އިސްލާމިކް މިނިސްޓްރީ ހުއްޓާ މި ގައުމު އަމާނެއް ނުވާނެ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއާ ގުޅޭގޮތުން މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއީލް ދެއްކި ވާހަކަތަކަކީ އޭނާ ދެކޭގޮތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިގޮަތަށް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީ އާ ގުޅޭގޮތުން ޝަހިންދާ ދައްކާފައިވާ ވާހަކަތަކާއި ގުޅޭގޮތުން އޭނާ ހައްޔަރު ކުރަން ނުވޭތޯ އާއި ދީނީ އެއްބައިވަންތަކަން ރައްކާތެރި ކުރުމުގެ ގާނޫނު ކޮބައިތޯ ނޫސްވެރިއަކު ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރުގެ އަމިއްލަ ވަޓްސްއެޕް ގްރޫޕްގައި ސުވާލު ކުރުމުންނެވެ.

ނޫސްވެރިޔާ ގެ ސުވާލާއި ގުޅިގެން ފުލުހުން ފުރަތަަމަ ވިދާޅުވީ، ޝަހިންދާ ދެއްކި ވާހަކަތަކުގެ "ލިންކް"ދިނުމަށެވެ.

ޝަހިންދާގެ ވާހަކަތައް ދިރާސާކުރުމަށްފަހު ގަޑިއެއްހާ އިރުފަހުން ފުލުހުން ވިދާޅުވީ، "ވޭތުވެދިޔަ 10 އަހަރު ދުވަހު އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާއެކު ޝަހިންދާ ވިދާޅުވެފައިވާ އެއްޗަކީ އޭނާ އެ މިނިސްޓްރީން މަސައްކަތް ކުރަމުން ގޮސްފައިވާ ގޮތާއި މެދު ދެކެވަޑާއިގަންނަވާ ގޮތް"ކަމަށެވެ.

އެހެންނަމަވެސް އެމްޑީއެންގެ ރިޕޯޓްގައިވާ އިސްލާމް ދީނާއި ހިލާފު ކަމަށް "ބެލެވޭ"ބައެއް ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޝަހިންދާ ކުރި ސިލްސިލާ ޓްވީޓްތަކެއްގައި ބުނީ ފިތުނަ އުފައްދަން އުޅެނީ އެމްޑީއޭއިން ނޫންކަމަށާއި ފިތުނަ އުފައްދަން އުޅެނީ ފިތުނަ އުފެއްދުމަކީ މާމޮޅުކަމެއް ކަމަށް މެޑަލް ޖަހާލަން ވެގެން އުޅޭ މިނިސްޓަރުންނާއި ރެލެވެންޓް ވާން އުޅޭ ގޮނޑި ގެއްލުނު ގްރޫޕް ކަމަށެވެ.

މިނިސްޓަރ މަހްލޫފް އާއި އިސްލާމިކް މިނިސްޓްރީ ޓެގް ކުރުމަށް ފަހު ޝަހިންދާ ބުނީ "ކަލޭމެން ތިއީ މިގައުމުގެ ހަލާކު، ކިތަންމެ ބަޔަކު ފުރާނަ ގުރުބާން ކުރިޔަސް ކަލޭމެން ތިއްބާ މިތަނެއް އަމާނެއް ނުވާނެ." ކަމަށެވެ.

ޝަހިންދާ ވަނީ އެމްޑީއެން ރިޕޯޓްގައި ހުރި މައުލޫމާތުތައް "ވަރަށް ރަނގަޅަށް ތަޙްޤީޤު ކޮށްލުމަށް." އިސްލާމިކް މިނިސްޓްރީ އަށް ވެސް ގޮވާލާފައެވެ.

