އިސްލާމިކް މިނިސްޓްރީ ހުއްޓާ ރާއްޖެ އަމާން ނުވާނެ ކަމަށް ބުނެ މޯލްޑިވްސް ޑޮމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް އިސްލާމިކް މިނިސްޓްރީ އަށާއި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފަށް ބަހުގެ ހަމަލާތަކެއް ދީފިއެވެ.

ޝަހިންދާގެ އަމާޒަކަށް މަހްލޫފްވީ އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކޫލްކަމެއް ނޫންކަމަށް މަހްލޫފް ވިދާޅުވުމުންނެވެ.

ޝަހިންދާ ކުރި ސިލްސިލާ ޓްވީޓްތަކެއްގައި ބުނީ ފިތުނަ އުފައްދަން އުޅެނީ އެމްޑީއޭއިން ނޫންކަމަށާއި ފިތުނަ އުފައްދަން އުޅެނީ ފިތުނަ އުފެއްދުމަކީ މާމޮޅުކަމެއް ކަމަށް މެޑަލް ޖަހާލަން ވެގެން އުޅޭ މިނިސްޓަރުންނާއި ރެލެވެންޓް ވާން އުޅޭ ގޮނޑި ގެއްލުނު ގްރޫޕް ކަމަށެވެ.

މިނިސްޓަރ މަހްލޫފް އާއި އިސްލާމިކް މިނިސްޓްރީ ޓެގް ކުރުމަށް ފަހު ޝަހިންދާ ބުނީ "ކަލޭމެން ތިއީ މިގައުމުގެ ހަލާކު، ކިތަންމެ ބަޔަކު ފުރާނަ ގުރުބާން ކުރިޔަސް ކަލޭމެން ތިއްބާ މިތަނެއް އަމާނެއް ނުވާނެ." ކަމަށެވެ.

ޝަހިންދާ ވަނީ އެމްޑީއެން ރިޕޯޓްގައި ހުރި މައުލޫމާތުތައް "ވަރަށް ރަނގަޅަށް ތަޙްޤީޤު ކޮށްލުމަށް." އިސްލާމިކް މިނިސްޓްރީ އަށް ވެސް ގޮވާލާފައެވެ.

ޝަހިންދާ ބުނީ 18 އަހަރު ނުފުރޭ ދަރިން ހަނގުރާމަ ކުރަން ހިތްވަރުދީ މުޅި ދުނިޔެ އޮތީ އަހަރެމެންނާއި ދެކޮޅަށޭ ކިޔައިގެން އޮޅުވާލާ ލޭއޮހޮރުވަން ގޮވާލާ، މިހުރިހާ ކަމަކީ މާތް ރަސޫލާ (ޞ.ޢ.ވ) އުޅުއްވި ގޮތޭ ކިޔައިގެން މުޅި ގައުމު ހަލާކު ކުރަން ހިފާފައި ތިބި މީހުންގެ މައްސަލަ ވެސް އިސްލާމިކް މިނިސްޓްރީން ބަލަން ޖެހޭނެ ކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ހިލާފު އެތައް ވާހަކައެއް ހުރުމުން ވަރަށް ގިނަ ބަޔަކު އަންނަނީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. އެމްޑީއެންގެ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ފުލުހުން ވިދާޅުވެފައި ވަނީ އިސްލާމިކް މިނިސްޓްރީން މައްސަލަ ހުށަހެޅި ސިޓީ ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

67 ކޮމެންޓް

  1. ނުރަބޯ

    "ނަމަވެސް ފުލުހުން ވިދާޅުވީ ސިޓީ ލިބިފައި ނުވާކަމަށް" ސީ.ޕީ ހަމީދަށް ވ.ސަލާން

    130
    1
  2. ރޭވް

    ޖާހިލުން ވާނީ ޖާހިލުންނަށް ތެދުމަގު ލިބޭނީ ނަސީބުވެރިންނަށް ޝަހިންދާ ވަނީ މަގުފުރެދިގެންފައިވާ މީހުންގެ ތެރޭގައި

    212
    1
  3. އާދަމް

    މިމީހުންނަކަށް އެމީހުން ހެއްދެފަރާތް ވެސް ނޭގޭފަދައެވެ.ތިމާ މިދުނިޔެއަށް ފޮނުއްވުނު މަޤްޞަދުވެސް ނޭގޭފަދައެވެ.ވާނީވެސް އެހެންނެވެ.ލާދީނީވީމާ ވާނީވެސް އެހެންނެވެ.ޖިހާދަކީ ކޮބައިކަން އެނގޭނީ އިސްލާމީ ތަޢުލީމުގެ މިންވަރަށްވެސް އެނިގެންނެވެ.

    141
    1
    • ނޫނެ

      ފިރި ސޮރަކީ ލޯޔަރު ޝަ މްބެއޭ ބުނާތީ އިވެނީ.

  4. ބޯހަލާކު

    މިހާރުން މިހާރަށް މީނާ ހައްޔަރުކޮށް މިކަން ތަޙްގީގުކޮށް މީނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލަންޖެހޭ. މީނާ އަކީ ގައުމީ ސަލާމަތަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް. ގައުމުގައި ފިތުނަފަސާދަ އުފައްދަން އުޅޭ މީހެއް. މިހާ ހަރުކަށި ފިކުރުގެ މީހުންގެ ކިބައިން ގައުމު ސަލާމަތްކުރަންޖެހޭ.

