މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވަނިކޮށް، އެފަދަ އަމަލެއް ކޮށްފި ނަމަ މުސްލިމުގެ ލޭ ކެކޭނެ ކަމަށް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
އެ ޖަމިއްޔާއިން ނެރުނު ރިޕޯޓުގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އެކަލޭގެފާނަށް ނިސްބަތްވާހެން ބޭ އަދަބީ ބަސްތައް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން އިސްރާޢާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެރިޕޯޓްގައި ހިމަނާފައިވެއެވެ. އެ ރިޕޯޓުގައި މިފަދަ ވާހަކަތައް ހިމަނާފައިވުމާ ގުޅިގެން މީސްމީޑިއާގައި ސިޔާސީ ފަރާތްތަކާއި، ދީނީ އިލްމުވެރިންގެ އިތުރުން ވަކި ވަކި ފަރުދުންވެސް ދަނީ ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންނެވެ.
އެގޮތުން މިއަދު އަލީ ރަމީޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ހަޖޫ ޖެހުމުން ކޮންމެ މުސްލިމެއްގެވެސް ލޭ ކެކޭނެ ކަމަށެވެ.
"ﷲ ގަންދީ ހުވާކޮށްފަ ބުނަން. އަޅުގަނޑުމެންގެ ލޯބިވާ ރަސޫލާ، މުޙައްމަދުގެފާނަށް ފުރައްސާރަކޮށް ހަޖޫ ޖެހުމުން ލޭ ނުކެކޭނެ އެންމެ މުސްލިމެއްވެސް ނުހުންނާނެ،" އަލީ ރަމީޒްގެ ޕޯސްޓުގައި ވެއެވެ.
އޭނާ އެޕޯސްޓުކުރީ ޤުރުއާނުގެ އާޔަތަކާއެކުއެވެ. އެއީ ސޫރަތުލް ތައުބާގެ 66 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައަކީ "ތިޔަބައިމީހުން އުޒުރު ނުދައްކާށެވެ. ތިޔަބައިމީހުން އީމާންވުމަށްފަހު، ތިޔަބައިމީހުން ތިޔަ ތިބީ ކާފިރުވެފައިކަން ކަށަވަރެވެ،".
އިމްރާން އަށް. ވެދުންސަލާމަށްފަހު ދަންނަވަމެވެ. ދުނިޔޭގެ އެދުންވެރިކަން ދޫކޮށްލާ ހައްގުބަސް ނުބުނެ ހަނު ހުންނެވުން މިއީ ހަމަ އިއްތިފާގެއްތޯއެވެ. ހެޔޮ ވިސްނިވަޑައިގަތީ ހަމައެކަނި ނަޝީދުގެ ވެރިކަމުގައި ތޯއެވެ. ކޮންމެތާކު ހުންނެވިނަމަވެސް ހައްގު ހައްގައް ހައްދަވާދެއްވާށެވެ.
ލޭ ނުކެކޭ ނަމަ ރަސޫލާ ދެކެ ވަނީ ހަގީގީ ލޮއެއްބެއް ނޫން
ގަމާރުންތަކާއެވެ. ނަބީ ރަސޫލުކަންލިބިވަޑައިގަތުމަކީ އެކަލޭގެފާނުގެ ދީނީތައުޔުފިޔަވާ ދެން އެހެން ރައުޔެއް އޮވެގެން ނުވާނެކަމުގެ ދަލީލެވެ.
އިމްރާނޫ
އަހަރުމެން އުޅެންވީ ގޮތް ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުން ވަރަށް ސާފުކޮށް އެއޮތީ އެގެން، މީހުން މަގުފުރައް ދަން ކޮންރިޕޯޓެއް ނެރޭކަށް، މިފަ ދަ މީހުންނަށް މާތްﷲގެ ކޯފާ ވަގުތުން ނައަންނަނީ އެކަނލާގެ އޯގާވަންތަ ވެރިކަމުން، ބާކީ އޮތް ވަގުތު ކޮޅުގަވެސް މާތްﷲގެ މަގަށް ރުޖޫޢަވެ ތައުބާވުމަށް ގޮވާލަން.
މަށަށް ހެވެނީ މިހާރުގެ ޕޮލިސް ކޮމިޝަނަރަށް ހުރި މީހާ އެމްސީ ހަމީދު އިންވެސްޓިގޭޓުކުރަން ޖެހޭތީ! އެމްސީ ހަމީދަކި އެމްޑީއެން ގެ އެއް މޫ.