ޝަހިންދާ ބުނީ 18 އަހަރު ނުފުރޭ ދަރިން ހަނގުރާމަ ކުރަން ހިތްވަރުދީ މުޅި ދުނިޔެ އޮތީ އަހަރެމެންނާއި ދެކޮޅަށޭ ކިޔައިގެން އޮޅުވާލާ ލޭއޮހޮރުވަން ގޮވާލާ، މިހުރިހާ ކަމަކީ މާތް ރަސޫލާ (ޞ.ޢ.ވ) އުޅުއްވި ގޮތޭ ކިޔައިގެން މުޅި ގައުމު ހަލާކު ކުރަން ހިފާފައި ތިބި މީހުންގެ މައްސަލަ ވެސް އިސްލާމިކް މިނިސްޓްރީން ބަލަން ޖެހޭނެ ކަމަށެވެ.

ޝަހިންދާގެ ޖަމިއްޔާއިން ނެރުނު ރިޕޯޓާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އެ ޖަމިއްޔާއަށާއި، އެ ޖަމިއްޔާގެ މެންބަރުންނަށް ކިޔަމުން ދެއެވެ. އެ ޖަމިއްޔާ ހުއްޓުވުމަށް ގޮވާލާ މީސް މީޑިއާގައި ކެމްޕޭނެއް ދަނީ ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޟމ

    ކޮންމެ މީހަކުވެސް ހާމަކުރަނީ އެމީހަކު ދެކޭގޮތް ނޫންތޯ

    39
    1
  2. އަހުމަދު ރަސީދު

    ސަހިންދާ އަ މަރުގެ އަދަބު ދޭންޖެހޭނެ... އޭނާ އެހެރީ ކީރިތި ރަސޫލާއަށް މަލާމައިކޮށް ފުރައްސާރަ ކޮއްފަ.. ސަހިންދާގެ ބޯކަނޑަންޖެހޭނެ

    67
    1
  3. ލަނޑަޔާ

    ލަނޑަޔާވާނި ލަނޑަޔާއަށް. ޕޮލިހުގަވެސް އިސްކޮށް ހުރި ސީޕީއަކީ ޑިމޮކްރަސީ ނެޓްވޯކްގެ ކުރީގެ ބޯޑް މެމްބަރެއް. ސްޕްރީމް ކޯޓަށް ލީ ސުޖޫން އަކީވެސް މީގެ މީހެއް. މަޖިލީހުގެ ރައީސް އަކީވެސް މީގެ މީހެއް. މުޅިގައުމުގަ ވަކި ހިއްޕާލައިފަ މިއޮތީ. ކިހިނެއް ދެން ތިޔަގުރޫޕާ މެދު ފިޔަވަޅެއް އަޅާނި. ރައީސް އޮފީހުގަވެސް މުޅިން އޭގެ މީހުން. މިގައުމުގެ ރައްޔިތުން ނިކުމެ މިބައުގަނޑު ފަހާނަގާ މިގައުމުން ބޭރުކޮށްލައިގެން ނޫނީ މިކަމެއް ރަނގަޅެއް ނުވާނެ.

    70
  4. ޒޒ

    އިސްލާމްދީނަކީ އަމާން އެކަކު އަނެކަކަށް އިހްތިރާމްކުރާ ދީނެއްކަން ހަދާން ނައްތާނުލާ. ނަފްރަތް އުފެއްދުމާއި ފިތުނައާއި ރުޅީގެ ބަދަލުގައި ލޯތްބާއެކު މައްސަލަ ހައްލުކުރުން މުހިންމު

    14
    24
    • ލޯބިން

      ކަންތަކާޖެހުނީ އިސްލާމްދީނުގެ އުސޫލުތަ މިމީހުން ހަދާންވަނީ މިމީހުންނާ ދިމާލަށް އެހެންމީހުން ނުރުހުންވާ ވަގުތު.. އަދި އެވެސް މިމީހުން ބޭނުންވާ ތަންކޮޅެ.. އެހެންނޫނީ ބިރުވެރި ނައްތާލަންޖެހޭ ދީނަކަށް އިސްލާމްދީންވަނީ.. ލޯބިންދޯ ކަލޭމެން އިސްލާމުންނާ ދިމާއަށް ހިތަންއެރި ނަމަކުންގޮވަނީ..

