މާލޭ ހަލި މަގު (ރިންގް ރޯޑް) ގައި މިރޭ ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް މަގުގެ އެއް ފަރާތުގައި ހުރި ކަރަންޓް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގީ މިރޭ 20:35 ހާއިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެންނެވެ.

ސައިކަލް ޑިސްޓްރިބިއުޝަން ފޮށީގައި ޖެހުމުން އެފޮއްޓަށާއި، ސައިކަލަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ނަމަވެސް މީހަކަށް ސީރިއަސް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންދެރި

    ފޮށި ތަކުގެ ހާލު ދަށެވެ.

    3
    1
  2. ާަޕޮގުބާ

    މާމ މަޑް ދުއްވާލެއް ލިބުނު އަނިޔާވެސް މާކުޑަ ކުރިޔަށްވުރެ ދުއްވުންބާރު ކުރޭ