މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން އިސްލާމްދީނަށް ފުރައްސާރަކުރީ އޮޅިގެން ނޫންކަމަށާއި އެޖަމިއްޔާގެ އިސްފަރާތްތައް ހިފާ ހައްޔަރުކުރަން ޖެހޭ ކަމަށް ރާއްޖޭގެ އެންމެ ބޮޑު މިސްކިތް މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު) ގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވާލައްވައިފިއެވެ.

އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން އަކީ ސްޓޭޓް މިނިސްޓަރެކެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ޖަމިއްޔާއިން ތައްޔާރު ކުރި ރިޕޯޓެއްގައި ޤުރުއާނަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާ މައްސަލަ ބޮޑުވެފައިވަނިކޮށް އިބްރާހިމް ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީއެމްއަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ލާދީނީ ޖަމާއަތްކަމަށާއި، މި ޖަމާއަތުގެ އިސްފަރާތްތައް ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

"އެމީހުން (އެމްޑީއެން) އިސްލާމްދީނަށް ކުރާ ފުރައްސާރަ އަކީ އޮޅިގެން ކުރެވުނު ކަމެއްނޫން. އެއީ ދިވެހި ފަސްގަނޑުން އިސްލާމް ދީން ފޮހެލުމަށްޓަކައި ލާދީނީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ބޮޑު ޖަރީމާއެއް" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ހިލާފު ވާހަކަތައް ހުރުމުން ވަރަށް ގިނަ ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުން ކުރަމުންނެވެ.

އެމްޑީއެންގެ މައްސަލަ ތަޙްޤީޤު ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެދުނު ނަމަވެސް ފުލުހުން މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާކަމަށެވެ.

ނަމަވެސް ފުލުހުން ގެންދަނީ އެމްޑީއެންގެ ސީނިއާ މެންބަރުނަށް މީސް މީޑިއާގައި އިންޒާރުދީ ނަފްރަތު އުފެދޭ ގޮތައް ވާހަކަދައްކާ މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ފާދިގު މަކުނު

    ހައްގުބަސް ބުނު މުގެ ވަރުގަދަ އި މާމ މެއް މީ
    އި މްރާނު ނަގުލުގަ ކިބޫ ދަތްއަޅާތީ މިވަރުވެސް ކޮއްލަން ނުކެރުނު !!!!!!
    ދީނަށް ފުރަސާރަކުރީ އޮޅިގެނެއްނޫން އަދި މިކަން ގަސްތުގަ ކުރާ 25 ވަރަކަށް ޅަ މީދާ އެބައުޅޭ މިއެއްޗެހި ހަން ނޮޅު މަށްފަހު މާކިބުލައް ކާންދޭންޖެހޭ!!!

    127
    • ތްރީއެލް

      ބައްލަވާ އިމްރާން މަނިކްފާ
      ނު ބަސްހުޓުނީތޯ

      20
      1
  2. ބޮއްކޮ

    ގައުމުގެ ވެރިންނަކީ ފިނޑި ބައެކެވެ. އިސްތިއުފާދީފައި ގެއަށް ވަޑައިގަންނަވާ!

    52
  3. Anonymous

    މުރުތައްދު ޔާމީން ރަޝީދާއި މުރުތައްދޔ ރިލްވާން މެން ދީނަައް ފުރައްސާރަ ކުރަމުން ދިޔައިރު އެނގުނުބާ. މިބައިމީހުން ކޮންމެ ފަހަރެއްގައިވެސް ފިޔަފަޅަނީ ލާދީނީ އެމްޑީޕީގެ ވެރިކަމުގައި. ކެންސަރު ޖެހިއްޖެ ކަމުގައި ވަނީ ނަމަ އޮތީ ކީމޯ ނުވަތަ ރޭޑިއޭޝަން ދީގެން ރަނގަޅޫ ކުރުން. ނުވެއްޖެ ކަމުގައި ވަނީނަމަ ގުނަވަން ބުރިކުރުން.

    36
    1
  4. ބުރޯ

    މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ ހައްގު އަޅުގަނޑުމެނަށް މައާފެއްނުކުރެވޭނެ. އެބަޔަކުގެ ތަހުގީގު ހިންގާ އިސްލާމްދީނުގާ ކަނޑައެﷲިފައިވާގޮތުގެ މަތީން ސަރީއަތްހިންގާ ތައުބާ ލައިދޭންޖެހޭނެ.