  5. ފައިތަޅާ

    ސަރުކާރު ހުރިހާ މުއައްސަސާއެއްވެސް ހަމަ ލަަދީނީ - މީ އަހަރެންވެސް ދެކޭގޮތް @ޕޮލިސް

    48
  6. އަޑަފި

    ސަހިންދާ އަކީ މުރުތަދުވެފައި ހުރި ބޮޑު ކާފަރެއް. މީ ވޭތުވެދިޔަ އަހަރުތަކުގަ އޭނާގެ އަމަލުތައް ހުރިގޮތައް ބަލާއިރު އަހަރެން ދެކޭގޮތް.

    50
  7. ޢަހުރނ

    ޢަލިފާން ރޯވީ ބަޔަކު ކުރި ކަމރކޭ ބުނި މީހާ އެބުނީ އޭނަގެ ހިޔާލު.. ކީއްވެ ހައްޔަރު ކުރީ..ތިޔަ އުސޫލުން ގޮސް ކުއްލި ގޮތަކަށް އިމްރާނު ވަކި ކޮށް ހޭއަރުވާލާނެ

    33
  8. އެންދެރި

    އިސްލާމް ދީނޭ ކިޔައިގެން.މުރުތައްދު ވީމަ މައްސަލަ ނުބަލަން ރާއްޖޭގެ ގާނޫނު އަސާސީ ތަން ނުދެއެވެ.

    36
  9. ބަލަނު

    އޭނަ ދެކޭ ގޮތޭ ކިޔާ ނިންމައެއް ނުލެވޭނެ. ނުކުޅެދެންޏާ އިސްތިއުފާދީ. ރައްޔިތުން ބާރު ދެނީ. ރައްޔިތުން ބޭނުންވަނީ ހިތުހުރި އެއްޗެހި ނުކިޔޭ ގޮތަށް ހަދަން. އެހެންވީމާ ތިރާވައިގެން ކުޅޭ ކުޅިގަނޑު ހުއްޓާލާ. މިކަނަށް ފިޔަވަޅު ނާޅަންޏާ ދެން ފިޔަވަޅު އަޅައިގެން ނުވާނެ އެއް ކަމަކަށްވެސް. މީ ކަންހިނގަންޖެހޭ ގޮތެއް ނޫން. މަނާ ކުރަންޖެހޭ ހިސާބެއް އޮންނާނެ. އެހެން ނޫނީ މިތަން ޖަންގަެްޔަކަށް ބަދަލުވާނެ. އެހެންވުމުގެ ކުރިން ބުއްދި އިސްކުރޭ. މިތަން ހަމަނުޖެހުމަކަށް ވައްޓާނުލާ.

    34
    1
  10. ބުއްޅަ

    މިފަދަ ލާދީނީ މީހުނާމެދު ފިޔަވަޅު އެޅުމުގެ ބާރު މިސަރުކާރުގައި ފުލުހުންނަކަށް ނޯންނާނެ. ފިޔަވަޅު އަޅާނީ އިސްލާމް ދީނަށް ލޯބިކުރާ މީހުންނަށް.
    ވަރަށްވެދުން.

