އަކީ ރައީސް ޔާމީން.

    26
  4. ދޮންބެ

    100 ދުވަސް މިހާރު ގުނަނީ އަހަރުންތަ؟

    31
  5. ނަމަ

    ނޫނޭވާ މިގޮތައް ވައުދުވާ މީހަކުއާ މީއުމުރުގަ ވެސް ދިމާވި ފުރަތަމަ ފަހަރު އަޅުގަޑު ހަމަ ކޮސްވެއްޖެ

    38
    • ީއައި

      މީ ޓޫ

      14
      • އޯ

        މީ ތްރީ

  6. އަހްމަދު

    ސުރުޚިގީއި ޖަހާބަލަ ރައީސްސޯލިހު ދޮގުހަދައިފި.

    25
  7. ނުރަބޯ

    ހަހަ.. ކޮބާ ހަދިޔާ ފޮށި ހޯދަން ރީންދޫ ބައިގަނޑަށް ވޯޓްލީ މީހުން. 2023 އަންނަންވާއިރަށް އަނެއްކާ ރެޑީވޭ އަވަހަށް

    22
    • މަ ވިހާނީ...

      2023ގައި މަ ދެން ވިހާނީ...ލަވް ޔޫ ރައީސް...

      2
      2
  8. ސޮމެޮނެ

    ތިލަފަތަށް ވޯޓް އެޅިއްޔާ

  9. ސާރާ

    އޯނޯ ބޭނުމެއްވެސް ނޫން ތިޔަ ހަދިޔާ ފޮއްޓެއް.. 2023 ގަޔޯ ހެހެ..މިއުޅެނީ ކަލޭމެން ހަދިޔާފޮށި ދީގެންތަ ދަރިންވިހާ ބޮޑު މިކުރަނީ.. މީވާ ފިސާރި ފޭކް ސަރުކާރެއް..ރައްޔިތުން ގުބޯ ހައްދައިގެން ފޭކް ވައުދުވާ ސަރުކާރު.. މަހަމަ ހިނި އަންނަނީ މި ސަރުކާރު ބަސްމަގު ހުންނަގޮތުން..

  10. ނޯނޯ

    ތީ ނުވާނެ ކަމެއް!!