    46
  5. ވާން އަޒީޒާ

    ކިހިނަކުން ހައްޔަރު ކުރާނީ. ފުލުސް އޮފީސް ހަވާލުކޮށްފަަައި އެވަނީ ދީން ވިއްކާފަ ޝަހިންދާ އަތުން ހަށިގަންނަ ހަމީދަށް. ގައުމު ވިއްކާފަ އިންޑިޔާ އަތުން ލާރި ނަގައިގެން މިއަދާ ހަމައަށް ދިރިއުޅުން ހަމަޖެއްސި ގައްދާރު އެމްސީ ހަމީދަށް

    45
  6. މއާޒު

    އިމްރާން ފެއިލވެއްޖެ މިހާރު

    40
  7. ތާއީދު

    މަނިކުފާނު ތިޔަ ވިދާޅުވީ ހެޔޮކޮށް. އެ ޖަމްޢިއްޔާގެ އިސްވެރިން ހައްޔަރުކުރަންޖެހޭ. އަދި ޖަމްޢިއްޔާވެސް އުވާލަންޖެހޭ. އެއީ ނިބުރަވެރި ޖަމްއިއްޔާއެއް. ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ދީނަށް ފުރައްސާރަކުރާ ޖަމްޢިއްޔާއެއް. އެފަދަ ޖަމްއިއްޔާއެއް މި ގައުމުގައި އޮވެގެން ނުވާނެ.

    47
  8. ސަނދުވާ

    ސާބަސް ޝެއިޚު. ކޮން މެވެސް ބަޔަކު ޤުރުބާންވާން ޖެހިއްޖެ.

    47
  9. ފާތިމަތު

    އައި ލަވް ޔޫ އިމާމް! ކިތަންމެ ބޮޑު މަޤާމެއް ދިނަސް ހައްގު ބަސް ބުނުއްވާތި! ސޭކް ހުސައިން އާއި ސޭކް އިމްރާނު ވަނީ ދުނިޔޭގެ ކުޑަ އުފަލަށްޓަކައި، ﷲގެ ބަސްފުޅަށް ފުރަގަސް ދީފައި. އެ ދެމީހުން އަށް ހަލާކު ހުރި.

    45
  10. އުޚްތެއް

    ލާދީނީ މީހުންގެ މިންނެއް މަސައްކަތުން މި ފަސްގަނޑުގަ ދީންގަބޫލު ނުކުރާ ބަޔަކު ވަނީ އުފެދިފައި. އަދި ބޭރުގެ އެހީ އާއިއެކު އިތުރަށް އެމީހުންދަނީ އެކިގޮތްގްތުން މި ފަސްގަނޑުން އިސްލާމްދީން ފޮހެލުމަށް މަސައްކަތް ކުރަމުން. އަދި ދީނަށް އުޅެން މަސައްކަތްކުރާ މީހުނަށް ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި ގާނޫނުތައް ހަދާ ފާސްކޮށް ހަދަމުންދާއިރު އަތްއުރާލައިގެން ބަލަން ތިބެނީތޯ؟ އަޚުންނޭ ތިޔަބައިމީހުންނަކީ ފިނޑި އަންހެނުންތަކެއްފަދަބައެއް. ﷲ އާއި އެކަނލާންގެ ރަސޫލާއަށް ފުރައްސާރަކުރާއިރު ކަލޭމެން ފިނޑިކަމުގައި ތިބީތޯ؟

    46
  11. ނީމް

    ޙައްްޤުބަސްބުނަންޖެހޭ ޙާލަތުގަ ޙައްޤުބަސް ބުނަންޖެހޭނެ. އިސްލާމްދީނަކީ ކުޅިވަރެއްނޫން. މަޖަލެއްވެސްނޫން. އެންމެ އިންސާފުވެރި އެންމެ އަމާން އޮމމާން ކަމަކީ ހަމައެކަނި އިސްލާމްދީން. އެކަމަކަށް އެއްވެސް ބަދަލެއްނާންނާނެ.

    44
  12. އައްޔަ

    އެއްވަނަ އިބްރާހިމް ރަޝީދު

    37
  13. ކާކާ

    ޙައްޤުބަސް ވިދާޅުވުމުގެ ހިތްވަރަށް ހަމަސާބަސް.
    މިއީ މިދިވެހި ފަސްގަނޑު ފަޚްރުވެރި ވާ ޢިލްމުވެރިންނާއި.ކޮބާތޯ ދުޢާދެއްވާފައިވާ ކަމަށްވިދާޅުވި ޝެއިޚް ިއިލްޔަސް..މިކަމާއިއެއްޗެއް ވިދާޅުވާކަށް ނުވޭތޯ