    35
    1
  11. އައްޑޫ މީހާ

    އަަރެންވެސް ދެކޭ ގޮތެއް އެބައޮތޭ! އިސްލާމް ދީނުގައި ހައްދު ގާއިމް ކުރަން ކަނޑައެޅިފައިވާ އިމުގެ ތެރެއިން ތިޔަ ޝަހިންޓާ އަށް ހައްދު ގާއިމްކުރަން ގޮވާލުމަކީ މަދެކޭގޮތް ދެން ބުނޭ އޭނައަށް ބިރުދެއްކީއޭ ޓެރެރިޒަމޭ ފުލުހުން އަނގަ މައިތިރި ކުރަން ވެއްޖެ ނޫނީ ކަލޭމެންގެ އަޒުމުގައިވާ ގޮތައް މާތް ވެގެންވާ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތަން އެބަޖެހޭ ކޮންމެ ފަރުދަކާމެދުވެސް ހަމަހަމަ އުސޫލުން ވަކި ކޮޅަކަށް ބުރަނުވެ ވާހަކަ ދައްކަން އެބަޖެހޭ ، މިކަން ނުކުރެވިގެން އުޅެނީ ހަމީދުއަކީ އެބައިގަނޑުގެ މީހެއްވީމަ

    32
  12. ނިއްޓޫ

    އެމްޑީއެންގެ އަމަލު ޓެރަރިޒަމްގެ ގާނޫނަށް ފެތޭ. ނަފްރަތު އުފެދޭ ޒާތުގެ ހޭޓް ސްޕީޗެއް... ތިއޮތީ އަމިއްލަ އަތުން ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރިފަ. ހައްހައްހހހހ

    32
  13. Alibe

    މިކަމުން މި އެނގެނީ ފުލުހުންގެ ތެރޭގަވެސް މިކަލޭއަށް ބައިއަތު ހިފައިގެން ބަޔަކު އެޅޭކަން. މިވަރު ވެގެން ދާއިރު ގައުމުގެ ވެރިޔާ ގަދަނިދީގަތޯ؟

    35
  14. ގޯނިބޭ ކުޑައަލީ

    މިސަރުކާރަކު ތިޔަ ބައިގަނޑަކަށް ކަމެއްނުވާނެ ތިޔަ ބައިގަނޑަކީ ފެށުނީއްސުރެއް މިޤައުމުގަ ލާދީނީ ކަންކަން ފަތުރަން މަސައްކަތްކުރާ ބައިގަނޑެއް ބައިބުލް ދިވެހި ތަރުޖަމާކޮށްގެން ނެރުނީ ތިޔަ ބައިގަނޑު ބައިބުލްގެ އޯޑިޔޯ ނެރުނީ ތިޔަ ބައިގަނޑު އިޔަ ބޯގަންވިލާއަކުނެއް ސަހަލު އެކަކުވެސް މުޅިން ލާދީނީ ބައިގަނޑެއްއެއީ އެކަން މިދިވެހި ރައްޔިތުންނަށް އެނގޭ ކޮންމެ ވާހަކައެއް ދެއްކިޔަސް ކޮންމެ ކަމެއް ކުރިޔަސް މިސަރުކާރަކުން އެމީހުން ޤާނޫނުގެ ކުރިމައްޗަކަށް ނުގެންނާނެ އެމީހުނަކީ ޤާނޫނަށްވުރެ މަތީގައުޅުއްވާ ބައެއް ކިޔާނެ އެއްޗެއްކިޔަންވީ ކުރާނެކަމެއް ކުރަންވީ މިސަރުކާރުގެ އަސްލަކީވެސް ލާދީނީ އެހންވީމަދެން ވާނެގޮގް ވިސްނާލީމަ އެނގޭނެ