ދެން ތިބޭ ރާކަނިމަސް ކާން. އިޔާޒާއި، އިލްޔާސާއި، އިމްރާނާއި، ޒައިދުއާއި، މައުމޫނާއި، ގާސިމާއި، ވަހީދުބެއާއި އެމްޑީޕީގެ ލާދީނީ ފިކުރާއި ޑީލްތައް ހެދިއިރު ވަރަށް ހެވިފަ ތިބީ. މިއަދު ރަކިވެ ރާކަނިމަސް ކާން ޖެހުނީމަ އެމީހަކު ޖެހުނުތާކަށްވަދެ ހުރިހާ ދުއްޕާނެއް އަޅުގަނޑުމެން ރައްޔިތުންނަށް ދީފަ ފިލީ. އިސްލާމްދީން ހިމާޔަތްކުރުމަކީ ހަމައެކަނި ފަގުޑި އެޅުއްވި ދީންވެރި ބޭކަލުންގެ ޒިންމާއެއް ނޫން. ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ލާޒިމު ކަމެއް. ކޮންމެހެން ދީނީ ބޭފުޅުން މިވެނި ކަމަކާއި ދޭތެރޭ ބުނާނީ ކީކޭތޯ ނުވަތަ މިވެނި އެވެނި ކަމެއް ކުއްވެރިކުރޭތޯ ބަލާކަށްވެސް ނުޖެހޭ. މި ލާދީނީ ސަރުކާރަށް ދުއްޕާންކޮށް، މި ބަލާވެރިކަމުން އަޅަމެން ސަލާމަތްކުރައްވާތޯ ޖާނާއި މާލު ދީގެންވެސް ގުރުބާންވާންވީ!
ބޮޑަށް ދެން ޔާނު ނުގެނިވިގެން ތިބއުޅެނީ ދޯ.ނުާނެ ތި ކަމެއް ހާބީ މޯޔަ ކަލޭގެ
މިމީހުން ހިތުން މީ ހަމަ އޭގެ މީހުން ދޯ؟
އަދާލަތަކައް މިކަމެއްނުވާން ނަންބަދަލުކުރޭ ޕާޓީގެ ޝޭޙް އިމްރާން ކޮބާތޯ ހޯމްމިނިސްޓަރުގެ ބާރުތައް މެންޑޭޓް އިގިލައްވާތޯ؟ މިޖަމްއިއްޔާއައް ކީވެގެންބާ ފިޔަވަޅު ނޭޅެނީ ކޮބާތޯ މިމީހުންނައް ފަންޑުކުރާބަޔަކީ؟ ކޮބާތޯ މަޖްލީހުގައި އޮއްނަ ޤަޢުމީ ސަލާމަތާބެހޭ ކޮމެޓީ؟ ކަލޭމެން އެއްމެންވެސް މިކަމުގައި ސާމިލްވަނީތޯ އަނެއްކާ؟ ކީވެގެންބާ ޕްރެސްކޮންފަރެންސް އެއް ނުބޭއްވީ ޖަވާބުދާރީވާންޖޭހޭ އެބަ؟ ކޮބާތޯ އިދިކޮޅޮ ޕާޓީތައް ސަރުކާރު ޒިންމާދާރު ކުރުވާމީހުން؟ ކޮބާތޯ ޤާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީގެ ލީޑަރު؟ ކޮބާ ކާނަލް ނާޒިމްއާ އަބްދުﷲ ރިޔާޒް ޖަމީލްމެން ދައުރު ކީވެގެންބާ ނުފެންނަނީ ؟ ކޮބާތޯ ސިފައިންގެ އިސްވެރިން މިޤަޢުމު މިއޮއް ފަސާދަ ކުރަނީ ބަޔަކު ހޭއަރާ ޤްރޭންޑް އެޖެންޑާއަކީ އެއީ
ރަސޫލާއަސް ފުރައްސާރަކޮށް ހަޖޫޖަހާމީހުނާއިމެދު ' މިހާރުން މިހާރަށް ޤާނޫނުގައި ބުނާއެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރަށާއި ކަމާބެހޭ ހުރިހާ ފަރާތަކަށް ގޮވާލަން!!!