    200
    2
  5. އަހުމަދު

    އިންސާނުންގެ ތެރެއިން ޝައިތާނުން ވާކަން އެނގެން އެބައޮތް ޝަހިންދާ އަކީ އެފަދަ ޝައިތާނެއް ނޫންބާ

    158
    1
    • އަހުމަދު

      ޝައިތާނެއް.....

      74
      1
    • ކުނބު

      އެހެންވެ ޝަހިންދާ ކަހަލަ މީހުން ފެނުނީމަ ފުރަތަމަ ކިޔަންޖެހޭނީ ޢައުުޒުބިﷲމިނައްޝައިތާނިއްރަޖީމް.

      15
  6. ޒަކް

    އިސްލާމިކް މިނިސްޓަރީއަށް އިބުރާ ލީމަ ޝަހިންދާއަށް އޯކޭވާނެ އެ މިނިސްޓަރީ..މައްސަލަ ފުލުހަށް ހުށަހެޅީމަ ރުޅިގަނޑު ބޭލީ ދެއްތޯ..

    128
  7. ާަާމަ

    ސުބްޙާނަ ﷲ މިކަނބުލޭގެ މީ އިސްލާމެއްބާ؟

    127
    • ފެންހިންދާ

      ނޫން

  8. އެންދެރި

    އޮސްލާމިކް.މިނިސްޓަރީ އާ މަހްލޫފް ބަސް ބުނެފިއެވެ. 100 ޕަސެންޓް މުސްލިމުންތައް ކޮބާ ހެއްޔެވެ؟ އަނގަ ހުޅުވާލަ ބަލާށެވެ.

    93
    • ދެރި

      އަނގަ ހުޅުވައިފިއްޔާ ވާނީ ޓެރަރިސްޓަކަށް

      13
      1
  9. ރަޝީދު

    އަމާންކަން އޮތީ އިސްލާމް ދީނުގައި އެވެ. އިސްލާމް ދީން ގޮވާލަނީ މީސްތަކުންގެ އަޅުވެތިކަމުން މާތްﷲ ގެއަޅުވެތިކަމަށް މީސްތަކުން ގެނައުމަށެވެ.ލާދީނީމީހުން ބޭނުންވަނީ މީސްތަކުން އެމީހުންގެ އަޅުވެތިކަމަށް ގެނަުމަށެވެ.ތިޑިމޮކްރަސީއަކީ ލާދީނީ ނިޒާމެވެ.

    80
  10. އްފޯ ދާންހިސާ

    ބޮޑުކޮށް އެމްޑީއެން އަތަށް ތި ބޮން ހަމަރަގަނޅަށް ގޮވާފަ ތިއޮތީ ދެން ހަޖަމް ކޮށްލައިގެން މައިތިރިވެ ތިބޭ

    84
  11. ައަހުމަދު

    މިޤައުމު ހަލާކުނުވަނީސް މި ލާދީނީ ބާގަނޑު ހައްޔަރުކުރަން ގޮވާލަން

    103
    1
  12. ބޯ ޕާޓީ ޑީޕީ

    އިންސާނުން ހަލާކު ކުރަނީ އިންސާނާ އުފެއްދެވި ފަރާތުން އެކަލާންގެ އަޅުތަކުން އުޅެން ރުހިވޮޑިގެންވާ ދީނުގެ ސަބަބުންތަ؟ ނޫނީ އިންސާނުންގެތެރޭ ފިތުނަ ފަސާދަ އުފެދެނީ އިންސާނާ މިއީ މިނިވަނެއް ކަމަށް ހީކޮށް ހުރިހާ ކަމެއްވެސް އެމީހަކަށް ފެންނަ ގޮތަކަށް ކަންތައްކޮށް އުޅެންފެށީމަތަ؟

    86
  13. އައްޑޫ މީހާ

    ކަލޭ ތިޔައުޅެނީ ވާނުވާ ނޭގިގެން މައިތިރިވޭ މީނައަށް ހެޔޮވިސްނޭތޯ އަދި ތެދުމަގު ދައްކަވާތޯ ދުއާކުރަން