    19
  15. ގިނިކަނދު

    މިސަރުކާރަކު ތިޔަ ބައިގަނޑަކަށް ކަމެއްނުވާނެ ތިޔަ ބައިގަނޑަކީ ފެށުނީއްސުރެއް މިޤައުމުގަ ލާދީނީ ކަންކަން ފަތުރަން މަސައްކަތްކުރާ ބައިގަނޑެއް ބައިބުލް ދިވެހި ތަރުޖަމާކޮށްގެން ނެރުނީ ތިޔަ ބައިގަނޑު ބައިބުލްގެ އޯޑިޔޯ ނެރުނީ ތިޔަ ބައިގަނޑު އިޔަ ބޯގަންވިލާއަކުނެއް ސަހަލު އެކަކުވެސް މުޅިން ލާދީނީ ބައިގަނޑެއްއެއީ އެކަން މިދިވެހި ރައްޔިތުންނަށް އެނގޭ ކޮންމެ ވާހަކައެއް ދެއްކިޔަސް ކޮންމެ ކަމެއް ކުރިޔަސް މިސަރުކާރަކުން އެމީހުން ޤާނޫނުގެ ކުރިމައްޗަކަށް ނުގެންނާނެ އެމީހުނަކީ ޤާނޫނަށްވުރެ މަތީގައުޅުއްވާ ބައެއް

    13
  16. ޢާރިފާ

    މ މިވެރިކަން ވެއްޓެން ވަރަށް ގާތްވެއްޖެ. ޢިންޝާﷲ

    27
  17. ބިންގޯ

    ގަންހިންގާ މީ އަހަރެން ދެކޭގޮއި

    23
  18. ހަމަހަމަ

    މޑނ މ ގެ އިސް މެ މްބަރުންނާއެކު އަބަދުހެން އުޅެ އެ މްސީ ހަ މީދު ޕޮލިސްގެ ބޮޑަކަށް ހުރީ މަ ލާދީނީ މީހުން "ދެކޭގޮތް" ފާޅުކުރުން ގިނަވޭ.

    19
  19. ޝާކިރު

    އަޅޭފަހެ ލަދުހަޔާތެެެެެއްގެ ކަންފުޅެއްވެސް މިބައިގަނޑުގައި ހަމަ ނެތީތޯ؟ ދިވެހި ދައުލަތުގެ ހަޒާނާއިން ބޮޑު މުސާރަ ދީފައި މިމީހުން ބައިތިއްބައިފަ މިތިބީ ދިވެހި މުސްލިމުން ލޭބޮއުމައްތޯ؟ މިނިކާ ޖަނަވާރުތަކެއް ދިވެހިންގެ ހަށިތައް ނޮޅައި ވީދައިގެން ކާއިރުގަ ދެލޮލަށް ނުފެންނަ ކަމަށް ތިހެދެނީ ހެއްދެވިފަރާތަށް އޮޅުވާލަންތޯ؟ ކަލޭމެން ލޯތައް އެފަރާތުން އިރާދަކުރެއްވިއްޔާ ކޮންމެ ވަގުތަކުވެސް ކަނުކުރައްވަފާނެކަން ހަމަ ނޭނގެނީތޯ؟

  20. މުހައްމަދު

    ޝަހިންދާއާއި އެމްޑީއެން އާ ދެކޮޅަށް ވާހަކދައްކާ މީހުންވެސް އެ ފާޅުކުރަނީ އެމީހުން ދެކޭ ގޮތް. ތަހުގީގުކުރާކށް ނުޖެހޭ

    12
    1
  21. އަބްދުއްލާ

    އިސްލާމިކް މިނިސްޓްރީ އާ މެދު ޝަހިންދާ ބުނި އެއްޗަކީ އޭނަ ދެކޭ ގޮތް - ފުލުހުން

    3 ގަޑިއިރު ކުރިން ( އޮކްޓޯބަރ 4, 2019 )

    މީމިނިވަން ޤައުމެއްތަ؟

    އެމީހަކު ބޭބުންވައްތަރެއްގެ ކައިވެންޏެއް ކޮށްފަ އެމީހަކު ބޭނުން ވައްތަރެއްގެ ފައްޅިއެއް

    އަޅާފަ، އިސްލާމްދީނަށް ހަޖޫޖަހާފަ ރަސޫލާއަށް ފުރައްސާރަކޮއްފަ އެމީހަކު ބޭނުން

    ވައްތަރެއްގެ ހެދުމެއް އަޅާފަ ދެންވެސް ކިޔަނީ އިސްލާމުންނޭތަ؟ މީތަ ހރޔޮވެރިކަމަކީ.