މައުފަށް އެދޭވަރުގެ ދީނާއި ހިލާފު ވާހަކަ ދެއްކި ބަޔަކު ތިޔަބުނާ ތަނެއްގައި ދިވެހިންގެ ޓެކްސް ފައިސާއިން މުސާރަ ދޭގޮތަށް ބައިތިއްބައިގެން ނުވާނެ
އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތައް އަދާލަތުގެ ކުރިމައްޗަށް ގެނައުމާއި ޙައްޤު އަދަބު ދިނުމަށް ގޮވާލަން.
ލާދީނީ ޓެރަރިސްޓުންތައް ހިފާ ހައްޔަރުކޮއް އަދަބުދީ .
ދިވެހިންވަނީ ޖީއެމްއާރުވެސް މިތނުން ފޮނުވާފަ މިއީ އެއަށްވުރެ މާބޮޑުކަމެއް މިކަމުގައި ދިވެހިން ތެދުވަންޖެހިއްޖެ މިހާރު
ރަސޫލާއަށް ފުރައްސާރަ ކުރާ މީހަކަށް މާފު ދެވޭނެ އެއްވެސް އިންސާނެއް ނުހުންނާނެ. ޝުކުރިއްޔާ އަލީރަމީޒު
ޙީނުކުރާތި މިގައުމުގަ ލާދީނީ ފިކުރު ފެތުރޭނެއޭ، އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އެކަމެއް ނުވާނެ، ނުވެސް ކުރެވޭނެ، ކުރަފި ސިކުނޑި ނެޓްވޯކް .... އިންސާނުންގެ ސިފަވެސް ޖަހާފާޑުގެބައެއްނޫން ހީވަނީ ސައިތާނުންތަކެއްހެން ކުރަފި ސަހިންދާ....
"މިނިވަން ފިކުރު" (ލާދީނިއްޔަތު) އާ ދެކޮޅަށް އޮތް އެންމެ ބޮޑު ހުރަހަކީ އިސްލާމްދީނުގެ ދަޢުވަތު ފެތުރުއްވުމުގައި މަސައްކަތް ކުރައްވަމުންގެންދަވާ އެދީނުގެ ޢިލްމުވެރިންކަމުގައި ވުމާއެކު، އެ ޢިލްމުވެރިން ކަސްތޮޅުއެޅުވުމަށްޓަކައި ބިންދާލި "ޓެރަރިޒަމް" ގެ ޤާނޫނު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާނެކަމާމެދު ޝައްކު ނުކުރާށެވެ.
އެ ޤާނޫނުގެ ދަށުން "މިނިވަންފިކުރާ" ދެކޮޅަށް ބަސްބުނާ ކޮންމެ ޢިލްމުވެރިއަކު ހައްޔަރުކޮށް އަދަބު ދޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެނީ، އެ ޤާނޫނު ގެ ފޮރުވިފައިވާ ބޭނުމަކީވެސް، މަޤުޞަދަކީވެސް އެއީއެވެ.
ދެން މިކަމާ އުފާކޮށް ތަކުބީރު ކިޔާބަޔަކު ތަކުބީރު ކިޔާށެވެ. ޝުކުރުގެ ސަޖިދަ ޖައްސަވާ ބަޔަކު އެކަންވެސް ކުރާށެވެ.! ބޯމަތީގައި ނަގާފައިވާ ކަޅު "ވިލާގަނޑު" ގެ ބޮޑުކަން ދިވެހިންނަށް ނުވިސްނޭތީ ހިތާމަ ކުރަމެވެ.!
އެތީސްޓުންނަކީ އެމީހުން އެމީހުންނާއިގެން އުޅޭ ބައެއް. ޢެހެންމީހުންގެ ދީނާއި އުސޫލުތަކާއި ސުލޫކުތަކަށް އިހުތިރާމް ކުރާބައެއް. ރާއްޖޭގައި އުޅޭ އެތީސްޓުންނަކީ ހަމަ ސީދާ އިސްލާމްދީނާއި ޖައްސާލައިގެން އުޅޭ ބައެއް. މަޖާ ކަމަކީ މި ސިޔާސީ މީހުންގެ ނެޓްވާރކްގައި މިވެރިން އުޅޭތީ. އަނެއްކާ އިނގިރޭސިވިލާތުގެ ފަންޑިންގް ފާދާރސް ބަވަނީބާ؟