    98
  14. ބޭބެ

    އަބަދުވެސް ދީނާ ދެކޮޅު ކޮންމެވެސް އެއްޗެއް ނުބުނު ނުހުރެވޭ!! އަޅުގަނޑުމެން ދިވެހި މުސްލުމު ލޮބޮވެތި ރައްޔިތުން ނުވަތަ އިސްލާމްދީނަށް ލޯބިކުރާ އަދި އެދީނުގައި އަންގަވާފައިވާ މަގުން ކަންތައްކުރަން ބޭނުންވާ ހުރިހާ ކުދިބޮޑު ހުރިހާ ރައްޔިތުން އެބަޖެހޭ ހަމަ ވަގުތުކޮޅަކަށް ނަމަވެސް ފުންކޮށް ވިސްނަން! މިލޮބުވެތު ފަސްގަނޑުގައި ތިބެން ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީ ހޯދައިގެން އަދި އެމީހުންގެ ހިމާޔަތާއި ރައްކާތެރިކަންވެސް ލިބޭނެކަނުގެ ޔަގީންކަން ހޯދައިގެން ތިބި މިރާއްޖޭގެ މަދު ނަމަވެސް ބަޔަކު އިސްލާމްދީނާ ދިވެހި ގައުމާ ދެކޮޅަށް ހިންގަމުން މިގެންދާ ހަޑިމުޑުދާރު ޖަރީމާތައް ހުއްޓުވަން މަސައްކަތް ނުކޮށް އަދިވެސް ދެއަތް އުރާލައިގެން ދޫ ބަންދުކޮށްގެން ހަމަ ގޭގައި ތިބެންވީތޯ؟ ފާއިތުވެދިޔަ ތަނުގައި ދީނާ ދެކޮޅަށް ކަންތައްކުރި މީހުނާ ދޭތެރޭ ފިޔަވަޅެއް އެޅުނު ތަނެއް ނުފެނުނު! ކަމާ ގުޅުންހުރި އިދާރާއަކުން ބަޔާނެއް ކޮންމެވެސް އެއްޗެއް ބުނެލުން ފިޔަވާ އެއްވެސް ކަމެއްނުކުރޭ! ކުރިން ދެންނެވި މީހުނާ ގުޅިފައިވާ މިރާއްޖޭގެ ޖަމްޢިއްޔާއަކުން މިހާރު މިއޮރީ ވަރަށް ފާޅުކަން ބޮޑުގޮތަކަށް ދީނަށް ރަސޫލާއަށް ފުރައްސާރަކޮށްފަ! މިއީ އޮޅިގެން ކުރިކަމެއްނޫން! ހަމަ ގަސްތުގަ ކޮށްފައިވާކަމެއް! އެހެންކަމުން މިކަމާ ދެކޮޅަށް އިސްލާމްދީނުގެ ދިފާޢުގައި ވަކާލާތުކޮށް މުޅި ރާއްޖޭގެ ރައްޔިތުންގެ ޝުޢޫރު ފާޅުކުރުމަށްޓަކައި އެންމެން އެއްތަނަކަށް އެއްވެ ބޮޑުވެގެންވާ މުޒާހަރާއެއް ނުވަތަ ސުލްޙަވެރި އެއްވުމެއް ބާއްވަން އެބަޖެހޭ! މިކަން ރާވާ އިންތިޒާމުކުރަން ޖަމުޢިއްޔާ ޖަމާޢަތްތަކަށާ ދީނާ ސުލްޙަވެރިކަމަށާ ގައުމުގެ އުފަން މިފަސްގަނޑު ދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް ގޮވާލަންޖެހޭ! މިކަން އިންތިޒާމްކޮށް ރާވަން ކޮންމެވެސް ބަޔަކު އިސްނަގާ ތެދުވަންވެއްޖެ! ދީނާ ގައުމުގެ ހާލަތު ރައްކާތެރިކުރަން ރައްޔިތުން ނިކުމެ ބަސްބުނެ އަޑުއުފުލަންޖެހޭ ސުލްޙަވެރިކަމާއެކު! ޑިމޮކްރަސީގެ ރިވެތި އުސޫލަކީވެސް އެއީ! މަޑުން ނުތިބެ އެކައްޗެއް ކިޔަންޖެހޭ ވަގުތު އަތުވެއްޖެ! ގައުމުގެ ދުލުން އެގޮވަމުންދަނީ! ދިވެހި ދިދައިގައި އެވާ ހަނދުފަޅި އޭގެ ޙާލަތުގެ ދުލުން އެގޮވަނީ ދީނަކީ އިސްލާމްދީނޭ! ދީން ދިފާއުކުރުމަކީ ހަމަ ކޮންމެ މުސްލިމެއްގެ ވާޖިބެއް!

    119
  15. ބަލަންތިބެންވީތަ

    ޝަހިންދާގެ މިއަމަލު އެއްމެފަހަރަކުވެސް ރައީސް އިބުރާހިމު ކުއްވެރި ކުރެއްވިތަ.. ޝަހިންދާ ޓްވީޓްކޮށް ގަދަކުރަން ނުކުތީ މިކުގަ ސަރުކާރުގެ ފުރިހަމަ ޕަވަރު އޭނަޔަށް އޮތްކަން އިގޭތީ.. އެހެންނޫންނަމަ ފުއްޕާކަށް ނުކެރޭނެ.. ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުމަށް މަޖުލިހަށް ނޫނީ ސްޕްރީމްކޯޓަށް ހާޒިރުކޮށް ސުއާލުކޮށް ފިޔަވަޅުއަޅަން ޖެހޭނެ. މިކަމުގަ ވަލިއްޔުލްއަމުރު ގާނޫނާ ކުރިހުވަޔާ ހިލާފުވެއްޖެ.. މިކަންބަލަން ޖެހިލުމެނެތި މިކަމުގެ ކެރިފޯރުންތެރިކަން ހުރިބަޔަކު މިދެމުއައްސަސާއަށް ރައީސު ހާޒިރުކުރުވާ...

