އއ. ތޮއްޑޫގައި މިއަދު ހެނދުނު ހިނގި މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 26 އަހަރުގެ ފިރިހެނަކަށް ކަމަށާއި، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީގައި އަނިޔާ ލިބުނު މީހާގެ ބޯ ފަޅައިގެން ގޮސް، އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި އޭނާއަށް އެރަށު ހެލްތް ސެންޓަރުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ އެމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ތޮއްޑޫގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ނަމަވެސް އެ މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެސްއޯ ސަކަރައި

    ފުލުހުން އައްނަންވެގެން ހިފި ސްޕީޑް ބޯޓް ޕެޓްރޯލް ހުސްވެގެން ވެލިގަނޑު ކައިރިޔަށް ނިވުނީމަ ދެން ކޮން ފޮންޏެއް ކަނޑާކަށް...!