ކުރީގެ ރައީސް މައުމޫން ސަރުކާރާއި ދެކޮޅުވީ ވެރިކަން ބޭނުން ވެގެން ކަމަށާއި އެފުރުސަތެއް ނުދޭނަން ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
ރައީސް މައުމޫންގެ އޮފީހުން ދާދި ފަހުން ނެރުނު ބަޔާނާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެންގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވީ މައުމޫން ސަރުކާރާއި ދެކޮޅުވީ ވެރިކަން ބޭނުން ވެގެން ކަމަށާއި ޕީޕީއެމް އިން އެފުރުސަތެއް ނުދޭނަން ކަމަށެވެ.
"އަސްލު ހަގީގަތުގައި ރައީސް މައުމޫން މަސައްކަތް ކުރެއްވީ, ރައީސް ޔާމީން ވެރިކަމަށް ވަޑައިގެނެއްވި ހިސާބުން ރައީސް ޔާމީން މެދުވެރިކޮށް ގައުމުގައި ވެރިކަން ކުރައްވަން, އެކަމަކު ރައީސް ޔާމީން އަކީ އެކަހަލަ ބޭފުޅެއް ނޫން ރައީސް ޔާމީން އަކީ ވެރިކަމުގައި ހުރެ ވެރިކަން ކުރަން ދަންނަ ބޭފުޅެއް" ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ރައީސް މައުމޫނު ކަހަލަ ގައުމަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުން ތާރީހުގެ ކަޅު ސަފުހާތަކުން ޖާގަ ހޯދައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ގޮތަކަށް ބޭނުމެއް ނޫން ރައީސް މައުމޫނު ކަހަލަ ގައުމަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުން ތާރީހުގެ ކަޅު ސަފުހާތަކުން ޖާގަ ހޯދައްވަން, އަޅުގަނޑުމެން އަބަދުވެސް އެދެނީ ގައުމުގެ ތަރައްގީ އާއި އެކު ރައީސް މައުމޫން ހުންނެވުން, ގައުމުގެ ހަމަޖެހުމާއި އެކު އެމަނިކުފާނު ހުންނެވުން, ރައްޔިތުންގެ ހިދުމަތުގައި އެމަނިކުފާނު ހުންނެވުން" ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ރައީސް މައުމޫން އަމިއްލަ އެދުންތަށް ދޫކުރައްވައި, ރައީސް ޔާމީނުގެ ފަހަތްޕުޅަށް ވަޑައިގަތުމަށް އަބަދުވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
ރައީސް ޔާމީނަށް ކުރެއްވި ތާއީދު ރައީސް މައުމޫން އަނބުރާ ގެންދެއްވީ 2016 ވަނަ އަހަރު އޮކްޓޯބަރު މަހުއެވެ. ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވަމުން މައުމޫން ވިދާޅުވީ އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ވެރިކަމަށް އައި ސަރުކާރުން ކަންކަން ކުރަމުން މިހާރު ދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމުގައި ތިން ބާރު މަސްހުނިކޮށް، ހުރިހާ ބާރުތަކެއްގައި ވެސް ގަދަވެފައި ވަނީ އެއް ބޭފުޅެއްގެ އަޑު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ، މައުމޫން ވިދާޅުވި ގޮތުގައި، ޕީޕީއެމުން ވެރިކަމަށް އައި މަގުސަދުތަކާ ކަނޑައެޅިގެން ހިލާފަށެވެ. މިހާރު އޮތް ސަރުކާރަކީ ޕީޕީއެމްގެ އާއްމު އުސޫލުތަކާއި ވިސްނުމާ އެއްގޮތަށް ހިނގާ ސަރުކާރެއް ނޫން ކަމަށް ރައީސް މައުމޫން ތަކުރާރުކޮށް ވިދާޅުވި އެވެ.
ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް މައުމޫން ހައްޔަރު ކޮށްފައިވާއިރު މިމަމުގެ 19 ވަނަ ދުވަހު ރައީސް މައުމޫނު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރު ކޮށްފައެވެ.
