އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ކޫލް ކަމެއް ނޫން ކަމަށް ޔޫތް މިނިސްޓަރު، އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިމިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނާ ޚިލާފު އަދި އިސްލާމް ދީނަށް ފުރައްސާރަކޮށް ހިމަނާފައިވާ ބައެއް ކަންތައްތަކާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުން އެކަން އެއްވެސް ދިވެހި ރައްޔިތަކަށް ބަލައިނުގަނެވޭނެ ކަމަށެވެ.

"އިސްލާމް ދީނަށް އަދި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން އަޅުގަނޑަށްވެސް އަދި ދިވެހި އެއްވެސް ރައްޔިތަކަށް ބަލައިނުގަނެވޭނެ. ބައެއް ފަރާތްތަކަށް އިސްލާމްދީނަށް ޖޯކު ޖަހާ ފުރައްސާރަކުރުމަކީ މާ މޮޅު އަދި ކޫލް ކަމެއް. އެކަމަކު އެއްވެސް ސަޅިއެއް ނޫން. އަދި ކޫލް އެއްވެސް ނޫން،" މަހްލޫފް ކުރެއްވި ޓްވީޓުގައި ވެއެވެ.

މިނިސްޓަރ މިހެން ވިދާޅުވި އިރު ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންވެސް ވަނީ އެ ޖަމާއަތުން ނެރުނު ރިޕޯޓު ކުށްވެރިކޮށްފައެވެ. އެގޮތުން އެ ޖަމާއަތަކީ ނިރުބަވެރި ޖަމާއަތެއް ކަމަށްވެސް ބައެއް އިލްމުވެރިން ދަނީ ބުނަމުންނެވެ.

އެ ރިޕޯޓާ ގުޅިގެން އެމްޑީއެން އިން މައާފަށް އެދިފައިވީ ނަމަވެސް އެފަދަ ރިޕޯޓެއް ނެރެފައިވަނީ ރާއްޖޭގައި އިސްލާމް ދީން އޮތުމުން އެކަމާ ކަންބޮޑުވާ ބައެއް ކަމުގައިވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަބޫ މުޙައްމަދު

    "އެމްޑީއެން" މި ޖަމްޢިއްޔާއަކީ "އަނެއް ދިވެހިރާއްޖެ" އާއި "އެޖެންޑާ19" އާއި "ޖަޒީރާ ރާއްޖެ" ތަންފީޒުކުރުމުގައި އެމްޑީޕީއަށް އެހީތެރިވާން އުފެއްދި ޖަމްޢިްޔާއެއްކަމާއި އެ ޖަމްޢިއްޔާގެ އިސްމީހުންނަނީ މި ސަރުކާރުގެ އިސްމީހުންކަމަށް ބުނެފިއްޔާ އެ މައްސަލަ ބަލާނެއެވެ. އެހެންވެ އެކަން ރަނގަޅަށް އެނގި ހުއްޓަސް އެ ވާޙަކައެއް ނުބުނާނަމެވެ. ބިމުތެރެއަށް ބޯކޮށްޕައިގެން ކަންފަތަށް އުނގުރިޖަހައިގެން ވަޒީރުކަން ޙިމާޔަތްކުރާ "ޝިމްރާނަބްދުﷲ" އާއި އިސްލާމިކް މިނިސްޓަރަށް ވެސް ޕްރެޝަރ ބޮޑުވެ ކެތް ނުވެގެން މި ކަމާ އެއްޗެކޭ ބުނީތީ ވަރަށް ފިނިފިނި ޝުކުރެއް ރައްދުކުރަމެވެ.

    12
  2. ދަންސޫރަ

    ރިސްވަތު ހިފުމަކީ ކޫލް ކަމެއް ދޯ

    11
    2
  3. ސޯޕް ލައިޓް ބްރަދަރ

    ތިމާމެންގެސައިޒު ހަނދާންނައްތާނުލާ!! ﷲގެކޯފާއަށް ބުރުވެތިވެބަލަ!!

    13
  4. ކެޔޮޅު

    މަހޭއައް ކޫލްނުވިޔަސް އޯކޭ ވެއެއްނޫންތަ؟

    10
  5. ބޯގޯސް

    ކަލޭ ހުރޭ ކޫލްވެފަ

    9
    1
  6. ރީލޯޑޭ

    ކީ ީ ީ ކޭ ޭ ޭ ޭ ޭ ޭ؟ ހަހަހަ ރީލޯޑަކަށް ބޭނުން ޖެހުނީ އޮތަ؟ އިސްކާހިއްޔާއިންވެސް މިއިއްޗަށް ލަދުހަޔާތް ދަސްކޮށްދިންނަމަތާ. އެމްއެމްޕީއާރްސީ ވަގު.

  7. ކަނީރު

    މިނިސްޓަރ މަހްލޫފް ރަނގަޅުވާހަކައެއް ވިދާޅުވީމަ ކަލޯމެންނަށް ކަމުނުދަނީ ދޯ؟ މިބައިގަނޑު އަބަދު ވިސްނާނީ ނެގެޓިވްކޮށް. މަހްލޫފް ހާސް ނުވާެ އަހަރެމެން މިތިބީ މަނިކްފާނާއި އެކު. ބާރަށް ކުރިޔަށް

  8. ކިންޑޯ

    ކަލެޔައް އަދިވެސް ނިއީ ކޫލް ކަމެއް ނޫނޭ ދޯ ފެންނަނީ.. މިއީ ކަލޭގެ ނަޒަރުގައި ފެޝަނެއް އަތް ބަދަލެއް ކަހަލަ ކަމެއް ދޯ.. ތިޔަ ބަހުރުވަ ބޭނުންކުރަން.

  9. ވަންސަނީ

    މަހްލޫފަށް ކޫލްވާނެ ފުރައްސާރަ ކުރާ މީހުންނާ އެކީ ސެލްފީ ނެގުނީމަ

  10. އަމަރު

    ލަނޑަޔާ ވަނީ ލަނޑަޔާއޭ ބުނާތި އަހަން

  11. އައްޑޫ މީހާ

    ދީނަށް ކޫލްކޮށް ފުރައްސާރަ ކުރާ ބައިގެ ކުދިންނާއެކު ކޫލްކޮށް ތިޔަ އުޅުއްވަނީ އެކަމަކުވެސް އިސްލާމްދީނުގެ ހައްގުގައި ކުޑަނަމަވެސް ބަހެއްބުނީތީ ކުޑަކޮށް ކޫލްކަން ފެނިއްޖެ އަދި އިތުރަށް ހޮޓްކަން ދައްކާލަން ރައީސް އިބިރިހިމާ ގާތު ބުނެދީބަލަ މިކަމާއި ގުޅިގެން ކޮންމެވެސް އެއްޗެކޭ ބުނެބަލާށޭ ގަނޑެއްގަ ލިޔެގެން ގޮސް ދީފަ ކިޔާލާށޭ ބުންޏަސް އޯކޭ

  12. ކެސްޑީޕީ

    ތޭންކްސް މަހްލޫފް.