މޯލްޑިވެސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް އާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގު މައުލޫމާތު ތަހުގީގު މަރުހަލާގައި އާއްމު ނުކުރައްވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިގޮތަށް ވިދާޅުވެފައިވަނީ އެމައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިޔާ ޒާހިރްގެ އަމިއްލަފުޅު "ވަޓްސްއެޕް" ގްރޫޕްގައި ފުލުހުން ވިދާޅުވީ "އާއްމު ގޮތެއްގައި ތަހުގީގު މަރުހަލާގައި ކަންތައް ހިނގަމުންދާގޮތް އަޅުގަނޑުމެން އާއްމު ނުކުރަން" ކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓްއާއި ގުޅިގެން މުޅި ގައުމުގައި އެކަމާއި ދެކޮޅަށް އަޑު އުފުލަމުންދާއިރު، ރިޕޯޓްއާއި ގުޅިގެން ފުލުހުން އަމަލު ކުރަމުންދާ ގޮތާއި މެދު ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

ރިޕޯޓްގެ މައްސަލަ ހޫނުވުމުން ފުލުހުން ފުރަތަމަ ތަހުގީގު ކުރަން ފެށީ ވެސް ރިޕޯޓް އާއި ގުޅިގެން ބައެއް ފަރާތްތަކުގެ ފޮޓޯ އާއްމުކޮށް ނަފުރަތު އުފައްދަން މަސައްކަތް ކުރާ މައްސަލަ އެކެވެ.

ނަމަވެސް މިއަދު އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ޝަހިންދާ ދެއްކި ވާހަކަ ތަހުގީގު ނުކުރަން ނިންމާ އެއީ ޝަހިންދާ އަށް ފެންނަ ގޮތް ކަމަށް ފުލުހުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އައްޑޫ މީހާ

  މުޅި ފުލުހުންގެ މުއައްސަސާއެއް ނޫން މިކަމުގަ ފުލުހުންގެ ތެރެއިން ވަކިބަޔަކު އެބަ ބައިވެރިވޭ އަހަރުމެންނަށް މައުލޫމާތު ލިބޭގޮތުން މިކަމުގައި ފުލުހުންގެ އެތެރޭގައިވެސް މައްސަލަތަކެއް އުފެދި ބައިބައިވެފައިވާކަމަށް މައުލޫމާތު ލިބޭ ފުލުހުންގެ ތެރޭގައިތިބި ތުނބުޅި ބަހައްޓާ ފުލުހުންގެ ތުނބުޅިވެސް ބާލުވަން ގަވައިދަށް އިސްލާހް ގެންނަން ހަމީދު މަސައްކަތް ކުރާކަން އެނގިފައިވޭ ފުލުހުންގެ ތެރޭގައިތިބި ލާދީނީ ފިކުރުގެ މީހުންގެ ލިސްޓް ވަރަށް އަވަހަށް ހާމަކުރެވޭނެ

  15
 2. Anonymous

  އެއީ މައްސަލައެއް ކަމަށް އިބްރާހިމްއާ ޅިޔަނު ގަބޫލުނުކުރޭ. ދެން ކޮން ތަޙުޤީޤެއްތަ ކުރާނީ. އިބިރިހިމާ އިސްތިޢުފާ.

  13
 3. އަޓޯ

  އެމްޑީއެންގެ އަމަލު ޓެރަރިޒަމްގެ ގާނޫނަށް ފެތޭ. ނަފްރަތު އުފެދޭ ޒާތުގެ ހޭޓް ސްޕީޗެއް... ތިއޮތީ އަމިއްލަ އަތުން ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރިފަ. ހައްހައްހހހހ

  16
 4. އާދަމް

  1+1= 2 ގުޅިގެން އިސްލާމްދީނާއި ދެކޮޅަށް ހިންގާޢަމަލެއް.ބަލިވެގެންދިއުން ވަނީގާތުގައެވެ.އަދި އިސްލާމްދީނަށްނަސްރުދިނުން މިގައުމުގައި އިތުރަށްވަރުގަދަވަމުންދާނެއެވެ.

  14
 5. ހޯހޯ

  ކީއްވެ ނުކުރަންވީ ތީވެސް ގަޓުނެއްކަމާ ތިކަމުގަ ފުލުހުންގެ ބަޔަކުވެސް އަތެއްވާކަމުގެ ހެކި

  10
 6. ވިސްނަވާ

  ސަރުކާރު އިސްތިއުފާ... އިބުރާހިމު އިސްތިއުފާ... ހުރިހާ ރައްޔިތުން އިބުރާހިމުގެ އިސްތިއުފާއަށްގޮވާލަން ތެދުވަން ވާޖިބުވެއްޖެ...އިލްމުވެރިން މިކަމުގަ އިސްވެ ތެދުވަންޖެހޭ.. މަގާމުދެކެ ބިރުން ލިބިދާނެ އަނިޔާދެކެ ބިރުން ފިލާ ގޭގަތިބެގެން މިކަން ހައްލުނުކުރެވޭނެ..

  11
 7. ބަޗީ

  ގައުމީ ބޮޑު މައްސަލައެއް. ޢެކަން ދެފުށް ފެންނަ ގޮތަށް ކުރަންޖެހޭކަމަށް ދެކެން.

 8. ސިވާދު އިބަރާހިމް

  ފުލުހުން އާއްމުކުރިޔަސް ނުކުރިޔަސް މަސްއަލަ އާއި މެދު ގޮތެއް ނިންމާނެ ދިވެހިރައްޔިތުން. ފުލުހުންނާ ސިފައިން ނަޝިދު ދެކެ ބިރުން ތިއްބަސް ދިވެހި ރައްޔިތުން ނުގަންނާނެ ބިރެއް މިކަމުގަ އެއްވެސް މީހަކުދެކެ .އާލަމުތަކުގެ ވެރި އިލާހު ކަމުގައިވާ މާތްﷲ ފިޔަވައި ބިރުގަތުމެއް ނުވޭ. ޔަގީން ކަމާ އެކު ބުނަން މި ސަރުކާރު ގެ މުއްދަތު ދަނީ ހަމަވަމުން.. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޒިންމާ އަދާ ކުރައްވާ ތަނެއް ނުފެނޭ، ރައީސުލް ޖުމްހޫރިއްޔާ ގެ އަނބިކަބަލުން ފަރާތުން ފެނުނީ ޒިންމާދާރު ކަމެއް ނެތްތަން އެމްޑީއެން ގެ ރިޕޯރޓް ފުރިހަމކަމާ މަސައްކަތް ކުރި ފަރާތް ތަކައް މަރުހަބާ ކިޔުން ފަދަ ޒިންމާދާރު ކަން ކުޑަ އަމަލުތައް މި ފެންނަނީ.. މިއީ ދިވެހިން ގަބޫލު ކުރާނެ ކަންކަމެއްނޫން. ދިވެހި ގައުމުގެ ސަލާމަތީ ބާރުތަކުން ކޮއްގެން ތިބި ހުވާގައި އޮންނަފަދައިން އިސްލާމްދީނާއި ގައުމު ހިމާޔަތް ކުރުމުގެ ފުރިހަމަ ޒިންމާ ހުވާގައި ވާ ގޮތުގެ މަތިން އަދާކުރުމަކީ ގައުމީ ސަލާމތީ ބާރުތަކުގެ މައްޗައްވާޖިބު ކަމެއް.