ރައީސް މައުމޫނުގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާއާއި ހެކި ނައްތާލުމުގެ ދައުވާއާއި ރިޝްވަތު ހުށައެޅުއްވުމުގެ ދައުވާއާއި ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ދައުވާވަނީ ކޮށްފައެވެ.
މައުމޫނުގެ އިތުރުން އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަލުން ޔުމްނާގެ ފިރިކަލުން އަހްމަދު ނަދީމަށް ވެސް ވަނީ ނިރުބަވެރިކަމުގެ ދައުވާ އުފުލާފައެވެ.
ތިބުނާ އެދުން ދޫކޮއްލީމަ މިހާރު ދަޢުވާ ކޮށްފައިވާ ކުއްތަކީ ނުކުރާ ކަމަކަށް ހަދާނެ ވާހަކަދޯޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ ތިބުނީ އެހެންވީމައޭ މީހުން އެބުނަނީ ސަރުކާރު މީހަކު ދެކެ ހިންހަމަ ނުޖެހެއްޖިނަމަ އެމީހާ އެއީ ޓެރެރިސްޓަކަށް ހަދާވާހަކަ
ކޮބާ ޓޓެރެރިސްT ޕާޓީއަށް ދިޔާމާ އޯކޭ
އަހަ! އެއީ ޓެރަރިސްޓެއްނު؟ ޕީޕީއެމް އާގުޅުނީމަ ހުދު ފޮތިކޮޅަކަށް ބަދަލުވަނީ ކިހިނެއް؟
މައުމޫން ދުރުވީވެސް އަމިއްލަފުޅަށް އަމިއްލަފުޅަށް ވަޑައިގެންނެވިޔަސް ޕީޕީއެމް މަރުހަބާކިޔާނެ
ޕާޓީ މެންބަރުން އިތުރު ކުރުމަށް ޓެރެރިސްޓްންނަށްވެސް މަރުޙަބާ ކިޔަން ހަމަ ތައްޔާރުތޯ؟
މައުމޫނޫ ބޭނުންވީ ރައީސް ޔާމީން ނަމުގައި ރައީސަކަށް ބހައްޓަވައިގެން
ހުރިހާ ބާރުތަކެއް މައުމޫނު އަތްދަށުލައިގެން މައުމޫނު ވެރިކަން ކުރަން!
މި މައްސަލާގައި ރައީސް ޔާމީން ކެތެރި ކަމާއިއެކު ވަރަށް މަސައްކަތް ފުޅު ކުރެއްވި މި މުސްކުޅި ބޯހަރު މައުމޫނަށް އެކި ގޮތްގޮތުން ވިސަނާދެވޭތޯ.
ޢުމުރުން ދުވަސްވެ ލޯ ބޯ ކޮށިވެ ވިސްނުމުގެ ބާރުދައްވުމުންވެސް ގޮތްދޫނުކުރުމުން އެފަދަ މީހުންނަށް ޖެހޭނެ ދަތުރަކީ ކަނޑު ގުރުވަ ނޫނިިއްޔާ ނުކާން އިން މާކަނާގެ ދަތުރު.
އެހެން ވީމާ ހަގީގަތުގައިވެސް މައުމޫނު އެ އިއްނެވީ ކަނޑުގުރަވާ ނޫނިއްޔާ ނުކާން.
މައުމޫނަށް ފުރުސަތެއް ނުދޭނަން ނަޝީދަށް ނުދޭނަން. ގާސިމަށް ނުދޭނަން. މިއަށްވުރެ ބޮޑު ޖާހިލުން ތިބި ޕާޓީގަޑެއް އޮންނާނެތަ.
ޕީޕީއެމް އިންތާ ނޫނީ ރައްޔިތުންބާ ތިޔަބުނާ ފުރުސަތު ދެނީ
ބާޤިންވެސް އެއްމޑީޕީއަށް ގުޅުނީމަ ހުދުފޮއްޗަށް ބަދަލުކޮށްލައެއްނު. އެހެންވީމަ ތެރަރިސްޓުވެސް ހަމަ ހުދުފޮއްޗައް ބަދަލުވާން ޖެހޭނެއްނުދޯ.. ޔާގައްޔޫން...ނަމުގައި ކޮމެންޓް ކޮށްފައިވާ ބޭފުޅާއަށް