އިންޓަނެޓްގެ އަގު %25 ހެޔޮކުރަން ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަކުން އެއްބަސް ވެފައިވާކަން "ވަގުތު" އަށް ކަށަވަރު ވެއްޖެއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައިވާ ގޮތުގައި ދިރާގު، އުރީދޫ އަދި އާރްއޯއެލް އިން ވެސް ވަނީ އިންޓަނެޓްގެ އަގު މިހާރަށް ވުރެ 25 އިންސައްތަ ހެޔޮކުރަން އެއްބަސްވެފައެވެ. އިންޓަނެޓްގެ ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް އެއްބަސްވެފައި ވަނީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރި މަޝްވަރާތަކުގައެވެ.

އެމަޝްވަރާތަކުގެ ނިންމުންތައް މިހާރު ވަނީ ރައީސް އޮފީހަށް ފޮނުވާފައެވެ.

އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި އިންޓަނެޓްގެ އަގާއި ހެޔޮ ކުރުމުގައި ދެން ކުރަން ހުރި ކަންތައްތައް ކުރަން ޖެހޭނީ ރައީސް އޮފީހުން ކަމަށް މިނިސްޓަރު މަލީހް ވެސް މިރޭ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މަލީހް "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް އެ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި، މިދިޔަ ޖޫން މަހުގެ 19 ގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނަށް އެ ނިންމުންތައް ފޮނުވާފައިވާ ކަމަށެވެ.

އެހެކަމުންދެން ކުރަން ޖެހޭ އަމަލީ މަސައްކަތްތައް މިނިސްޓްރީން ކުރާނީ ރައީސް އޮފީހުން އެކަމަށް އިރުޝާދު ދިނުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެން މިކަމާ ގުޅޭގޮތުން މި ވަގުތު އަޅުގަނޑުމެން ކުރަންޖެހޭ އިތުރު މަސައްކަތެއް ނެތް. އިންޓަނެޓް އަގުހެޔޮ ކުރުމަށް މިހާތަނަށް އަޅުގަނޑުމެން ކުރީ ވަރަށް ބުރަ މަސައްކަތްތަކެއް. އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އެންމެން އެއް މޭޒަކަށް ގެނެސް، އެންމެން ވެސް އެއްބަސްވާ އަގަކަށް އެކަން ކުރީ،" މަލީހް ވިދާޅުވި އެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދެކެވެ. އަންނަ މަހު ސަރުކާރަށް އެއް އަހަރު ފުރޭއިރު އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދު ނުފުއްދޭނެކަން މިހާރު ވަނީ ކަށަވަރު ވެފައެވެ. އަދި ސަރުކާރުގެ ސްރެޓީޖިކް އެކްޝަން ޕްލޭންގައި ވެސް އެމަސައްކަތް ކުރަން ނިންމާފައި އޮތީ 2021 ވަނަ އަހަރު އެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން މިސަރަހައްދުގައި އެންމެ ގިނަ މީހުން އިންޓަނެޓް ބޭނުންކުރާ އެއްގައުމަށް ވީނަމަވެސް މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޓަނެޓްގެ އަގު އެންމެ ބޮޑު ގައުމަކީ ރާއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޣ

    ޚިދުމަތް ލިބޭނީ ފުޅި ބައްތީގެ އަލިިި ލިބޭ ވަރަށް ސްޕީޑް ވަރައް ދަށް ވާނެ ލިބޭލެއް

    53
    1
  2. ދިރާގު

    ކުރިޔައް ވުރެންވެސް ސުލޯވާނެ

    17
    2
  3. ދުންމާރި

    މުވާސަލާތީޚިދުމަތްތަކުގެ އަގު އަވަށްޓެރި ޤައުމުތަކޭއެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ހެޔޮކުރަންޖެހޭ ނިސްބަތުން ރާއްޖެއަކީ މުވާސަލާތީޚިދުމަތް ބޭނުންކުރާ މިންވަރު އިތުރު ޤައުމެއް އެކަމަކު މިކަން މިގޮތަށްކުރާކަށް ސަރުކާރަކަށް ނުކެރޭނެ އެއީ ވިޔަފާރި ކުންފުނިތަކަށް ލިބޭ އާމްދަނީ ދަށްވެދާނެތީ މުވާސަލާތީ ކުންފުނިތަކުން އަބަދުވެސް ދަނ ސަރުކާރަށް ފިލިޖަހަމުން އެއީ އަގު ކުދަނުކުރަނ ހިނގާ ޖަރީމާ

    12
  4. އަވަސް މީހާ

    އަވަސް ކުރޭ...

  5. އަހުމަދު

    އިންޓަނެޓް އަގު އެކަންޏެއް ނޫން ސްޕީޑް ވެސް މިނިމަމް އެއް އެމްބީ ހުންނަންޖެހޭ. ދިރާގުން މިހާރު ހަދާނީ ހުސް މަކަރު.