    115
    4
  16. ކާކު

    ކަލޭމެން މިތާ ތިބޭހާ ދުވަހަކު މި ޤައުމު ރަނގަޅެއް ނުވާނެ. ޢަހަރެމެންގެ ވެސް ހުންނަނީ ޒަމާނީ ވިސްނުން، އެކަމަކު ކަލޭމެން ތިޔަ ކިޔާ ކަހަލަ ދީނަށާ ރަސޫލާއަށް ނިސްބަތްވާ ގޮތަށް ދައްކާ ނުބައި ވާހަކައިން، އަހަރެމެން ކަހަލަ މީހުންގެ ވެސް ލޭ ކެކޭ. ޢެހެންވީމަ ރަގަޅު ވާހަކައެއް ދައްކަން ނޭނގޭ ކަމަށް ވަންޏާ ޗުއްޕު ކިޔައިގެން ހުރޭ. ބ***

    105
  17. އެމީހުންނާ ދެކޮޅު

    އިސްލާމް ދީނަށްވުރެ އަމާން ސުލްހަ ދީނެއް ނުވޭ! ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަކީ އިސްލާމީ އުސޫލުތަކާއި ހަމަތަށް ނަގަހައްޓާ ދެމެހެއްޓުމަށް އެއްމެ އިސްދައުރެއް ދިވެހިރާއްޖޭގައި އަދާކުރާ މުއައްސަސާ. އެހެންވީމަ ތިޔަ ބުނަނީ އިސްލާމްދީން ރާއްޖޭގައި އޮތްހާ ހިނދަކުއޭތާ!

    51
  18. ޚަދުމީހާ

    މިމީހުން ވެރިކަމަށް ގެންނަން މަސައްކަތްކުރި މީހުން މިކަމުގައި ޒިންމާވާން ނުޖެހޭބާ!

    63
    3
  19. ޢަލިބެ

    މި ސަރުކާރުގެ އެންމެ މުސާރަ ބޮޑު ދެ ވަޒީފާގަ އެހުރީ ހަމަ ހެވި ދިއްލިފަ.. ލަދުގެ ކަންފުޅެއްވެސް ނެތް.. މިހާރުން މިހާރަށް ވަޒީފާއިން ވަކިކުރަން ގޮވާލަން. ލާދީނީ ކިޔަނީ ހަމަ ކިޔަންވެގެން.

    58
    1
  20. ބޯގޯސް

    ޟަހިންދާ އުޅުއްވަނީ ރާއްޖެއަކު ނޫން. ކޮންމެވެސް ޤައުމެއްގެ ހިމާޔަތް ހޯދައިގެން ރާއްޖޭން ބޭރުގަ އެހެންވެގެން ބޭނުންއެއްޗެއް އެކިޔަނީ....

    46
  21. މަ

    މީ ކިހިނެއްވެގެން ކޯއްޗެއް މަދުވެގެން އުޅޭ ދައިތައެއްތަ އަޅެފަހެ

    47
  22. ހަމްޒާން

    މީނާގެ މައްޗައް ގަދަފަދަވެގެންވާ ކޯފާއެއް ބާއްވާލައްވަފާނދޭވެ.. އަދި މިކަހަލަ އެހެންމީހުންނައް އިބުރަތަކައް އެކަން ހައްދަވައިފާނދޭވެ. މީނާއަކީ ރާއްޖޭގެ ރައްވެހިކަމުންވެސް ބޭރުވެފައި ހުރިމީހެއް. އެހެނީ މިހާރު މީނާއަކީ ސުންނީ މުސްލިމެއްނޫންކަން އެންމެނައް އެވަނީ ފާޅުކޮއްފަ.

    54
  23. އުސައިބަތު

    އިސްލާ މް ދީންހި މާޔަތް ކުރައްވަނީﷲ..ދީނަށް ލޯބިކުރާ އަދި ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދުން މި ދިވެހި ފަސްގަޑުގަވެސް އެބަތިބި..ދީންހި މާޔަތް ކުރު މަށް ޑި މޮކްރޭޓުންނާ ކޮކަނެޓުން އެއީ ބޭނުންބަޔެއްނޫން..އެ މީހުން ދީންހި މާޔަތް ކުރަން އެދި ގޮވަނީވެސް ﷲ ގެ ދީނުގެ އަދާވާތްތެރިންނާ ތޯޣޫތުން ކައިރިން.. ޓެރެރިޒަ މްގެ ގާނޫނާ ކަލޭންގެ ގާނޫނު އަސާސީ އޮޅާލާ..ހަ މަކަށަވަރުން އަހަރެ މެން ބޮޑުކަ މުގޮސްފަ ނަޖިސް ފުހޭ އެއްޗެއް ކަ މުގައި ނޫނީ ތި ހަދާ ގާނޫނުތައް ނުވޭ...

    35
    1
  24. އަފީ

    އޭ އަޑިންދާ ކަލޭ މިދުނިޔެ މަތީގަތިހިރީ މާތްރަސް
    ކަލާގެލެހެއްޓެ ވީތީ އައްﷲއައްސުކުރުކޮއްބަލަ
    މ މިއިދަބުރާންޗާ ކަލެއައް ރިޒުގުދެއްވަނީ އިގިރޭސި
    ވިލާތުންތަނޫނީ އެމެރިކާއިންތަ ނޫނީ ޑެއް މާކުންތަ
    ނޫނީ އިޒުރޭލުންތަ އޭ މީދަކާފަރު އަޑިންދާ ތިއާއިލާ
    އަކީވެސް އިސްލާ މުދީނާދެކޮޅުފެ މެލީއެއް މީހާދަހަޔާތް
    ކުނޑަބަޔެކޭ މީދަ ލަދުކުނޑަ އައްހެނާ ކަލެއައް
    ތިހިންބުނު މުގެބާރުދެއް ވިފަރާތް މަތި ހަދު މަކޮއްބަލަ
    ކަލޭ ދިރިދުނިޔޭގަލެހެއްޓެވީތީ ސުކުރުކޮއްބަލަ
    ތިދުލުގެބާރު ދެއްވީވެސް އެކަލާގެ ގެންދެވު މުގެ
    ބާރުވެސް އެކަލާންގެއައްލިބިގެންވޭ މިހިރަލަދެއް
    ބިރެއްނެއް އައްހެނާ މާތްރަސްކަލާންގެ ބޮނޑު މު
    ސީބާތެއް ކުރި މަތިނުކުރައްވަނީސް ތާއުބާވޭ އަދިވެސްވަގުތުކޮޅެއް ލިބިދާނެއިރާދަަކުރެއްވިއްޔާ މާތްﷲ ތިކަހަލަޖާހިލުން ނެތިކުރައްވާކައް މާގިނަ
    ވަގުތެއްނުނަގަވާނެ ބިރުވެތިވޭ ތައުބާވޭ
    މީވަގުތީ ދުނިޔެއެއް ތައުބާވޭ ؟