  22. ސަރުކާނު

    ފުލުހުން ތިދެއްވީ ވަރަށް ނުބައި މެސެޖެއް. ތީ އަނެއްކާ ފުލުހުން ބުނި އެއްޗެއްބާ؟ ފަހުން ބުނެފާނެ އެއީ އިޒްމިއާ ބުނި އެއްޗެކޭ ފުލުހުން ތިކަމާ އެއްޗެއް ނުބުނެޔޭ.

  23. ޚ ކޮސްވެއްޖެ

    ލާދީނީ މީހުން އެޗެކޭބިނީމަ އެއީ އޭނާ ދެކޭގޮތް. ދީނީ މީހަކު އެއްޗެއް ބުނީމާ ޓެރެރިޒަމް މައްސަލަ ބަލަނީ.

  24. ޗަހިންދު

    ސައިކޮލޮޖިކަލް ޓެސްޓް ކޮބާ . މެންޓަލީ ސްޓޭބަލް؟؟؟؟؟އޮންލީ ފޯ ސަ މް ޕީޕްސް؟

  25. ފުލުހުން ނައް ދަންނަވަން

    ޝަހިންދާ ޢަށް ފިޔަވަޅު އަޅުއްވާ ދެއްވާ، ނޫނީ އަހަރެމެން ފިޔަވަޅު އަޅާ ނަން، މީ އަހަރެންގެ ހިޔާލު.މީތި އޯކޭ ނުން. ވަރައް ސަލާމް

  26. 1111

    އޭނާ ދެކޭހާއެއްޗެއް ބުނެވެންޏާ ނެތެއްނު ސަލާމަތެއް. ﷲ ސޥ ނުދޭ މިނިވަންކަމެއް ކަލޭމެން ދެވޭނީ ކޮންފަަދައަކުން!! މީހަކު ސީޕީ ހަމިދު މަރާލަނަމޭ ބުނީމަ އެކަން ކީއްވެ ނުވަނީ އެއީ އެމީކާ ދެކޭގޮއް ކަމަށް! ހަމަ ތިގޮތަކަށް އޭނާ ދެކޭގޮތެއްނޫންތަ އިސްލާމް ދީނާމެދުވެސް ފާޅުކުރަމުން އެގެންދަނީ!

  27. 1111

    "އެމްޑީއެންގެ ރިޕޯޓްގައިވާ އިސްލާމް ދީނާއި ހިލާފު ކަމަށް "ބެލެވޭ"ބައެއް ކަންކަން ބަލަމުން ދާ ކަމަށް"
    އެކަންކަން އިސްލާމް ދީނާއި ޚިލާފްކަމަށް ބެލެވޭނީޔޯ! މިހާވެސް ޖާހިލު ބަޔަކު މިތަނތާ ތިބެގެން މިއުޅެނީ. ތިމަންނަމެންމީ މުސްލުމުންނޭ ބުނާއިރު ދީނަިކި ކޯއްޗެއްކަމެއް އޭގައި ވާއެއްޗެއް ނުވާއެއއޗެއް ނޭގޭ.
    އަނެއްކަަމަކީ ޚިލާފްވެފައިވާ ކަންކަމުގެ ތެރެއިންވެސް ބެލެނީ ބައެއް ކަންކަން. މިއީ ޙާލަކީ. ކަންތައްތައް މިހެންވާތީތާ ތެރެރިސްތުން އުފަންވަނީ. މިކަންކަމުގެ ޒިންމާ ނގަންޖެހޭނީ ދައުލަތުން. މިތާ އސްލާމީ ޝަރީޢަތް ފުރިހަމައަށް ޤާއިމް ކުރޭ!

  28. އަޙްމަދު

    ބޯގަން ވިލާ ގައި ތިބޭނީ ލާދީނީ ފިކުރުގެ މީހުން.