    17
    1
  6. މޯދީ

    މިނިސްޓަރުގެ ދުވަސްދުއްވާލަންގެހިފަ މިއޮތީ!

    12
  7. ހަސަންކޮއި

    އިންޓަނެޓާ،ކަރަންޓާއިކާބޯތަކެތިއަގުހެޔޮކޮށް
    މުއައްޒަަފުންގެމުސާރަބޮޑުކުރިޔަސްކަލޭމެން
    ތިޔަބޭނުންވާދީނީމިނިވަކަމައްޖާގައެއްނުލިބޭ
    ނެ އިސްލާންދީންއެހެންދީނެއްއޮތްކަމަކަށް
    ގަބޫލުނުކުރެވޭނެ

  8. ސަޓޯ

    ވީމަ ނޫނީ ނުކުރާނަން ދުވަހަކުވެސް ގަބޫލެއް... ތިއީ މިހާތަނަކަށް ވީކަމެއް ނޫމް

    12
  9. ރެފްރީ

    ސްޕީޑުލިބޭނެވަރެއްބުނާކަށްނޭގޭ ... މިހާރުވެސްމިއުޅެނީ ނިދާކޮޓަރިތެރޭހުރެގެން ޖެހިގެންހުންނަކޮޓަރީގަހުންނަމީހާހަށްވެސް ގުޅާނުލެވިގެން .. އޮގަސްޓު ސެޕްޓެމްބަރު މިދެމަހަކީ މިކަންތައްވަކިންބޮޑުދެމަސް . ސޯޝަލްމީޑިއާބޭނުންކުރަންއެހާދަތި .. ފޯނަށްއަޅާލާރިކޮޅުހުސްވަނީ އަނބިމީހާބުނާއެއްޗެއް ސާފުނުވެގެން ތެޅިތެޅިހުއްޓާ .. ގަނެގެންއުޅޭޕެކޭޖުހުސްވެގެންދަނީ މިބުނާހާދަތިހާލުގާތެޅެނިކޮށް ... 350 ރުފިޔާގެޕެކޭޖެއްގަނެގެންއުޅޭއިރު މިހާލުގައުޅެންޖެހުމުން މިދިޔަމަހު ފޯނުބިލަށް 2875ރުފިޔާވަނީއަރާފަ .. ކަޑަ ވަރަށް ގޯސް .. މިހިސާބަށް އުރީދޫގެސިގްނަލްނުލިބޭތީ ދިރާގުދޫކޮށްނުލެވިގެންމިއުޅެނީ .. ރ އަތޮގެ ރަށަކުން ހައިމާއާދަމް ..

  10. ެއެވަގުތު

    ސަރުކާރު ހިނގަނީވެސް ވ ސުލޯކޮށް އެހެންވީމާ ވާނެގޮތް

    9
    1
  11. ޭދޭއް

    ދެއަހަރު ފަހުގެ ކަމެއްތީ

    9
    1
  12. ޙުސް ހޮޅި

    ހޮޅި ވާހަކަ ދައްކާ ސަރުކާރެއް މީ... މުޅިންްވެސް ރައްޔިތުން ގުނބޯ ހައްދަން މޮޅު ވާހަކަ... ވޯޓް ހޯދަން ދެން ނާންނާތި....

    8
    1
  13. ޙަސަން

    އިންޓަރނެޓް އަގުހެޔޮ ކުރަން ވެގެން ތަ ދެންހުރިޚިދުމަތްތަކުން އަގުބޮޑު ކުރަނީ. އުރީދޫއިން މިދިޔަ ސެޕްޓެންބަރުގެ ކުރިން -/102ރ އަށް ވިއްކި އަންލިމިޓެޑް ކޯލް ޕެކް މިހާރު -/200 ރ ބޮޑުކުރީ އިންޓަރނެޓް އަގުހެޔޮ ކުރާތީ ތޯއްޗެ??

  14. އާދަމް

    ޑިގުރީއާއި ހަމަޔަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ދޭނަމޭ ބުނެފައި އެވާހަކަވެސް އޮޅުވާލުމަށްފަހު ހަމައެކަނި ޑިގުރީއަށް ކިޔަވާ ވަކިބަޔަކަށް ފުރުޞަތު ދިނުމުން ވަޢުދު ފުރިހަމަވީއެވެ.ކަރަންޓުގެ އަގުވެސް މާލެއާއި އެއްވަރުކޮށް ފެންޝަން ފަންޑުން އެންމެނަށް ޙައްޖަށް ފޮނުވާފަދައިން އިންޓަރ ނެޓް 25 ޕަސެންޓަށް އަގުހެޔޮކުރާނޭގޮތް ތަރުޖަމާނު އަންގާނެއެވެ.