    42
  25. ފަރުހާދު

    މިގައުމުގައި ލޭ އޮހޮރުވުނަކަށް ނުދަނީސް މިމީިުނާމެދު ފިޔަވަޅު ނާޅަން އުޅޭހެން ހީވަނީ

    41
  26. ދަންނަމީހާ

    ސަހިންދާ ރަޖަމްކުރޭ

    44
    2
  27. ޕޮގުބާ

    އިސްލާ މް ދީނާ ދުރު ސަރުކާރެއް ﷲގެ ކޯފާ އަންނަނީ ބުނެފައެއް ނޫން 80 މޭލަށް ވައި އަޔަސް އެން މެގަހެއްވެސް ރުކެއްވެސް ނުހުންނާނެ ހުރިހާއެން މެން ތައުބާވެ ސަރުހިންގަން ތިބޭ މީހުން އިސްލާ މްދީނާ އެއްކޮޅަށް ތިބޭ

    40
    1
  28. އީސާ މަސީހު

    މިނިސްޓަރާ މިނިސްޓްރީ ހުރިބިން ވަޅުލިޔަސް ކަމަނާ އިސްލާހުވާނެތޯ...؟ ކަމަނާގެ ދައްތަޔަކީވެސް ތިޔަކަމުގަ ލާދީނީވާހަކަ ދައްކާގެން ރައީސް މައުމޫންގެ ވެރިކަމުގަ އަދަބުލިބިފަ ހުރިމީހެއް!!

    36
  29. ޔާނީ

    މިއީ ނައާމް ސޫފިތަކެއް ކަހަލަ ބަޔެއް.. މިމީހުން ނަކީ ލޯހުއްޓަސް ނުފެންނަ ކަންފަތް ހުއްޓަސް ބީރު އަދި ބޯ ހުއްޓަސް ބުއްދިޔެއް ނެތް ބަޔެއް. މިއީ އިންސާނާއަކީ މަކުނުން ހެދުނު ބަޔެއްކަމައް ގަބޫލު ކުރާ ބަޔެއް.

    26
    1
  30. ހުސޭނުބޭ

    އަޅެ މި ސަރުކާރެއް އައިފަހުން އިރުއަރައި އޮއްސޭ ދުވަހެއް އައިތަ އިސްލާމްދީނަށް ފުރައްސާރަނުކުރާ ގޮތަކަށް! މި ސަރުކާރުގެ މެންޑޭޓްގައި\ވެސް އޮތް ބިރަކާ ނުލައި ކަްކަން ކުރާ ވާހަކަ! އެ ބުނަނީ ބިރަކާ ނުލައި އިސްލާމްދީނަށް ފުރައްސާރަކުރާ ވާހަކަ! ނިކަން ދެކިބަލަ! ޝަހިންދާމެން އެއްވެސް ޖެހިލުމެއްނެތި އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރަމުން މިއަދު ދުވަނީ! އެ ދައްޖާލަށް އެނގޭވިއްޔާ މި ސަރުކާރުން އެ ދައްޖާލު ހިމާޔަތްކޮށްދޭނެކަން!

    23
    2
  31. މަލިކާ

    ކޮބާބާ ޓެރެރިޒަ މްގެގާނޫން

    16
  32. ގުއިދައިތަ

    ބޯގަންވިލާ އަލްމަރުޙޫމް އިސްމާއީލް ދުނިޔޭގަ ހުންނެވި ނަމަ ހާދަ ދެރަވާނެއޭ. އޭނާގެ ހުރިހާ ކުދިން ލާދީނީ ވެގެން މިއުޅެނީ ތަރުބިއްޔަތުގެ ސަބަބުން ބާއޭ ވެސް ހިތަށް އަރާ. އެކަމަކު އިސްމާއީލްއަކީ ދީންވެރި ޚުލްޤު ހެޔޮ ބޭފުޅެއްކަން އަޅުގަޑަށް އެނގިފަ އޮތީ. އެހުރިހާ ކުދިންނަށް މާތްﷲ ހިދާޔަތް ދައްކަވާފާނދޭވެ. އާމީން.

