ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަކީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އެއްވެސް މަގާމެއްގައި އަދާކުރައްވާ ބޭފުޅެއް ނޫން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިގޮތަށް ވިދާޅުވެފައި ވަނީ، މީސް މީޑިއާގައި ކޮމިޝަނަރު އޮފް ޕޮލިސްގެ ޓްވީޓާ އެކައުންޓުގައި އެމަނިކުފާނަކީ އެމްޑީއެންގެ ބޯޑު މެންބަރެއް ކަމަށްބުނެ އެމަނިކުފާނުގެ ޕްރޮފައިލްގައި ލިޔެފައިވާތީ އެ ޕްރޮފައިލްގެ ސްކްރީން ޝޮޓްުތަކެއް ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ މައްސަލައާ ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ ފުލުހުން ވަޒީފާ އަދާ ކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް ކޮމިޝަނަރު އޮފް ޕޮލިސް އަދާ ނުކުރައްވާ ކަމަށެވެ.

އަދި ފުލުހުން ވިދާޅުވީ، ކޮމިޝަނަރު އޮފް ޕޮލިސް ވެސް އަދި އެހެނިހެން ފުލުހުންވެސް ފުލުހުންގެ ވަޒީފާ އަދާކުރާ ހިނދު އެ އިދާރާގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ. އަދި އެ އުސޫލާއި ހިލާފުވާ ފަރާތްތަކަށް ފުލުހުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މައްސަލަ ބަލާނެ ކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި، ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ދައްކާ ނެރުނު ރިޕޯޓާއި ގުޅިގެން އެ މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ހާލާ

  ކޮންތާކު. އަހަރުމެން ގުނބޯ ހައްދަން ނޫޅޭ. ދީނާ ކުޅެން ނޫޅޭ ކަލޭމެން އެހެން އެއްޗަކާ ކުޅެބަލަ.

  22
 2. ޟ

  މިހާރު ނޫ ޅޭ ކުރިން އުޅުނު ދޯ..... ކައިގެންނޭ ފުރާނީ ނުކައި ނުފުރާނަމޯ،،،،،،،،

 3. މއާޒު

  މަށައްފެނޭ އަލުން މިމީހުންނައް ހުވާލާދޭން

 4. ހަމަހަމަ

  ޜާއްޖޭގަ ހުރިހާ "މިނިވަން މުއައްސަސާއެއް" ހުންނާނީ މިހެން. ޢުޅޭނީ ވަކި ބަޔަކާ އެއްކޮށް ، ހުންނާނީ ވަކި ފިކުރެއް ، ދައްކާ ވާހަކަވެސް އެކައްޗެއް. ބައެއްފަހަރު މިނިވަން މުއައްސަސާއަށް ވަންނަންވީމަ ޕާޓީއިން ވަކިވާތަން އާ ދެ. ޢާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ ތިއީ ހަމަ އެމީހުންގެ ފިކުރުގެ އަމާލީބައި ތަންފީޒުކުރަން ހުންނަ އެކަކުކަމަށް.

  މިއީ އަޅުގަނޑުގެ ހިޔާލު. ކުއްވެރިވާނެބާ ޕާލަަމަންޓު މެމްބަރަކަށް ނުވީމަ ؟

 5. ސަޓޯ

  ތިބުނީ ހެޔޮކޮށް. އެއީ އެމްޑީއެންގެ ޑޯގެއް

 6. އައްޑޫ މީހާ

  ދޮގު ހަދާނެކަމެއްނެތް ހަމީދަކީ ރާއްޖޭގައި އެހެންދީންތަކަށް ޖާގަދޭންޖެހޭ ކަމަށް ތަކުރާރުކޮށް ވާހަކަ ދައްކާފައިވާ މީހެއް ހަމީދު ބޮލުން ކަޓުވަން ނޫޅޭ ދޮގު ހުވާކުރާ މީހެއް ދެން ރަނގަޅެއް ނުވާނެ