މިދިޔަ މަހުގެ 20 ގައި މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަޔާ ޓީމުން ކުރި މަސައްކަތުގެ އަގު ވަޒަންކޮށް ޝީލްޑް ހަވާލު ކޮށްދެއްވައިފިއެވެ.

ރޭ ވެލާނާ އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިއު ބޭސް ގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި އަލިފާނުގެ ހާދިސާގައި އަމަލީ ގޮތުން މަސައްކަތް ކޮއްދީފައިވާ ފަޔާ ފައިޓަރުންނަށް ޝީލްޑް ހަވާލުކޮށްދީފައިވަނީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން މިނިސްޓަރ އޮފް ޑިފެންސް މާރިޔާ ދީދީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ވިދާޅުވީ، މާލޭގައި ހިނގާ ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ސަލަމަތީ ބާރުތަކުން ދެއްކެވި ހިދުމަތަކީ ދިވެހި ތާރީހުގައި ރަން އަކުރަކުން ފަވާލެވިފައިވާނެ ވަރުގެ އަގު ހުރި ހިދުމަތެއްކަމަށެވެ. މިނިސްޓަރ ވަނީ އެދުވަހުގައި އެ ހާދިސާ ކޮންޓްރޯލް ކުރަން ނިކުތް ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފެވެ.

"އެއާޕޯޓް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ބޭފުޅުންވެސް އަދި އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއުގެ ސާވިސަސްގެ ބޭފުޅުންވެސް މިދެތަނުގަ އުޅުއްވާ ވަކިންވެސް ތިބި ބޭފުޅުންވެސް އެދުވަހު ތިބޭފުޅުން ނުކުމެ ވަޑައިގެން ތިބޭފުންގެ އަމިއްލަ ފުރާނައަށް ތިބޭފުޅުން އަމިއްލަ ޖިސްމަށް ލިބިދާނެ ގެއްލުމަށް އެއްވެސް ބިރެއްނެތި ތިބޭފުޅުން އެކޮއްދެއްވި ހިދުމަތަކީ މުޅި ދިވެހި ތާރީހުގައި ރަން އަކުރުން ފަވާލެވިގެން ދާނެ ހިދުމަތެއް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާތަކަކީ ރާއްޖޭގައި މަދުން ހިނގާ ކަމަކަށް ވާތީ، އެ ކަމަށް ހާއްސަ ކޮށްގެން ސިވިލް ބަޔަކު ތިބުން މުހިންމެއް ނޫނެވެ. އެމްއެންޑީއެފްގެ ފަޔާ ޓީމުން ފަޔާ އެންޑް ރެސްކިއުގެ އިތުރުން އެހެން ކަންތައް ކުރާކަން ފާހަގަކުރައްވައި މިިނިސްޓަރު ވިދާޅުވީ އެއީ ރާއްޖޭގެ ވަސީލަތްތައް ބެހުމަށް އޮތް ރަނގަޅު ހައްލު ކަމަށެވެ.

މި ރަސްމިއްޔާތުގައި ވަނީ މާލޭ ހެންވޭރުގައި ހިނގާ ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަޅުގަނޑު މެންނާއި ވަކިވަގެން ދިޔަ ތ. ބުރުނީ އުމުރުން 49 އަހަރުގެ އައިޝަތު ޝައުނާގެ ހަނދާނުގައި ސުކޫތެއް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޔ

    ޝުކުރިއްޔާ ރ ޔ

  2. ޑައެލޯގް

    އެންމެ ބޮޑު އަގުވަޒަނެއް ހައްގުވަނީ ރައީސް ޔާމީނަށް ތިކަމުގާ ސަބަބަކީ އެކުދިންނަށް އެލޮރީއާއެކު އިތުރުގެތަކެއް ހުލިނުވަނީސް އާދެވުނީ ބްރިޖް އޮތީމަ ނޫންނަމަ މިހާރު ހުލިގެތަކުގެ 10 ގުނަ އަދާހުލިވީސް