    24
    2
  33. Juhaa

    މި ގައު މުގެ ގިނަ މީހުން ލޯބިވަނީ އިސްލާ މް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރާ މީހާ ދެކެ. އެ މީހާއަށް ބައިޢަތު ހިފައިގެން އުޅޭ ބައިގަނޑު ގައު މުގެ ވެރިކަ މަށް ގެންނަން މަސައްކަތް ކުރި މީހުންގެ ތެރޭގައި މި ގައު މުގައި އުޅޭ ދެފުށްކެހެރި ބައެއް ދީނީ ޢިލް މުވެރިންނޭ ކިޔާ ބަޔަކު ހި މެނޭ. މިހާރު އެން މެ ބާރަށް ހަޅޭއްލަވަނީ ވެސް އެ ބައިގަނޑު. ދެން ކޮން ހަޅޭކެއް ލަވާކަށް؟

    20
    2
  34. މަޖީދު

    މިމީހުން ގަތުލް ކޮށްގެންވެސް އެބަޖެހޭ މި ފަތުރާ ނުބައި ފިތުނަށް ހުއްޓުވަން. އެމްޑީޕީގަ ތިބޭ ރަގަޅުމީހުން ކޮޅުވެސް ހަލާކުވަނީ މި ނުބައި ނުލަފާ ލާދީނީ ނަޝީދުއާއި އޭނަގެ އައުވާނުން އިބުރާގެ އާއިލާ މިހެންގޮސް މަދު ބައެއްގެ ސަބަބުން. މީއީ ގަސްތުގަ ޓެރަރިޒަމް ގާނޫނު ވުޖޫދައް ގެނެސް އެމީހުން ބޭނުންވާ ގޮތަށް އެ ފައްކާކޮށް ދޮންކޮށް އޭގެއިން މޭވާކާވެގެން ދިވެހި މުސްލިމުން ރުޅިއަރުވާ އަތުންފައިން ގޯސްހަދުވަން ކުރާކަންކަން. ދިވެހި ސިފައިންނަށް ގާނޫނުގެ ބޭނުންހިފޭނެ ހާލަތެއްމީން ދީން ހިމާޔަތް ކުރުމަށް، ސިފައިންނަށް އަދި ފުލުހުންނަށް ވެސް ގޮވާލަން މިކަމުގަ އިސްވެ ނިކުމެ ފިޔަވަޅު އެޅުމަށް ނޫންނަމަ ރައްޔިތުން ނިކުމެ ފިޔަވަޅު އަޅަން ފެށީމަ ދެ ފަރާތައްވެސް ވާނީ ތަދު ކަން ޔަގީން.

    24
    1
  35. ާދާދު

    ސަހިންދާ ކައްޒާބު ކަޑަޥީ ދޯ. މި ގައުމުގަ ބޭނުން އެއްޗެއް ނެހެދޭނެ....

    25
    1
  36. ޕްރޫފް

    ޝަހިންދާ ދައްކާ ވާހަކާގައި އެއްވެސް އަސާސެއްނެތް.

    18
  37. ފިލާވަޅު

    ކޮބާތަ މިޤަޢޫމުގެ ވަލީއުލް އަމްރު ނިދާފަތޯ އޮތީ ނުނީ ހޭބުއްދި ފިލާފަތޯ ހުރީ ކޮބާތޯ ސިފައިނަގެ އިސްވެރިން އަސްލު ޓެރަރިޒަމް އަކީ ކޮބާތޯ؟ ޝޭޙް އިމްރާން ކަލޭވެސް ތިތަނުގަ އިދެގެން ތިހުރިހާ ގޯހެއް ތިހަދަނީ މިތަން ހަދުފަހަނައަޅާދަނީ މިއޮތް ކޮބާތޯ ސިފައިންނާ ފުލުހުންގެ ހުވާ ކިބާތޯ ވާޖިބް ؟ ސަމާލު އަދުރޭ ޖަކަރިއްޔާ މަންސޫރު މިއީކީ ނޫންތޯ ޓޭރަރިޒަމްއަކީ ޤަޢޫމީ ސަލާމަތައް ހުރި ނުރައްކަލަކީ ކީތޯ ތިޔަކުރައްވަނީ... އިމްރާން ވިސްނާ ރަތްކުލައިގެ ސުވާލުމާކް ރަތް ފުއްޕާހަން މިއީ މިމީހުންގެ ސިންބަލް މިމީހުންނައް ފަންޑުކުރާބަޔަކުވެސް ތިބޭނެތާ އިމްރާން ބައިންދާގެން ޤާނޫންބަދަލުކޮށް އިލްމުވެރިންނަކައް ބިރުނެެތްކަމައް ބުނުވާ ފިލްމް އެކުޅެނީ ދެން ފެންނާނީ އިލްމްވެރިން އިސްލާ ދީނުގެ ހިމާޔަތުަގއި ވާހަކަދައްކާމީހުން ހަރުކަށިފިކުރައް އަދި އެމީހުން ޓެރަރިސްޓޫންނައް ހަދާ ޖަލައްލާތަން މިކަން ނުހުއްްޓުވައިފިނަމަ މިޤަޢުމު 100 އަހަރު ފަހަތައް ދިއުން އެކަށީގެންވޭ

    19
  38. މީ ކާކު.