    39
  14. އުދާސް

    އެއީ އޮޅިގެން ކުރިކަމެއް ނޫން ކަން އަަހަރުމެންނަށް އެގޭ މާކުރިންވެސް. ކުރިންސުރޭ ދީނާ ދެކޮޅު ވާހަކަ ދައްކަމުން އައި ބަޔަކަށް ރާއްޖޭގެ ރައްޔިތުން ހުރިހާ ބާރެއް ދީނީމަ ވާގޮތް މިފެންނަނީ. ރާއްޖޭގެ ރައްޔިތުން އަދިވެސް ހޭލާކަށް ނުވޭތޯ.؟ ޢޭރު ކިޔަމުން އައީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ނޫނޭ އިސްލާމް ދީން އޮތީކީ . ވެރިކަން ބަދަލުވެ މިކުޑަދުވަސްކޮޅުގެ ތެރޭގައި އެކަން ނޭގޭތޯއެވެ.

    42
  15. އައްޑޫ މީހާ

    ކަލޯ ވަޒީފާއާއި މަގާމަށް ބަލާނެ ކަމެއްނެތް ބުނަންޖެހޭ އެއްޗެއް ބުނަންވާނެ ، މިސަރުކާރުން ތިކަހަލަ ކަންކަމަށް ހިއްވަރުދޭތީ މިކަން މިހެންވަނީ، ފާޅުގަ ދީނަށް ފުރައްސާރަ ކުރަނީ، ޓެރެރިޒަމްގެ ގާނޫނު އިސްލާހް ކުރި އިރު މިބައިގަނޑުގެ ވާހަކަވެސް އޭގައި ހިމަނަން ޖެހޭ ދީނަށް ފުރައްސާރަކޮށް ގައުމުގައި ބައިބައިވުން އުފައްދަން އުޅޭ ބަޔަކަށް އަދި އެއްވެސް ފިޔަވަޅެއް ނޭޅޭ

    45
  16. ސަކިންދާ

    ކޮބާހޭ ސަކިންދާ...!! ސަކިންދާ އަކީ ނިރުބަވެރިޔެެއް. ރައްޔިތުން މެދުގަ ނަފްރަތު އުފައްދާ މުޖުތަމައުގެ އަމާންކަން ނަގާލުމަކީ ނިރުބަވެރި އަމަލެއް
    ހައްޔަރުކުރޭ !!!

  17. ޗޮމމ

    ސްޓޭޓް މިނިސްޓަރެއް ނޫން، އެކަމަކު ސްޓޭޓް މިނިސްޓަރު ފެންވަރުގައި އައްޔަނުކުރައްވާފައިވާ ސިޔާސީ ނޫން މަގާމެއް.

  18. ނިއްޓޫ

    އެމްޑީއެންގެ އަމަލު ޓެރަރިޒަމްގެ ގާނޫނަށް ފެތޭ. ނަފްރަތު އުފެދޭ ޒާތުގެ ހޭޓް ސްޕީޗެއް... ތިއޮތީ އަމިއްލަ އަތުން ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރިފަ. ހައްހައްހހހހ

  19. ނޫރު

    "މިނިވަން ފިކުރު" (ލާދީނިއްޔަތު) އާ ދެކޮޅަށް އޮތް އެންމެ ބޮޑު ހުރަހަކީ އިސްލާމްދީނުގެ ދަޢުވަތު ފެތުރުއްވުމުގައި މަސައްކަތް ކުރައްވަމުންގެންދަވާ އެދީނުގެ ޢިލްމުވެރިންކަމުގައި ވުމާއެކު، އެ ޢިލްމުވެރިން ކަސްތޮޅުއެޅުވުމަށްޓަކައި ބިންދާލި "ޓެރަރިޒަމް" ގެ ޤާނޫނު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާނެކަމާމެދު ޝައްކު ނުކުރާށެވެ.

    އެ ޤާނޫނުގެ ދަށުން "މިނިވަންފިކުރާ" ދެކޮޅަށް ބަސްބުނާ ކޮންމެ ޢިލްމުވެރިއަކު ހައްޔަރުކޮށް އަދަބު ދޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެނީ، އެ ޤާނޫނު ގެ ފޮރުވިފައިވާ ބޭނުމަކީވެސް، މަޤުޞަދަކީވެސް އެއީއެވެ.

    ދެން މިކަމާ އުފާކޮށް ތަކުބީރު ކިޔާބަޔަކު ތަކުބީރު ކިޔާށެވެ. ޝުކުރުގެ ސަޖިދަ ޖައްސަވާ ބަޔަކު އެކަންވެސް ކުރާށެވެ.! ބޯމަތީގައި ނަގާފައިވާ ކަޅު "ވިލާގަނޑު" ގެ ބޮޑުކަން ދިވެހިންނަށް ނުވިސްނޭތީ ހިތާމަ ކުރަމެވެ.!