އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި އިންޓަނެޓްގެ އަގާއި ހެޔޮ ކުރުމުގައި ދެން ކުރަން ހުރި ކަންތައްތައް ކުރަން ޖެހޭނީ ރައީސް އޮފީހުން ކަމަށް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަލީހް މިހެން ވިދާޅުވީ އިންޓަނެޓްގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ފަށާނީ 2021 ވަނަ އަހަރު ކަމަށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ބުނެފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މިނިސްޓަރ މަލީހް "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް އެ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި، މިދިޔަ ޖޫން މަހުގެ 19 ގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނަށް އެ ނިންމުންތައް ފޮނުވާފައިވާ ކަމަށެވެ.

އެހެކަމުންދެން ކުރަން ޖެހޭ އަމަލީ މަސައްކަތްތައް މިނިސްޓްރީން ކުރާނީ ރައީސް އޮފީހުން އެކަމަށް އިރުޝާދު ދިނުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެން މިކަމާ ގުޅޭގޮތުން މި ވަގުތު އަޅުގަނޑުމެން ކުރަންޖެހޭ އިތުރު މަސައްކަތެއް ނެތް. އިންޓަނެޓް އަގުހެޔޮ ކުރުމަށް މިހާތަނަށް އަޅުގަނޑުމެން ކުރީ ވަރަށް ބުރަ މަސައްކަތްތަކެއް. އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އެންމެން އެއް މޭޒަކަށް ގެނެސް، އެންމެން ވެސް އެއްބަސްވާ އަގަކަށް އެކަން ކުރީ،" މަލީހް ވިދާޅުވި އެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދެކެވެ. އަންނަ މަހު ސަރުކާރަށް އެއް އަހަރު ފުރޭއިރު އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދު ނުފުއްދޭނެކަން މިހާރު ވަނީ ކަށަވަރު ވެފައެވެ. އަދި ސަރުކާރުގެ ސްރެޓީޖިކް އެކްޝަން ޕްލޭންގައި ވެސް އެމަސައްކަތް ކުރަން ނިންމާފައި އޮތީ 2021 ވަނަ އަހަރު އެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން މިސަރަހައްދުގައި އެންމެ ގިނަ މީހުން އިންޓަނެޓް ބޭނުންކުރާ އެއްގައުމަށް ވީނަމަވެސް މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޓަނެޓްގެ އަގު އެންމެ ބޮޑު ގައުމަކީ ރާއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހްމަދު

    މިކަލޭގެ އެބަޖެހޭ ވ އަވަހައް ނަފްސާނީ ކަންތަކާބެހޭ ޑރ ދައްކާލަން މޮޔަގޮވާވަރުން

    28
  2. އަހުމަދު

    ބަލަ ނުވާނެ އުރީދޫ އަާއި ދިރާގަކީ އެެއް ކުންފުންޏަކުން ހިންގާ ދެތަން ... ތިޔަ އޮތީ ބެޓަލްކޯ މީހުންގެ ދަށުވެފައި ތިޔަ ކަމެއް ނުވާނެ ރައީސް ޔާމިން ނިންމެވިގޮތަށް އެެމެރިކާ ކުންފުނިން އޮތީ މިއަހަރު ރާއްޖޭގައި ޚިދުމަތް ދޭން 100 ޖީބީ ސްޕީޑްގައި އެކަމުގެ އެއްބަސް ވުން ވީ އެޗް ޑީ ސީ އާއި އެތަނާ ސުވާލު ކޮށްލަބަލަ ނޫސްވެރިން އެމަސްރޫޢު ވަޅު ޖެހީތޯ އެކަން ވީ ކިހާ ހިސާބެއްގައިތޯ ....އަބަދު މަލޭހާ ކޮންސުވާލެއްތަ މިކުރަނީ .. ކޮބައިތަ އުފާވެރިކަމުގެ ޚަބަރު ދޭނަމޭ ގޮވި އަލީ ސާލިހު ތަރުޖަމާނު ކަން ޕާޓީން އަތުލީމާ ނިދީތަ ... ކޮސް މުކޮސް

  3. ސޮފްވާން

    ކޮބާބާ އަލީ ސޯލިހު . ދެންއޭނަ ކިޔާނީ ކޮންލަވައެއްބާ. މީހާއާއި ނުބައް ދަލު ބޮޑެތި ވާހަކަ ދައްކާތި.

    25
  4. އަހުމަދު

    މަލީހަކަށް އެއްކަމެއް ވެސް ނުވާނެ ...ޖަޕާނު ސަރުކާރުން ރާއްޖެއަށް ބެޑްމިންޓަން އިންޑޯ ހޯލެއް ހަދިޔާ ކުރަން ނިންމާ އެކަމުގެ އެޕްރޫވަލް ސިޓީ އަށް މީނާގެ ޔޫތު މިނިސްޓަރ ކަމުގައި ޖަވާބު ނުދެވި މޭޒުމަތި ގައި ސިޓީ އޮވެ މުއްދަތު ހަމަވީ ރައީސް ޔާމީނަށް އެކަން އެނގިވަޑައިގަތީ ޖަޕާނު ދަތުރުފުޅުގެ ތެރޭން .. އެކަމާ ސުވާލު ކުރުމުން މީނާ ބުނީ އެސިޓީ ނުވެސް ދެކެމޭ މިވަރުގެ ދޮގުވެރިން މިތިބީ...... މިއީ ދޮގެއްތޯ ޖައިކާ އަދި އޭރުގެ ޔޫތު މިިނިސްޓްރީގެ ޕީ އެސް އާއި ސުވާލު ކޮށްލާ އަދި ބެޑްމިންޓަން އެސޯސިއޭޝަން ގައި ވެސް މިކަަން އިނގޭ ދަންނަ މީހުން އެބަތިބި .....

    6
    1
  5. ޛަމީލު

    އަންނައަހަރު ކުރީކޮޅު ބުނާނެ އިންޓަރނެޓް އަގުހެޔޮކުރެވޭނީ މާލޭ މުނިސިޕަލްޓީ އަށޭ.ކިހާދެރަކަމެއް.ނުވަންޏާ އިސްތިއުފާދީބަލަ.މިރީޖަންގަވެސް މިއަށްވުރެން އަގުބޮޑު ތަނެއްނެތް.

  6. ސިރާޖު

    ނުވާވަރުން ނޫޅެންވީނު

    13
  7. އަޖައިބު

    މިހާވަރުން ދަންޏާ ދުވަސްކޮޅަކުން ބިލު ދައްކަން ދާންޖެހޭނީ ރައީސް އޮފީހަށް ކަންނޭންގެ.

  8. އައްޑޫ މީހާ

    ދެން ރައީސް އޮފީސް އެއީ ބިންމަތީގަހުރި ބޮޑު އިމާރާތެއް އެތާގަ އެތެރޭގަ ތިބެނީ ކަލޭމެން ދެން ކޮންގޮތަކަށް އޮފީސް އެކަންކުރާނީ؟ ތިޔަކަން ނުވާވަރުން ކުރާނަމޭ ކިޔާފަ ބޮޑު އިމާރާތެއްގެ ވާހަކަ މިހާރު ތިދައްކަނީ ކުރަން ތިބީ ކޮންބައެއް؟ ނިކަން ބުނެދީބަލަ ރައީސް އޮފީހުގެ ކޮން މިނިސްޓަރަކަށް ނުވަތަ ކާކަށްކަން އެކަން ކުރެވޭނީ