    ޝަހިންދާ އަކީ ނުވަތަ މި ގުރޫޕަކީ ހާދަ ކަމެއްނެތްބައެކެދޯ؟ ދުނިޔެއަށް އުފެދުނީ ބޭނުންވެގެންތަ؟ދުނިޔެދޫކުރާނީ ބޭނުންވެގެންތަ.؟ މުސްކުޅިވަނީ ބޭނުންވެގެންތަ.؟އަންހެނަކަށްވީ ބޭނުންވެގެންތަ؟ ދިވެއްސަކަށްވީ ބޭނުންވެގެންތަ؟މަންމަޔާ ބައްޕަނިންމީ އަމިއްޔަށްތަ؟ ތިމާ އަކީ ކާކުކަން ވިސްނާލަންޖެހޭދޯ؟

    20
  39. ކަތީބް

    ހަޤީގީ ޓެރެރިސްޓުންނަކީ އިސްލާމް ދީނާ ދެކޮޅު މީހުން ދީނާއި ދެކޮޅު ބަޔާން ނެރޭ ފަރާތައް ވަގުތުން ހައްޔަރުކުރުމަށް ގޮވާލަން

    26
    1
  40. ن

    ޔާ ﷲ މި ނުބައި ނުލަފާ މީހުންގެ ކިބައިން އަޅަމެން ސަލާމަތް ކުރަށްވާފާދޭވެ

    35
  41. މޫނި

    މި މުޑުދާރު ވައްތަރަކަށް ހުންނަ އަންހެނާ އުޅެނީ އަބޫޖަހުލު އަންހެނުން އުޅުނު ވައްތަރަށް. ކަލޭ ވެސް މަރުވާނެ. ހަމަގައިމު ﷲގެ ހަޟްރަތުގައި ކަލެއަކަށް ޖަދަލެއް
    ނުކުރެވޭނެ

    30
  42. މުސްލިމް

    ޗަހެންދާއާ އޭނާގެ ޓެރަރިސްޓް ބައިގަނޑާ ދެކޮޅަށް ދިވެހި މުސްލިމުން ތެދުވެ އިސްލާމްދީނާ ދިވެހި ގައުމުގެ ދިފާއުގަ ވަރުގަދަ ޖިހާދެއް ކުރަން ޖެހިއްޖެ..!

    24
  43. ޅޮސް އުނދޯލި

    އަޅެ ފަހެ މީހަކު ހައިރާނެއް ނުވާނެތަ. މައްސަލައަކީ ހަ މަ ތަންދޮރު ނުދަންނަ ޖާހިލުންތަކެއްގެ އަތް މައްޗަށް އަނގަތައް ދޫކޮށްގެން ހުންނާތީ. ހުއްޖަތަކަށް ކުދީން މަގު ފުރައްދާ ވާހަކަ ނުދައްކާ މިކަހަލަ ޑަކައިތުންގެ އަނގަތައް އެންމެ ބޮަޑަށް ފުރެދިފަ ހުންނަނީ....

    15
  44. އަޙްމަދު

    ޔާﷲ މިފަދަ މީހުންގެ ދުލުގެ ހެލުން ގެންދަވާފާނދޭވެ.

    22
    1
  45. ހަމަހަމަ

    މި މީހުންގެ ލާދީނީ އެޖެންޑާ ކުރިއަރުވަން ޔާމީން، ރިލްވާން ގެ މަރު ހަތިޔާރަކަށާ އަށްޑަނަޔަކަށް ބޭނުންކުރާތީވެ ވަރްށް ހިތާމަކުރަން. ގޮތްކުޑަ މުޑުދާރު އަމަލެއް. ޙެޔޮނުވާނެ ބައެއްގެ ހިތްދަތިކަމުގެ ނާޖާއިޒުފައިދާ ނަގަން ތިޔަހެން.

    14
  46. ގައުމު

    އަބުރަހަތު ގެންގުޅުނު ޑަކައިތުއާ މީނާއާ ވައްތަރު. އެ ޑަކައިތު ކަނބުލޭގެވެސް އަބުރަހަތު ގެންގުޅުނީ ތަންތަން ފަސާދަކުރުމަށާއި ދޮގުހަދައިގެން ވާހަކަ ފެތުރުމަށް. މި ޑަކައިތުވެސް މިކުރަނީ މިކަންކަން ނޫންތަ! އެ ޑަކައިތުގެ ފޮޓޯއަކާއި މީނާގެ ފޮޓޯއެއް ޖައްސައިގެން ބަލާބަލަ.

    6
    1
  47. ނަރަކަ ނޫނީ ބޯގަންވިލާ

    ޢަހަރެމެންގެ ވެސް ހުންނަނީ ޒަމާނީ ވިސްނުން، އެކަމަކު ކަލޭމެން ތިޔަ ކިޔާ ކަހަލަ ދީނަށާ ރަސޫލާއަށް ނިސްބަތްވާ ގޮތަށް ދައްކާ ނުބައި ވާހަކައިން، އަހަރެމެން ކަހަލަ މީހުންގެ ވެސް ލޭކެކޭ. އަހަރުމެން އަޑުއަހާގޮތުގަ ބޯގަންވިލާ އަކު ދީން ގަބޫލުކުރާ ކުދިން ނެއްނުތިބޭ އެގޭ ކުދިންގެ ދަރިންގެ ދަރިންނާ ވެސް ކާރިވެއްޖެއިޔާވެސް އެބަޔެއްގެ ހަލާކު ވަރައްކުރުކޮއް ތިލަކޮއް މިބުނީ ވިސްނާނެކަމައް ހީކުރަން........

  48. shahudha

    shahindhaa kaley kaley ge kaafarukanmathy Goss beyrugaumehga obey.

    14
  49. ާނަބާ

    ދެވަނަ ވެލެޒިނީ 😡

    25
  50. ޒީރޯޓޮލަރެންސް

    ކޮބާތަ ސޭކް އިމްރާނު މިވަރުވާއިރުވެސް މަގާމުގެ ދަހިވެތިކަމުގައި ، މިއޮތީވާ ގައުމެއް ސޭކުންނައްވެސް ބޮޑެތިމަގާމުތައްލިބުނީމާ ޗުއްޕުވެސް ބުނާނެ ހިތްވަރެއްނެތް ހަމަ ލާދީނީ ދެއްތޯ

  51. އިބްރާ

    ސުޕްރީމްކޯޓަށް މީނާ ކުފޫ ހަމަވޭތޯ؟

  52. Anonymous

    މީނަގެ ސަބަބުން މިގައޮމު ނުރައްކަލަކަށް ވެއް

  53. މުގުރާން

    މިނުބައި ޝައިތޯނަށް ސްޕްރީީ މްކޯޓުން ވަޒީފާދިނީވެސް ބޮޑު ލާދީނީ މީހެއް ޔާ ﷲ މިބައިގަނޑުގެ ކިބައިން މިގައު މާއި އަޅަ މެން ސަލާ މަތް ކުރައްވާންދޭވެ ...އާ މީން

    10
  54. ޢަހުމަދު

    މި ޝައިތާނާ މިއުޅެނީ ހާދަ ފުއްޕައިގެންނޭދޯ!،

  55. އައްޔު

    ސަހިންދާބުނެދީބަލަ 18 އަހަރު ނުފުރޭ ދަރިން ހަނގުރާމަ ކުރަން ހިތްވަރުދީ މުޅި ދުނިޔެ އޮތީ އަހަރެމެންނާއި ދެކޮޅަށޭ ކިޔައިގެން އޮޅުވާލާ ލޭއޮހޮރުވަން ގޮވާލާ، މިހުރިހާ ކަމަކީ މާތް ރަސޫލާ (ޞ.ޢ.ވ) އުޅުއްވި ގޮތޭ ކިޔައިގެން ކޮންސުކޫލެއްގައިތޯ ކިޔަވަދިނީ؟ ކޮން ދިނީ އިލްމުވެރިއެއްތޯ ހަނގުރާމައަށް ގޮވާލީ؟ ކޮންކަހަލަ ސްޓެޓިސްޓިކްސްއަށް ބޭސްކޮށްފަތޯ ތިޔަހެން ދޮގު ފަތުރަނީ. ޝަހިންދާ އަށް ނޭނގެނީތޯ މިޤައުމުން ހަނގުރާމަށް ދިޔަ މެޖޯރިޓީ މީހުންނަށް ބޮޑެތިއަދަދުތަކުން ޑޮލަރުދީފައި ހުރިކަން. ޝަހިންދާ ބުނެދީބަލަ ދީނީ އިލްމުއުގެނިގެން ހަނގުރާމަށް ދިޔަ 01 އިލްމުވެރިއެއްގެނަން ނުވާނެ އިނގިރޭސިން ރުފިޔާދިނީމާ ބޭސްލެސް ރިޕޯޓްލިޔަނީ މި ފަނާކުރުވަނިވި ދުނިޔެ އަކީވަގުތީ ތަނެއްކަން އެގިގެންތޯ؟

    11
  56. ީެއިސްމާއިލް

    މިހާރުން މިހާރަށް މީނާ ހައްޔަރުކޮށް މިކަން ތަޙްގީގުކޮށް މީނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލަންޖެހޭ.

    9
    1
  57. ދޮން ބަބުރު ސޮރު

    ސިޓީ ލިބުނަސް ނުލިބުނަސް މިގައޮމުގައި ދީނަށް ފުރައްސާރަ ކުރާތަން ބަލަން ނުތިބޭނަން.

  58. އަޙްމަދު

    މީއަޅެގަހެ ޔަހޫދީއެއްތަ!

  59. ާަޕޮގުބާ

    ދެބޯގެރި ދުއްވާއިރު ބުރުގާ އަޅަންވާނެ

  60. ާައަސްލަމް

    މިކަނބުލޭއަށް ޢަޒާބު އަވަސް ކޮއްދެއްވާށި އާ މީން

  61. ލަބީން

    މީ ސަރެުކާރުން ރާވައިގެން ކުރާކަމެއްތޯ؟ މިޖެހުނު ބަލާވެރިކަމުން މި ޤައުމު ސަލާމަތްކޮށްދެއްވުމަށް ސަރުކާރަށް ގޮވާލަން. އެ މުޑުދާރު އަންހެނާ ހައްޔަރުކޮށް އެ ޖަމިއްޔާ މިހާރުން މިހާރަށް އުވާލުމަށް ހޯމް މިނިސްޓަރަށް ދަންނަވަން. ކީރިތި ރަސޫލާއަށް ހަޖޫ ޖަހައިގެން ރައްޔަތުން މަޑަކުން ނުތިބެވޭނެ. އަވަހަށް ފިޔަވަޅު އަޅުއްވާ ......

  62. ދޮން ތުއްތު

    ހޫން. ކަލޭ ތިހުރީނު މިގައުމް އަމާން ކުރަން. ލަދު ހަޔާތް...